ކުޅިވަރު / އެމްބީއޭ ޗެމްޕިއަންޝިޕް

ކިންގްސް އިން އެމްބީއޭ ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

ކިންގްސްގެ ކެޕްޓަން ޒިލާ އަށް ސްޕޯޓްސް ކައުންސިލުގެ ރައީސް އިބްރާހިމް އިސްމާއިލް ތަށި ދެއްވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ޒުވާން ކުޅުންތެރިޔާ އަބްދުﷲ އަމްޒަރު ފަހު ވަގުތު ވައްޓާލި ތުރީ ޕޮއިންޓާ އެކު ސަތޭޕަ ޕޮއިންޓް ހަމަކޮށް، 100-58 އިން ރެޕްޓާސް ބަލިކޮށް އެމްބީއޭ ޗެމްޕިއަންޝިޕުގެ ޗެމްޕިއަންކަން ކިންގްސް ބީސީން ރޭ ހޯދައިފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޓީރެކްސް ބީސީ ސެމީ ފައިނަލުން ކަޓުވާލައި ފައިނަލުން ޖާގަ ހޯދި ކިންގްސް ވަނީ ރޭގެ ފައިނަލުގެ ފުރަތަމަ ބޯޅައިން ފެށިގެން މެޗު ޑޮމިނޭޓްކޮށް، މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޒުވާން ކުޅުންތެރިޔާ އަމްޒަރު އާއި ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު ޒިލާލްގެ ކުޅުމާ އެކު ކިންގްސް ފުރަތަމަ ކުއާޓާރު ނިންމާލީ 26-10 އިން ކުރީގައި އޮވެ އެވެ. މި ކުއާޓާރުގައި އަމްޒަރު 10 ޕޮއިންޓް އެއްކުރި އެވެ.

ރޭގެ މެޗުގައި ކިންގްސްގެ ކުޅުންތެރިޔަކު ޕޮއިންޓެއް އަޅަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ދެ ވަނަ ކުއާޓާރުގައި ފެނިގެން ދިޔައީ ދާދި އެއް ނަތީޖާއެކެވެ. މި ކުއާޓަރުގައި ވެސް ކިންގްސް އަށް ތަފާތު ދައްކުވައިދިނީ އަމްޒަރު އާއި ޒިލާ އެވެ. ކުއާޓާރު ނިންމާލީ 50-21 ޕޮއިންޓުން ކުރީގައި އޮވެ އެވެ. ތިން ވަނަ ކުއާޓަރުގައި ރެޕްޓާސް އިން ގޭމުގެ ތެރެއަށް ވަދެ ކުރިއަށް ވުރެ ރަނގަޅަށް ސްކޯކުރި ނަމަވެސް، ޖުމްލަ ސްކޯ އިން ކިންގްސް ދިޔައީ ލީޑު ހިފަހައްޓަމުންނެވެ. މި ކުއާޓުގައި ކިންގްސް އަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ 16 ޕޮއިންޓާ އެކު ރިފްޝާން ރަޝީދެވެ. ފަހު ކުއާޓަރުގައި ވެސް ރެޕްޓާސް އިން ކުރިއަށް ވުރެ ރަނގަޅުކުރި އެވެ. އެކަމަކު މެޗުގައި ރެޕްޓާސް އިން އެންމެ ރަނގަޅު ސްކޯއެއް ހެދި މި ކުއާޓާރު ވެގެން ދިޔައީ ކިންގްސް އިން ވެސް އެންމެ ރަނގަޅު ސްކޯއެއް ނެރުނު ކުއާޓަރަށެވެ. އެހެންވެ 100-58 ޕޮއިންޓުގެ ތަފާތު ބޮޑު ސްކޯއަކާ އެކު މޮޅުވެ ކިންގްސް އިން ވަނީ ތަށި ކަށަވަރުކޮށްފަ އެވެ.

މި މެޗުގައި ކިންގްސް އިން އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ 25 ޕޮއިންޓް އެއްކުރި ރިފްޝާނެވެ. އަމްޒަރު 21 ޕޮއިންޓް ހަމަކުރިއިރު ޒިލާ ވަނީ 17 ޕޮއިންޓް އެއްކޮށްދީފަ އެވެ. ރެޕްޓާސް އިން އެންމެ ގިނަ ޕޮއިންޓް އެއްކުރީ 16 ޕޮއިންޓާ އެކު ކެޕްޓަން މަފާޒް މުހައްމަދެވެ. އަހުމަދު ރާއިދު ސަލީމް 14 ޕޮއިންޓް ހަމަކުރިއިރު މުހައްމަދު އީވާން ޒާހިރު 13 ޕޮއިންޓް ކާމިޔާބުކުރި އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން (ކ-ވ) ފިރާޝްމ މަފާޒް، ނަސީމް، ހުޝާމް އަދި ހުސެއިން ހަލީމް. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އަމްޒަރެވެ. އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ކިންގްސްގެ އަހުމަދު ފިރާޝް އާއި ޓީރެކްސްގެ އަހުމަދު ހުޝާމާއި ހުސެއިން ހަލީމް (ޗިކަނޭ) އާއި ރެޕްޓާސްގެ މަފާޒާއި ސްޓިންގާސްގެ އިބްރާހިމް ނަސީމެވެ.

ބުދަ ދުވަހުގެރޭ ކުޅުނު މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ޔޫއެން ފްރެންޑްސް އެވެ. އެންމެ ފަހުގެ ޗެމްޕިއަން ސައިކްލޯން ބީސީ އަތުން ޔޫއެން މޮޅުވީ 58-30 އިންނެވެ.

0 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 17%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454