ބުލެޓް ރޭލު ހިދުމަތަކަށް މެސްކޮޓަކާއި ނަމެއް ހޯދަން މުބާރާތެއް ކުރިއަށް ގެންދަން ވަނީ ނިންމާފައި.
23 ފެބުރުއަރީ 2019 - 09:27
އިންޑިއާގެ މުމްބާއީ އާއި އަހްމަދުއާބާދާ ދެމެދު 2022 ގައި ތައާރަފު ކުރާ ބުލެޓް ރޭލުގެ ހިދުމަތަށް ދޭނެ ނަމަކާއި އެ ހިދުމަތް ޕްރޮމޯޓްކުރަން ބޭނުންކުރާނެ މެސްކޮޓެއް ފަރުމާ ކުރަން އާންމުކޮށް ހުޅުވާލައިފި އެވެ.
މުޅި އިންޑިއާ އަށް ހުޅުވާލައިގެން މުބާރާތެއްގެ ގޮތުގައި މިކަން ކުރިއަށް ގެންދަން ނިންމާފައިވާ އިރު، އެ ފުރުސަތު އަންނަ މަހުގެ 25 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށް ނެޝަނަލް ހައި ސްޕީޑް ރެއިލް ކޯޕަރޭޝަން ލިމިޓެޑް (އެންއެޗްއެސްއާރްސީއެލް) އިން ބުންޏެވެ.
އެތަނުން ބުނީ މުބާރާތާ ބެހޭ އިތުރު މައުލޫމާތު މައިގަވް.އިން އިން ލިބޭނެ ކަމަށެވެ.
ދެ ބަޔަކަށް ބަހާލައިގެން މުބާރާތް ކުރިއަށް ގެންދާ އިރު ބުލެޓް ޓްރެއިންގެ މެސްކޮޓް ފަރުމާކުރާ މީހަކަށް އިނާމެއްގެ ގޮތުގައި 1،000،000 ރުޕީސްގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ. އަދި ނަން ހުށަހަޅާ މީހުންގެ ތެރެއިން އެންމެ ރަނގަޅު ފަސް ނަން ހުށަހަޅާ މީހުންގެ ތެރެއިން ކޮންމެ މީހަކަށް 55،000 ރުޕީސްގެ ފައިސާގެ އިނާމެއް ދޭނެ އެވެ.
Unleash the creative spirit in you and participate in the Logo and Mascot Contest for Mumbai-Ahmedabad High-Speed Rail. Win cash prizes up to Rs. 1,00,000. Visit: https://t.co/SYjQqGOHS0 pic.twitter.com/PavvDneahs
— MyGovIndia (@mygovindia) February 22, 2019
އެންއެޗްއެސްއާރްސީއެލުން ބުނީ ބްލެޓް ރޭލުގެ މެސްކޮޓާއި ނަން ފާސް ކުރާނީ އެކަމަށް ކަނޑައަޅާ ހާއްސަ ކޮމިޓީއަކުން ނަމާއި މެސްކޮޓްތައް ޝޯޓްލިސްޓް ކުރުމަށް ފަހު އެވެ.
އެންއެޗްއެސްއާރްސީއެލްގެ ލޯގޯއަކީ ވެސް 2017 ގައި ހުޅުވައިލި މިކަހަލަ މުބާރާތެއްގެ ތެރެއިން ހޮވި ލޯގޯއެކެވެ. އޭތި ފަރުމާކޮށްފައި ވަނީ ނޫކުލައިން ޗީތާއެއް ސިފަކޮށްދޭ އަދި އޭގެ މަތިން ރަތް ކުލައިން ބުލެޓް ރޭލު ސިފަކޮށްދޭ ގޮތަށެވެ. ރަތް ކުލައިން ރަމްޒުކޮށް ދެނީ ފަސޭހަ ހިދުމަތެވެ. ނޫކުލައިން ރަމްޒުކޮށް ދެނީ ހަލުވި ދުވެއްޔާއި ހިތްފަސޭހަކަމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy