"40+" އިން ފެނިގެން ދާނެ އައު މޫނުތައް"މި ފިލްމު އަޅުވާނީ އަންނަ މަހުގެ 5 ގައި.
06 ފެބުރުއަރީ 2019 - 14:16
މި މަހުގެ 27 ވަނަ ދުވަހުގެ ރޭ ޕްރިމިއާކުރަން އޮތް ފިލްމު "40+" އަންނަ މަހުގެ 5 ގައި ސިނަމާ އަށް ގެންނަން ނިންމައިފި އެވެ.
ޕްރޮޑިއުސަރު އިސްމާއީލް ޝަފީގް ބުނީ ފިލްމު އަޅުވާ ތާރީހު ފަސްކޮށްލަން ޖެހުނީ ނެޝަނަލް ސެންޓަ ފޮ އާޓްސް (އެންސީއޭ) ގެ އިވެންޓަކަށް އޮލިމްޕަސް މި މަހުގެ 27 އާއި 28 އަށް ބޭނުންވެގެން އެދުމުން ކަމަށެވެ.
"އެ މީހުން އެކަމަށް ރިކްއެސްޓް ކުރީމަ ދެން ރަނގަޅު ދަނޑިވަޅަކާ ދިމާކޮށްފައި ފިލްމު ޕްރިމިއާކުރަން ބޭނުންވާތީ މާޗް ފަހެކަށް ފިލްމު ފަސްކޮށްލީ،" އޭނާ ބުންޏެވެ.
ދެހާސް ސޯޅަ ވަނަ އަހަރު ގެނެސް ދިން ކާމިޔާބު ފިލްމު "ނޯޓީ 40" ގެ ދެވަނަ ބައިގެ ގޮތުގައި ގެނެސްދޭ "40+" އަކީ ހަމަ ޔޫސުފް (ޔޫއްޕެ) ޝަފީއު ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އެކަމަކު ފުރަތަމަ ބަޔާ ހިލާފަށް، ދެވަނަ ބަޔަކީ ހޮރޯ ކޮމެޑީ ޖޯންރާގެ ފިލްމެކެވެ. މީގެ ޓީޒާ ޓްރެއިލާ ވެސް މިދިޔަ ނޮވެމްބަރު މަހު ވަނީ ދައްކާލައިފަ އެވެ.
"40+ ގެ މައިގަނޑުން ކާސްޓުން "ނޯޓީ 40" ގެ މައިގަނޑު ތަރިން ކަމަށްވާ ޔޫއްޕެ، އަލީ ސީޒަން، މުހައްމަދު މަނިކް، އަހުމަދު ސައީދާއި އޭނާގެ އަންހެނުން ފާތިމަތު (އަޒޫ) އަޒީފާ އަދި އަލީ (ދޮންއައްޔަ) އާޒިމް ފެނިގެން ދާނެ އެވެ.
ތ. ބުރުނީގައި ޝޫޓްކޮށްފައިވާ "40+" ގެ ކާސްޓާ އަލަށް ގުޅުނު މަޝްހޫރު ތަރިންގެ ތެރޭގައި ޝީލާ ނަޖީބް، މުހައްމަދު ފައިސަލް، މަރިޔަމް ޝަކީލާ އަދި އަހުމަދު (އާނަންދު) އީސަ ހިމެނެ އެވެ. އަދި ފިލްމުން އާ އެކްޓަރުންތަކެއް ވެސް ފެނިގެން ދާނެ އެވެ.
ޝަފީގް ބުނީ ފިލްމު އަޅުވާ ތާރީހު ބަދަލު ވިޔަސް ކުރިއެކޭ ގޮތަށް "40+" އަށް ހާއްސަކޮށްފައިވާ ހޮޓްލައިނަށް ގުޅައިގެންނާއި އެސްއެމްސްކޮށްގެން ޓިކެޓް މިހާރު ވެސް ބުކް ކުރެވޭނެ ކަމަށެވެ.
"މިހާރު ވެސް ދެ ޝޯއެއްގެ ވަރަށް ބޮޑު ބައި ވަނީ ބުކްކޮށްފައި،" އޭނާ ބުންޏެވެ.
"40+" February 27 gai, teasee ves dhakkaalaifi
The most trusted news source in the Maldives
Mihaaru
"40+"ކުރިން އަޅުވަން އޮތީ މި މަހުގެ 27 ގައި.
މި އަހަރު އެޅުވި ފުރަތަމަ ފިލްމަކީ ޖެނުއަރީ 3 ގައި ޕްރިމިއާ ކުރި ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި" އެވެ. އޮލިމްޕަހުގައި މިހާރު ދައްކަމުން އަންނަނީ ހޯމަ ދުވަހުގެ ރޭ ޕްރިމިއާ ކުރި ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ގޮށްރާޅު" އެވެ.
އެޕްރީލް މަހު ސިނަމާ އަންނާނީ އަބްދުﷲ (މުއާ) މުއާޒްގެ "ލީނާ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަރީލާ
07 February 2019
އަޅެ އޭރުވެސް މަށަށް އެނގެއޭ ތިއިން އެއްވެސް ފިލްމެއް އަވަހަކަށް ނޭޅުވޭނެކަން! މިމީހުންގެ ފިލްމުތައް ނުހިނގާތީ ކުރާ ކަމަކީ ސިޔާސީ މީހުން މަތިއެޅުވުން! ސިޔާސީ މީހުން ކޮންމެ ގޮތަކަށް އުޅުނަސް ފިލްމު ބަލަން ބޭނުންވާ މީހުން ފިލްމުބަލާނެ! ހޮލީވުޑް މީހުންވެސް ގައިމު ވަރަށް ސިޔާސީވެގެން އުޅެ އެކަމު އެމީހުންގެ ފިލްމެއް އަޅުވާ ތާރީހަށްވުރެ ލަސްވިއްޔާ ނޫނީ ފްލޮޕް ވިއްޔާ ސިޔާސީމީހުން މައްޗެއް ނާޅުވާ އެމީހުންނެއް!
ކެންޑްރިކް
07 February 2019
ބަޑި ހުންނު
ނަގިއްޔާ
06 February 2019
މިނިވަންކަމަށް 50 ވުރެ ގިނަ އަހަރުވީ. ކޮންއިރަކުބާ މިކަމަށް މިނިވަންކަން ލިބޭނީ؟ފިލްމު އަޅުވަން ރަސްމީ އެންމެ ސިނަމާއެއް، ފުޓްބޯޅައަށް އެންމެ ދަނޑެއް. ސަރުކާރުން ދަނޑު ބޭނުންވީމާ ލީގު މެދުކަނޑާލަން ޖެހެނީ، ފިލްމް ޕްރެމިއާ ކުރަން ބޭނުންވާ ދުވަހު ރަސްމީފަރާތަކުން ބުނެފިއްޔާ އެނޫންގޮތެއްނެއް. އ.ދ ގެ ސަލާމަތީ މަޖުލީހުން ގޮޑިއެއް ހޯދަނަ ތެޅޭއިރު މީ މީގައުމުގެ ހާލު!