ފޮރިން މިނިސްޓަރު ޝާހިދާއި ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ ޝައުނާ.
12 ފެބުރުއަރީ 2019 - 21:35
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސައޫދީ އަރަބިއްޔާ އަށް ކުރައްވާ ރަސްމީ ދަތުރެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.
މިއީ ފޮރިން މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ޝާހިދު ސައުދީ އަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. މި ދަތުރުގައި ދެ ގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމާއި ރާއްޖޭގެ ތަރައްގީ އަށް ސައުދީން ވެދެވޭނެ އެހީތެރިކަމާ މެދު މަޝްވަރާ ކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ޝާހިދުގެ ދަތުރުގައި ސައުދީގެ ފޮރިން މިނިސްޓަރު ޑރ. އިބްރާހިމް ބިން ޢަބްދުލްއަޒީޒް އަލްއައްސަފް އާއި، ސައުދީ ސަރުކާރުގެ އެހެނިހެން އިސްވެރިންނާއި ބައްދަލު ކުރައްވާނެ ކަމަށެވެ.
ޝާހިދުގެ އަރިހުގައި ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ އާއި ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އަހުމަދު ޝިއާނާއި މިނިސްޓްރީގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ.
ޝާހިދު މީގެ ކުރިން ވަނީ އިންޑިއާ، ސްރީ ލަންކާ، ޖަޕާން، ޔޫއޭއީ، އެމެރިކާ އަދި އިނގިރޭސި ވިލާތަށް ވެސް ދަތުރު ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެދެމޭ
13 February 2019
ވެރިކަމަށް ނޭރި ތިބި އިރު ވަރަށް ގަދައަށް ދެއްކި ފ. އަތޮޅު ވިއްކާލަން އުޅުނުވާހަކަ. މިހާރު ވެރިކަމަށް އެރުނީމަ އެވާހަކަ ނުދައްކަނީ ކީއްވެތަ؟ ރައްޔިތުން ބޭނުންވޭ އެނގެން އެކަން ހިނގާދިއަ ގޮތް. އެހެންނޫނީ ބެލެވޭނީ ހަމަ ދޮގުހެދީކަމަށް.
ބޯވަމީހަ
13 February 2019
މީނަ ރާއްޖެގަ އުޅެނީ ކޮން އިރަކުބާ؟ މިނިސްޓަރުން ހަމަ އަހަރެމެންގެ ލާރީގަ އުދުހެނީ ?. އިބޫ މިމީހުން ކޮންޓްރޯލް ކުރޭ
20000
13 February 2019
ލާރިއެއް ނެތް އެކަމު ދަތުރު ކުރަން މަރެއް ނެތް. ބިރެއް ނެތް ފިކުރެއްނެތް ދަތުކުރު ކޮށްލާ ......ޓިކެޓް ޔަގީން
ވަހިއްޓޭ
13 February 2019
އިބޫގެ އިންޓަނޭސަނަލް ސްޕޯކުސްމަން އަންނި ހުއްޓާ ކީއްކުރާ ފޮރިން މިނިސްޓަރެއްތަ.
ބިޗޫ ބައި
13 February 2019
ޙުސް ސަލާންޖެހުންތަ އޮއްނަނީ؟
ލަދެނެތި އަތްދިމާކުރުމީ
13 February 2019
ސައުދީ ރަސްގެފާނަކީ ކޮންކަހަލަ ބޭކަލެކޭތަ މޑޕ އިންބުނަނީ އެގޮތެވެސް ރަސްގެފާނަށް ދަންނަވާދެއްޗޭ.މޑޕ ގެ މަތިހަމަގޭގަ ދެމި ބެނާތަކުން ބެނާއެއްވެސް ވެދުންކުރައްޗޭ. ރޓީވީން ތައްޔާރުކުރި ވީޑިއޯތަކުން ވީޑިއޯ އެއްވެސް ދައްކާލަ ދެއްޗޭ.ވިސްނަބަލަ އިއްޔެ ކޮންކަމަކާ އެވަރުކުރީ މިއަދު ރަސްގެފާނުގެ އަރިހަށް ތިދަނީ އިއްޔެގަގޮވި އެއްޗެހިން ކޮންކަމެ ބަދަލުވެގެން. ތިމާމެން ރިޒުގުވެސް ބޭނުންވަނީ ތިމާމެންގެ ޕާޓީން ވެރިކަންކުރަންޏާ ބިންމިލްކު ކުރެވޭ އިސްލާހުކޮބާ
ހަމަހޭ
12 February 2019
މިސަރުކާރުގެ ފޮރިންމނިސްޓަރުގެ ކަމަކީ ހަމައެކަނި ސަލާންޖަހަމުން ދުވުންތޯ؟. އަދި މިވެރިކަން ފެށުނުފަހުން އެހެންކަމެއްގަ އުޅުއްވާވާހަކައެއް އަޑެއްނީވޭ.
ޢަހުމަދު ހާޖީ
12 February 2019
ލަދެއް ހަޔާތެއްވެސް ކުޑަކޮއްވެސް ނެތީތަ. ޢެހީހޯދާށޭ ކިޔާފަދާން. ސައުދީ ރަސްގެފާނުގެ ރާއްޖެއައް ކުރަން އޮތް ދަތުރުގެ ހުރިހާކަމެއް ނިންމާ ރާއްޖެއައުމައް މަދު ގަޑިއިރުތަކައް ވެފައި ވަނިކޮއް އެމްޑީޕީ އިސްސަފުގަ އުޅުނު މީހުންމިގައުމައް ހެވެއް ނޭދެނެކަން ސާފު އެނގިގެންދިޔަ.ހިތާމަވެރި ކަމެއް ސައުދީ ރަސްގެފާނުގެ ދަތުރަކީ
ަހަންކަޅުބެ
13 February 2019
ކަލޯ އަހުމަދު ހާޖީ. ސއޫދީ ރަސްގެފަނުންގެ ދަތުރު ކެންސަލް ކުރީ ރާއްޖޭން އެޗްވަންއެންވަންގެ 2 މީހުން ޕޮޒިޓިވް ވީކަމަ ށް އައިޖީއެމްއެޗުން ކުރި އިއުލާނަކާ ގުޅިގެން ދަތުރުކެންސަލްކުރީ.
ދޭސީ
12 February 2019
މީނަދެން ފޮރިން މިނިސްޓަރަކަސް އަބަދު އަބަދު ދަތުރު ކުރާކަށްނުވާންނު. މި ސަރުކާރު މީހުން ކަމަކީ ބޭރަށް ދަތުރުކުރިމާއި ދުވުމާއި ގަސްއިނދުން. ހަރުދަނާ އެއްވެސް ކަމެއް ނުޖުރޭ
ރަދީފްސް ޑޭޑް
12 February 2019
ޖަޒީރާރާއްޖޭގާ ކަންކަން ހުންނާނީ މިހެން. 58 ޕަސެންޓާއެކު އެހުރީ ތަޚުތަށް އަރުވާފާ. ދެން ޝަކުވާނުކުރޭ.
ދެން
13 February 2019
އެމީހަކު ކުރާހިތްވާ ކަމެއްދޯ ކުރާނީ؟ އެއީ ގޮނޑިއެއްގަ އިންނަވާ ހިތްވާ ބޭފުޅެއްނޫން. އެހެން ދަތުރުކުރާހިތްވާލެއް ބޮޑުކަމުން އެމަގާމަށް ލާފަ އެހުރީވެސް.
އަމީތާބު
12 February 2019
ފ ހަދަން އެހީހޯދަން ލަދުގެ.ކަންފުޅެއްވެސް ނެތް.