08 ފެބުރުއަރީ 2019 - 15:41
ފުލުހުން އިންތިޒާމުކޮށްގެން ބާއްވާ ޓްރެފިކް ޑޭގެ ހަރަކާތްތަކުގައި ލިޓަސް އިން ބައިވެރިވާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.
ޓްރެފިކް ޑޭ އަކީ ފުރާވަރުގެ ކުދިންގެ މެދުގައި ޓްރެފިކްގެ ގަވައިދުތަކާ ގުޅޭ ގޮތުން ހޭލުންތެރި ކުރުމަށް ފާހަގަކުރާ ދުވަހެކެވެ. މި ހަރަކާތް ކުރިއަށްދާނީ ހޮނިހިރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ. ފުލުހުން އިންތިޒާމުކުރާ މި ހަރަކާތް ހާއްސަ ކުރަނީ ގްރޭޑް 9 އާއި 10 ގެ ކުދިންނަށެވެ. އެގޮތުން އެކި ސްކޫލުތަކުގެ 100 ކުދިން ބައިވެރިވާނެ އެވެ.
ސައިކަލުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ލިޓަސްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު އާސިފް ރަޝީދު ވިދާޅުވީ، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް)ގެ ދަށުން، މި ހަރަކާތުގައި ބައިވެރިވީ މަގުމަތީގެ އެކްސިޑެންޓްތައް މިދުވަސްވަރު ގިނަވުމާ ގުޅިގެން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަމަލޭ
08 February 2019
2000 ވަނައަހަރުން ފެށިގެން މަގުގެ ތާށިކަން އިހުސާސް ކުރަން މީހުން ފަށައިފި. އޭރު ވިހި އެތަކެއްހާސް ކުދިންނެއް މިހާރުތިބޭނީ ލައިސަން ނަގާފަ. ސަރުކާރުން މިކަމުގެ ބޮޑުރޯލެއްއެބަޖެހޭ ކުޅެން ހަމައެކަނި ހޭލުންތެރިވާން ދަަސްކޮށްދީން މިކަމެއްނުވާނެ. ހަތަރު ފުރޮޅުލީ ބޮޑެތި ފިކަޕުތައް މަގުމައްޗަށް ނުކުމެ އުޅެވޭނެ ވަކި ވަގުތެއް ކަނޑައަޅަންވީނުން. އޭރުން އާންމުންނަށްވެސް އެގަޑީގަ ޒަރޫރީ ބޭނުމެއްނޫން އެހެންކަމަކަށް ނިނުކުމެ ގޭގަ މަޑުކޮށްލެވޭނީ.