ދިރާގުގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން.---ފޮޓޯ: މިހާރު
10 ފެބުރުއަރީ 2019 - 20:38
މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ދިރާގަށް ލިބުނު 905 މިލިއަން ރުފިޔާ އެ ކުންފުނީގެ ހިއްސާދާރުންނަށް ބަހަން ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.
ޑިރެކްޓަރުންގެ ބޯޑުން ނިންމި އެ ނިންމުން ދިރާގުގެ އަހަރީ އާންމު ޖަލްސާ އިން ފާސްވެއްޖެ ނަމަ 11.91ރ. ގެ މަގުން ހިއްސާ ބަހާނެ އެވެ. ބޯޑުގެ ނިންމުން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ އަށް ހުށަހަޅާނެ އެވެ.
ދިރާގުގެ ސާފު ފައިދާ އެއްކޮށް ބެހުމަށް ނިންމާފައިވާ އިރު އެ ކުންފުނިން ވަނީ އިންޓަރިމް ޑިވިޑެންޑުގެ ގޮތުގައި ހިއްސާއަކަށް 5.96ރ. ގެ މަގުން 452.9 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބަހައިފަ އެވެ. އެހެންކަމުން މި އަހަރު ބާއްވާ އަހަރީ އާއްމު ޖަލްސާގައި ބަހާނީ ހިއްސާއަކަށް 5.95ރ. ގެ މަގުން 452.2 މިލިއަން ރުފިޔާ އެވެ.
ދިރާގުގެ ހިއްސާގެ ފައިދާގެ ގޮތުގައި މިދިޔަ އަހަރު ލިބުނު 897.6 މިލިޔަން ރުފިޔާ ބަހާފައިވެ އެވެ. އެއީ ހިއްސާ އަކަށް 11.81ރ. އެވެ.
އެހެންވެ، ހިއްސާދާރުންނަށް މި އަހަރު ބެހުމަށް ނިންމާފައިވަނީ 10 ލާރި ބޮޑު އަދަދެކެވެ.
ދިރާގުން ވަނީ މިދިޔަ ހަތް އަހަރު ދެމެހެއްޓެނިވި ފައިދާއެއް ހިއްސާދާރުންނަށް ބަހައިފަ އެވެ. މިދިޔަ އަހަރު އެ ކުންފުނީގެ ހިދުމަތްތައް ޒަމާނީ ކުރުމަށް ބޮޑު ހޭދައެއް ކޮށްފައި ވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔިތު މީހާގެ ބަސް
11 February 2019
އެމް.ޓީ.ޑީ.ސީ ހަމަ އެކަނި ފައިދާ ނުވާ ޓްވަރިޒަމް ރިސޯޓް ހިންގާ ކުންފުނި
މާރަނގާ - އައްޑޫ ސިޓީ
11 February 2019
ކޮމިއުނިކޭޝަން ޕްރޮވައިޑާގެ ގޮތުގައިއޮތް Dhiraagu އަދި އުރީދޫގެ އަހަރީ ހިސާބުތަކަށް ބަލާލުމުންނާއި ދެމުންދާ ހިދުމަތުގެ ފެންވަރަށް ބަލާލުމުން ރާއްޖޭގެ އުތުރު ނުވަތަ ދެކުނުގައި މުވާސަލާތީ ހިދުމަތް އެންމެ ޒަމާނީފެންވަރަށް މިހާރަށްވުރެން އަގުބޮޑުނުވާނެ ގޮތަކަށް އެކަންކުރުމަށް ދިރާގާއި އުރީދޫގެ ހިއްސާ ނުހިމެނޭ ބައިނަލް އަޤުވާމީ ކުންފުނިތަކަށް ދައުވަތުދީގެންވެސް ދިވެހިންބޭނުންވާފަދަ ވާދަވެރި މާކެޓެއް ގެނެސް ހިދުމަތް މަތިކުރާން އެބަޖެހޭ.
އަދަދަޖަހާ
10 February 2019
ދިރާގު ތިބެނީ ކިތައް ހިއްސާދާރުންތަ؟
އިންތ
10 February 2019
އިންޓަނެޓް އަގު ތިރިކުރޭ .
ރަޝީދ
11 February 2019
އާން މިކޮއްލަނީ އިނގޭ