ރައީސް އޮފީސް
19 ފެބުރުއަރީ 2019 - 17:50
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރުކަމަށް ކުރިމަތިލާން ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.
އެ އޮފީހުން ބުނީ އެންއައިސީގެ މެމްބަރުކަމަށް ޝައުގުވެރިވާ މީހުންނަށް އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅޭނެ ކަމަށެވެ.
އެންއައިސީގެ މެމްބަރުކަމަށް ހުށަހެޅުމުގެ ފުރުސަތު މި ހުޅުވައިލީ އެ ކޮމިޝަންގެ މެމްބަރުކަމުން މުހައްމަދު ފަރުހާދު މަހެއްހާ ދުވަސް ކުރިން އިސްތިއުފާ ދެއްވުމުންނެވެ.
އެންއައިސީގެ މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ޝަރުރުތަކުގެ ތެރޭގައި އުމުރުން 30 އަހަރު ވެފައި ވުމާއި ފަސްޓް ޑިގްރީއެއް އޮތުމާއި އަދި ހަތް އަހަރުގެ މަސައްކަތުގެ ތަޖުރިބާ ހުރުމުގެ އިތުރުން އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެ އެވެ.
ފަސް މެމްބަރުން ހިމެނޭ ކޮމިޝަންގެ މެމްބަރުކަމަށް އައްޔަން ކުރަނީ ފަސް އަހަރު ދުވަހަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޝާޑު
20 February 2019
އަޅުގަނޑު ތިކޮމިޝަނަށް ކުރޮމަތިލާން ގަސްދުކޮށްފިން... ޢެކަމު ކޮބާބާ މުސާރައަކީ..
ޙިނި
20 February 2019
ތިގޮތައް ފަސްމީހިން ފަސްމީހުން ލައިގެން ކަމެއް ނުވާކަން ހަމަނޭންގެނީތޯ، ތިކަމައް ފާރަވެރިވާ މަގުދައްކައިދޭ ސިވިލް ޖާމާއަތްތަކެއް ނޯވޭ، އަދި ހަރަދުކުރާނެ ބަޖަޓެއްވެސް ނޯވޭ