އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ބަޔަކަށް ހިދުމަތް ދެނީ-- ފޮޓޯ/މިހާރު
22 ފެބުރުއަރީ 2019 - 16:33
މޯލްޑިވްސް އިމިގްރޭޝަންގެ އެސިސްޓަންޓް ކޮންޓްރޯލާގެ މަގާމުގައި ތިއްބެވި ދެ ބޭފުޅަކު ސަސްޕެންޑްކޮށްފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން އިމިގްރޭޝަންގެ ދެ ވެރިއަކު ސަސްޕެންޑް ކުރީ އެއް މަސް ދުވަހަށެވެ. ނަމަވެސް، ދެ ބޭފުޅުން ސަސްޕެންޑް ކުރީ މުސާރަ އާއި އިނާޔަތްތައް ލިބިވަޑައިގަންނަވާ ގޮތަށެވެ.
ސަސްޕެންޑް ކުރި ދެ ބޭފުޅުންގެ ތެރެއިން ހާމިދު ފަތުހުﷲ އަކީ އިމިގްރޭޝަންގެ ޒިންމާދާރުވެރިޔާ އެވެ. ހާމިދުގެ އިތުރުން ކޮމިޝަނުން ސަސްޕެންޑް ކުރީ އަބްދުﷲ ވަހީދެވެ.
އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) "މިހާރު" އަށް މިއަދު ވިދާޅުވީ އެ ދެ ބޭފުޅުން ސަސްޕެންޑްކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުން ފެށިގެން ކަމަށެވެ. އެކަމަކު، ކޮމިޝަނުން ބަލަމުން ދަނީ ކޮން މައްސަލައެއް ކަން އެނގިވަޑައިގެންފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިވިލް ސާވިސް ކޮމިޝަނުން ވަނީ ހާމިދުގެ ބަދަލުގައި އިމިގްރޭޝަންގެ ޒިންމާދާރު ވެރިޔާގެ މަގާމަށް އެތަނުގެ ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރު މޫސާ ރަމީޒު އައްޔަން ކޮށްފަ އެވެ.
އިމިގްރޭޝަންގެ ތެރޭގައި ކޮރަޕްޝަން އިތުރުވެ ގަވައިދާހިލާފަށް އުޅޭ ބިދޭސީން ރާއްޖޭގައި ވަރަށް ބޮޑަށް އިތުރުވެފައިވާއިރު އެކަން ހައްލު ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގޮތުން، ބިދޭސީން ގެނައުމަށް ހުއްދަ ދޫކުރުމާ ގުޅޭ ބައެއް ކަންކަން އިމިގްރޭޝަނުން ވަކިކޮށް، ދާދި ފަހުން ވަނީ އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.
ނަމަވެސް، ވޯކް ވިސާ ޖަހައިދޭނީ އަދިވެސް އިމިގްރޭޝަނުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަހަހާ ހާމީދު
23 February 2019
ފަތުހުﷲ އަކީ އިމިގްރޭޝަން އަށް ހިދުމަތްހޯދަން ދާ މީހުންނާ ދިމާލަށް ވަރަށް ރޫޑުކޮށް އެއީ އޭނާގެ އަމިއްލަ ތަނެއްހެން ބަވާލާމީހެއް. މީނާއަކީ މާކުރިއްސުރެން ތިތަނުން ވަކިކުރަން ވެފަވާ މީހެއް.
އަހުމަދުބޭ
23 February 2019
ކޮބައިތަ މީގަ ސަސްޕެނޑް ކުރުމަކީ؟ މުސާރަ އާއި އިނާޔަތްތައް ލިބިވަޑައިގަންނަވާ ދެން ހަމަ ޗުއްޓީއެއް ދިނުން ފަދަ ކަމެއްނު މިއީ؟
ފަސީ
23 February 2019
ވަރަށް ރަނގަޅު ކަމެއް ތިޔަ ކުރެއްވީ. ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް އެންމެ ފުރަތަމަވެސް ބޭނުންވަނީ އެމަސައްކަތުގައި ހަރަކާތްތެރިވާ ކޮރަޕްޓް މުވައްޒަފުން ބޭރުކުރުން.
އަހުމަދު އަދީބު
23 February 2019
އިމިގްރޭޝަނަށް ވަންނަ ކޮމްމެ މީހަކީ ބެރުމީހުންގެންނަ އެޖެންޓެއް
މަރޭމިތުރު
23 February 2019
ގޯސްތައް ގިނަ އިމިގްރޭޝަންގައި ހިނގައިފައިވޭ! ގޯސް މީހުން ބުނާވަރަކަށް އެކަންތައް ފެނި ހާމަވޭ!................................................................. މީހުން ޝަކުވާކުރަންޖެހޭވަރަށް އިމިގްރެޝަންތެރެއިން ކަންކަން ފެނިފައިވޭ! ބައެއް މުއައްޒަފުން ލޯންޗާއި ގެެސްޓްއަހުސް ކާރާއި ގަނެފައިވޭ! ހަގީގީ ތަހުގީގެއް ހިންގައިފިނަމަ އިމިގްރޭޝަންގެ ބައެއް މުއައްޒަފުން ސަލާމަތްނުވާވަރުގެ ކަންކަން ފެންނާނެކަމީ ޝައްކެތްނެތް މިންވަރަށް އެނގޭކަމެއް މަށަށް!
ފުއް
24 February 2019
ތަންކޮޅެއް ކުރުކޮށް ކޮމެންޓް ކޮށްބަލަ
ސޯދު
23 February 2019
މިދެމީހުން ނައް ހީވާނީ އެދެމީހުންގެ އަމިއްލަ ތަނެއް ހެން
އިސްމ
22 February 2019
ކޮބާ ތިތާ ވެރިމީހާ ބޮޑެތި ފްރެންޗައިސްތައް ގެނެސްގެން އެއުޅެނީ ކޮން ފައިސާއަކުންތޯ ބަލަން ފެނޭ
މާރަނގާ - އައްޑޫ ސިޓީ
22 February 2019
އިމިޤްރޭޝަން ޤާނޫނުމުގުރާލާފައި އެތެރެކޮށްފައިވާ ބިދޭސިންގެމައްސަލައަކީ ހަޤީގަތުގައި MMPRC ގެ ވައްކަމަށްވުރެންމާބޮޑު އަދި ނުރައްކާތެރި ޤައުމީސަލާމަތަށްބިރުހުރި އަމަލެއް. * * މިކަންހުއްޓުވުމަށް އިމިޤްރޭޝަން މަސައްކަތްކޮށްފައިނުވާއިރު ޤައުމީސަލާމަތާއިބެހޭއިދާރާތަކާއި ފުލުހުންނާއި، ސިވިލްއޭވިއޭޝަން އަދި ޓްރާންސްޕޯޓް މިނިސްޓްރީންފިޔަވަޅުއަޅާ ރާއްޖޭގެއެތެރޭގެ ޓްރާންސްޕޯޓް ނިޒާމް މިމީހުނަށް ބޭނުންކުރެވޭގޮތް ހުއްޓުވާފައި ނުވުމަކީ ގޯހެއް ބައިވެރިވުމެއް.
ފުއް
24 February 2019
މާރަނގަ ތިޔައީ ކުރީފަހަރު އިމިގްރޭޝަން އިން ވަކިކުރި މީހެއްތަ.
ޕަކާސް
22 February 2019
އަލަށް ފެށުން ޖަަރީމާތަކަށް ހުރަސް އެޅިދާނެތީ ކަނޑާލަނީ. އިންސާފުން ކަނޑާލާނަމަ ތިތާގެ ހުރިހާ ސީނިއާރ ބޭފުޅުން އެކީ ކަނޑާލަން ޖެހޭނެ.
މާރަނގާ - އައްޑޫ ސިޓީ
22 February 2019
ގިނަޤައުމުތަކުން ބިދޭސިމަސައްކަތުމީހުންއެތެރެވުމަށް ރަސްމީގޮތުން އަލާފައިވާހުރަސްތަކުގެއިތުރަށް އިތުރުތަކުލީފްތައްވެސްމެދުވެރިކޮށްފައިހުރޭ. * * ރާއްޖެއަށް އަލަށް ވޯކްވީސާގައި އަންނަބިދޭސިންނަށް މާލޭއެއަރޕޯޓް ނޫންބަދަރަކަށް ނާދެވޭއުސޫލަކީ އެފަދަކަމެއް. * * ދުވަސްކޮޅަކަށް މީގެފަހުން އަލަށް އަންނަބިދޭސިންނަށްއާދެވޭނީ ހަމައެކަނި ގޭން އަދި ހަނިމާދޫ އެއަރޕޯޓަށްކަމުގައިހަދައިފިނަމަ މާލޭ އިމިޤްރޭޝަން ތެރެއިން ހިންގާ ގޯސްއަމަލުތައް ހުއްޓުވަން ފަސޭހަވާނެ.