އީރާނުގެ އިސްލާމީ އިންގިލާބީ ދުވަހު ރައީސް ރޫހާނީ ތަގްރީރު ދެއްވަނީ. --ފޮޓޯ:އޭއެފްޕީ
12 ފެބުރުއަރީ 2019 - 12:18
ތެހެރާން (ފެބްރުއަަރީ 12) - އެމެރިކާ އިން އަޅާ ފިޔަވަޅަކުން އީރާން އެކަހެރި ނުވާނެ ކަމަށާ އަދި އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާން ގުޑުވާ ނުލެވޭނެ ކަމަށް ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.
"އީރާނުގެ ރައްޔިތުން މިނިވަން ކަމަށްޓަކައި މަގުތަކަށް މިއަދު ނުކުމެފައިވާ މަންޒަރުން ދައްކުވައިދެނީ ދުޝްމަނުންގެ ރޭވުމުން އީރާނުގައި ކާމިޔާބު ނުވާނެކަން،" ތެހެރާނުގެ އާޒާދީ (މިނިވަން) މައިދާނުގައި ބޭއްވި ބޮޑު އެއްވުމުގައި ރޫހާނީ ވިދާޅުވި އެވެ. "އީރާނުން މިސައިލެއް އުފައްދަން އެއްވެސް ބައެއްގެ ކިބައިން ހުއްދަ ހޯދާކަށް ނުޖެހޭނެ."
ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީ 11 ވަނަ ދުވަހު އީރާނުން ގައުމީ ފެންވަރުގެ އެއްވުންތައް ބާއްވަ އެވެ. އެއީ 1979 ވަނަ އަހަރުގެ އިސްލާމީ އިންގިލާބުގެ އިހްތިފާލް ފާހަގަ ކުރުމަށެވެ. މިއީ ޝާހް މުހައްމަދު ރިޒާގެ ވެރިކަން ބަދަލުކޮށް އާޔަތުﷲ ރޫހުﷲ ޚުމައިނީގެ އިސްލާމިކް ރިޕަބްލިކް ގާއިމްކުރިތާ 40 އަހަރު ފުރުނު އަހަރެވެ. އީރާން މީހުން އެ ދުވަސް ފާހަގަ ކުރަނީ "10 ދުވަހުގެ ފަތިހުގެ" ގޮތުގަ އެވެ.
އީރާނުން އިއްޔެ ބޭއްވި އެއްވުމުގައި ސުޕްރީމް ލީޑަރު އަލީ ޚާމަނާއީގެ ފޮޓޯ ހިފައިގެން. --ފޮޓޯ:އޭއެފްޕީ
ރޫހާނީގެ ތަގްރީރުގައި ވިދާޅުވެފައި ވަނީ 1979 ވަނަ އަހަރުގެ އިންގިލާބަކީ އިސްތިއުމާރީ ބާރަކުން ގައުމު ސަލާމަތްވި އިންގިލާބެއް ކަމަށެވެ.
"އީރާނުން ވަނީ މިނިވަން އިސްލާމިކް ރިޕަބްލިކް ސިސްޓަމެއް ގާއިމްކޮށްފައި،" ރޫހާނީ ވިދާޅުވި އެވެ.
އީރާނުގެ އިންގިލާބީ ދުވަހުގެ ހަރަކާތްތައް ބޭއްވީ ސަލާމަތީ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. އީރާން-އިރާގު ހަނގުރާމަ ނިމުނުތާ 30 އަހަރު ފާހަގަ ކުރުމަށް މިިދޔަ އަހަރު ބޭއްވި އަސްކަރީ ހިނގާލުމަކަށް ވަނީ ބަޑިން ހަމަލާދީ 29 މީހުން ވަނީ މަރާލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޮޓްކިންގ
12 February 2019
މިހާތަނަށް އެެމެރިކާ ކުރިހާ ކަމެއް ވަނީ ފެއިލްވެފަ.
ރާއްޖެ ނެތިދިއުން
12 February 2019
ގަޓުހުރި ގަދަ ބައެއް. މީހުންނަށް ސަލާން ޖަހައިގެން އުޅެންޏާ އަބަދު އުޅެން ޖެހޭނީ ފިތިގެން.
ބަފާބެ
12 February 2019
އިންޑިޔާގެ އަޅުވެތިކަމަށް ދިވެހިން!