"ފޭޓް އޮފް ދަ ފިއުރިއަސް" ގެ ކާސްޓް.
17 ފެބުރުއަރީ 2019 - 22:44
ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ "ފާސްޓް އެންޑް ފިއުރިއަސް" ފްރެންޗައިޒްގެ 9 ވަނަ ފިލްމު ވެސް ސިނަމާތަކަށް ގެންނަ ތާރީހު ދެވަނަ ފަހަރަށް ފަސްކޮށްފި އެވެ.
އެންމެ ފަހުން "ފާސްޓް އެންޑް ފިއުރިއަސް 9" ރިލީޒް ކުރާ ގޮތަށް ނިންމީ އެޕްރީލް، 10، 2020 ގަ އެވެ. އެކަމަކު ތާރީހަށް މި ގެނައި ބަދަލާ އެކު ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނީ މެއި، 22، 2020 ގަ އެވެ.
ޔުނިވާސަލް ޕިކްޗާޒް އިން އެންމެ ފުރަތަމަ މި ފިލްމު އިއުލާންކުރީ މި އަހަރުގެ އޭޕްރީލް މަހުގެ 19 ވަނަ ދުވަހު ގެނެސްދޭ ގޮތަށެވެ.
"ފާސްޓް އެންޑް ފިއުރިއަސް 9" ގެ ތާރީހަށް ގެނައި ބަދަލާ އެކު އެ ފިލްމު ދެން ބޮކްސް އޮފީހުގައި ވާދަކުރަން ޖެހޭނީ ވާނާ ބްރަދާޒްގެ "ގޮޑްޒިއްލާ ވާސަސް ކޯންގް" އާއި ޕެރަމައުންޓް ޕިކްޗާޒްގެ "ދަ ސްޕޮންޖް ބޮބް ބޫވީ" އާ އެވެ.
"Fast and furious 9" release kuraa thaareeh faskoffi
The most trusted news source in the Maldives
Mihaaru
"ފާސްޓް އެންޑް ފިއުރިއަސް 9" އެންމެ ފުރަތަމަ ގެނެސް ދޭން އޮތީ މި އަހަރު.
ދެހާސް އެކަކުން ފެށިގެން ގެނެސް ދެމުން އަންނަ "ފާސްޓް އެންޑް ފިއުރިއަސް" 8 ގެ ވަނަ ބައި "ފޭޓް އޮފް ދަ ފިއުރިއަސް" ރިލީޒް ކުރީ 2017 ގަ އެވެ.
އެފް ގެރީ ގްރޭ ޑައިރެކްޓްކޮށްފައިވާ އެ ފިލްމަކީ އެ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމެވެ. ގާތްގަނޑަކަށް 230 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމަށް ބޮކްސް އޮފީހުގައި 1.239 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ.
ވިން ޑީޒެލް އާއި ޑްވޭން (ރޮކް) ޖޯންސަން އަދި ޖޭޒަން ސްޓެތަމް ފަދަ ތަރިން މުހިއްމު ރޯލްތައް ކުޅޭ "ފާސްޓް އެންޑް ފިއުރިއަސް" ގެ ނުވަ ފިލްމު އަންނަ އަހަރު ގެނެސްދޭ އިރު، މި ސީރިޒްގެ ސްޕިން-އޯފްއެއްގެ ގޮތުގައި ގެނެސްދޭ "ހޮބްސް އެންޑް ޝޯ" އަންނަ އޮގަސްޓް 2 ގައި ސިނަމާތަކަށް އަންނާނެ އެވެ.
ޑޭވިޑް ލީޗް ޑައިރެކްޓްކޮށްފައިވާ ފިލްމުގެ މުހިއްމު ރޯލްތަކުން ފެނިގެން ދާނީ ރޮކް އާއި ޖޭޒަން އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އިދްރީސް އެލްބާ އާއި ހެލެން މިރެން ވެސް ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy