04 މާޗް 2019 - 10:44
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ މެމްބަރު ގައުމުތަކުން ޓެރަރިޒަމާ ދެކޮޅަށް މިހާރަށް ވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ވިދާޅުވެއްޖެ އެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އަބޫ ދާބީގައި ބޭއްވި އޯއައިސީގެ ފޮރިން މިނިސްޓަރުންގެ 46 ވަނަ ޖަލްސާގައި ޝާހިދު ވިދާޅުވީ ޓެރަރިޒަމާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި އޯއައިސީގެ މެމްބަރު ގައުމުތަކުން މިހާރަށް ވުރެ ގާތުން މަސައްކަތްކުރަން ޖެހޭ ކަމަށެވެ.
"އިތުރުވަމުން އަންނަ އަނިޔާވެރި ޓެރަރިޒަމާއި ހަރުކަށި ވިސްނުން މި ވަނީ އިސްލާމީ އުއްމަތަށް ގޮންޖެހުމަކަށް ވެފައި. މި ނުބައި ވިސްނުމާ ދެކޮޅަށް އަޅުގަނޑުމެން މިހާރަށް ވުރެ ހަރުދަނާ ފިޔަވަޅުތައް އަޅަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
ޓެރަރިޒަމްގެ ހުރިހާ ބާވަތެއް ވެސް ރާއްޖޭން ކުށްވެރިކޮށް އެކަންކަމާ ދެކޮޅު ހަދާ ކަމަށާއި ވަކިން ހާއްސަކޮށް އިސްލާމްދީނުގެ ނަމުގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކާ ދެކޮޅު ހަދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޓެރަރިޒަމަކީ އެއްބައިވަންތަކަމާއި މިނިވަންކަމަށް ހުރަސް އަޅާ ކަމެއް ކަމަށާއި އެއީ އިސްލާމީ އުސޫލުތަކާ ސީދާ އިދިކޮޅު ކަމެއް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. އައި އެއީ ބައިނަލްއަގުވާމީ މައްސަލައެއް ކަމަށާއި އެ މައްސަލައަށް ބޭނުންވަނީ ބައިނަލްއަގުވާމީ ހައްލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަކުރުމުގައި ގުޅިގެން ފުރިހަމަ ގޮތްތަކަށް އަމަލުކުރުމަށްޓަކައި އަވަށްޓެރިންނާއި މުޅި ބައިނަލްއަގުވާމީ މުޖުތަމައާ ގުޅިގެން މަސައްކަތްކުރަން ދިވެހިރާއްޖެ އޮތީ ފުރިހަމައަށް ތައްޔާރަށް،" ޝާހިދު ވިދާޅުވި އެވެ.
އޯއައިސީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ޝާހިދު ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ އިސް ވެރިންނާ ބައްދަލު ކުރެއްވި އެވެ. އަދި އެ ބައްދަލުުވުމުގެ ހަވާސާގައި އިސްލާމީ ބައެއް ގައުމުތަކުގެ ވެރިންނާ ވަކިވަކިން ބައްދަލު ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުﷲ
04 March 2019
ޓެރެރިޒަމޭ ކިޔައިގެން ވާހަކަ ދައްކަން ޖެހޭނީ، ގައުމުތަކުގެ ވެރިންނަށް ތިބޭ މީހުން، އެގައުމުތަކުގެ ރައްޔިތުންނަށް އަމާންކަން ހޯދައިދިނުމަށްފަހު. ކުރުކޮށް މިބުނީ.
ޕޮކަންޑިމޭން
04 March 2019
މިއީ އިންޑިއާ ރުއްސަންވެގެން ޕާކިސްތާނަށް ނިސްބަތްކޮށް ނަޝީދު ބުނެގެން ގޮސް ދައްކާ ވާހަކަތައް.
މަރޭމިތުރު
04 March 2019
ޓެރަރިޒަމްގެ ކުށަށް ހުރިހާމީހުންވެސް ނޫނެކޭ ބުނަމާ!!! ވަކި ގައުމެއްނޯންނާނެ. ދިވެްއސަކަށްވިޔަސް ޓެރަރިސްޓަކަށް ވެގެންނުވާނެ!
ހަސަން ނުވަވަނަ
04 March 2019
ކަލޯ ޝާހިދު ޓެރަރިޒަމަކީ ވަކި ދީނެއްގެ ސަބަބުން ވާކަމެއް ނޫން. ކަލެއަށް ޓެރަރިޒަމް ތިފެންނަނީ މޯދީގެ ލޮލުންދޯ. ކަޝްމީރުގެ އާއްމު ރައްޔިތުންނާ ދެކޮޅަށް މޯދީގެ ސިފައިން ހިންގާ ލާއިންސާނީ އަމަލުތަކަކީވެސް ފައްކާ ޓެރަރިޒަމް