08 މާޗް 2019 - 21:32
ރާއްޖޭގެ މިނިވަންކަން ދިފާއުކުރުމުގައި، ފުރާނަ ދޫކޮށްލަން ޖެހުނަސް ދިވެހި ސިފައިން ފަހަތަށް ނުޖެހޭނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ރޭ ވިދާޅުވެއްޖެ އެވެ.
ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި ސިފައިންނާ ބައްދަލުކުރައްވައި ޝަމާލް ވިދާޅުވީ، ސިފައިންނަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ދެމެހެއްޓުމުގައި ކެރިގެން ސާބިތުކަންމަތީ ދެމިތިބޭނެ ބަދަހި ލަޝްކަރެއް ކަމަށެވެ. ސިފައިންނަކީ ރާއްޖޭގެ މިނިވަންކަން ދިފާއުކުރުމަށް ގާނޫނީ ހުވާކޮށްގެން ތިބޭ ބައެއް ކަމަށާއި އެހެންބަޔަކު އެ މަސައްކަތްކުރާނެ ކަމަށް ގޮވާލަންޏާ އެއީ ސިފައިންނަށް ބުނާ ބަދު ބަހެއް ކަމަށް ވިދާޅުވި އެވެ.
"އެހެން ބަޔަކު އެކަން ކުރާނެ ކަމަށް ގޮވާލަންޏާ އެއީ އަޅުގަނޑުމެންނަށް ބުނާ ބަދު ބަހެއް. ދިވެހިރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލާއި ސިޔާދަތުގައި މިވަރުގެ ކުޑަކުޑަ ކޫރެއް އެޅެންޏާ ވެސް އަޅުގަނޑުމެން އެ ފުރުސަތެއް ނުދޭނަން. އަޅުގަނޑުމެނ އެންމެ ފަހު ވަޒަނާ ހަމައަށް، އެންމެ ފަހު މީހާއާ ހަމައަށް އަޅުގަނޑުމެން ހަނގުރާމަކުރާނަން،" ޝަމާލް ވިދާޅުވި އެވެ.
ޝަމާލް ވަނީ ސިފައިންގެ އޮޕަރޭޝަނަލް ކެޕޭސިޓީ ވަރުގަދަކުރުމަށް ޒަމާނީ ޕްރޮފެޝަނަލް ފޯސްއަކަށް އެމްއެންޑީއެފް ހެދުމަށްޓަކައި މުއައްސަސާ ރިފޯމްކޮށް ތަރައްގީކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރައްވައިފަ އެވެ. އަދި ގާނޫނީ ވާޖިބު އަދާކުރުމުގައި ސިފައިންނަށް މަތިކޮށްފައިވާ ޒިންމާތަކާއި ރައްޔިތުންނާއި ސިފައިންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިސްތު
10 March 2019
https://vaguthu.mv/news/164364 މި ލިންކުގައިވާ ޚަބަރު މިހާރު ނޫހުގައި ނެތީ ކީތްވެބާ؟ މިކަމާ ކަންބޮޑު ނުވަނީބާ؟
މަރޭމިތުރު
10 March 2019
އެމީހަކު ބިރެއްނުގަނޭ ބުނެއްޖެއްޔާ! އެމީހަކީ ސިފައިންގެ މީހަކު ކަމަށްވާނީ!................. ސިފައިންގެ އަޒުމާއި ހިއްވަރަށް އަޅުގަނޑު ސެލިއުޓުކުރަން.
ހާލަތުބަދަލުވާނޭ
09 March 2019
މޮޔަވެގަންތަ ތިޔައުޅެނީ، މީގެ 150 ވަރަކަށް އަހަރުފަހުން ގަައުމޭ ތިކިޔާއެއްޗެއް ނުވެސް އޮންނާނެ. ގައުމިއްޔަތަކީ ދުނިޔެދުށް އިސްތިމާރީވެރިކަމުގެވެރިކަމުތެ ނަތީޖާއެއް.މިހާރު މުޅިދުނިޔެވެސް ދަނީ ގައުމިއްޔަތުގެ ހިޔާލުދޫކޮށް އިންސާނިއްޔަތުގެ ހިޔާލާދިމާލަށް. ގައުމިއްޔަތާހެދި އުޅޭމީހުންގެ ތަރަށްޤީ ފަހަތަށް. ގަބޫލުނުކުރެވެންޏާ މިކޮމެންޓް 30 އަހަރު ފަހުން ކިޔާލާ.
ސިދުގީ
09 March 2019
މުޅިގައުމުގެ ބަޖެޓުގެ ދެބައިކުޅަ އެއްބައި ކޮންމެ އަހަރަކު ނަގާބަޔެއްތީ.ފެބު7 ގައި ޕޮލިސް ކުދިންކޮޅެއް ބޮޑާޖަހާލީމަ ތިބީ ހަތަރު އުދަރެސް ފެނުޖެހިފައި،އިނގިއްޖޭ...ބޮޑުކާހަކަ އެބަދައްކައެއްނުން.
ނިކަމެތި ރައްޔިތެއް
10 March 2019
ފެބު7ގައި ރައްޔިތުންގެ ދިފާޢުގައި އަދި ޤާނޫނު އަސާސީއާ ދީނަށް ފުރައްސާރަކުރަމުންދިޔަ ވެރިއަކާ ދެކޮޅަށް ތެދުވީތީ ދިވެހި ފުލުހުންނާއި ސިފައިންނަށް ޝުކުރިއްޔާ. ދިވެހި ވެރިކަމުގެ ތަހުތަކީ ޝަރުތުތަކެއް ކަނޑައެޅިފައިވާ އެއްޗެއް. ނަޝީދުވަނީ އެތައްގޮތަކުން އެޝަރުތުތަކާ ޚިލާފުވެފަ. ވީއިރު ފެބް7ގެ ވާހަކަ ނުދައްކާ. އަނެއްކޮޅުން އޭނަ އިސްތިއުފާއެއްނު ދިނީ..
ދެ ރިޔާ
09 March 2019
އަސްތާ. ތިޔަހެން ބުނާއިރު ކޮބާ މަރިޔާ؟ މަ ނަމަ، އިންޑިޔަ ގާތު ބުނީހީ މިހެން. ދިވެހިރާއްޖެއެއް ނުހިފޭނޭ އިންޑިއާއަކަށް. މަރުވެފައިވާ ހަށިތަކެއް އޮތް ބިމެކޭ، ބާރު ގަދަވެގެންވެސް ހިފެންޏާ ހިފޭނީ. ހިތުގައި ވިންދު ހުރިހާ ހިނދަކު، ނާރުތަކުގައި ލޭ ހިނގާހާ ހިނދަކު، މަގޭ ފުރާނަ ހަށީގައި ހުރިހާ ހިނދަކު، އިސްލާމް ދީނުގެ ދިފާޢުގައި، މުސްލިމުންގެ ދިފާޢުގައި ހަނގުރާމަކުރާނަން. އެ ހެޔޮ އަތުގައި އެއްވެސް އިތުރު ހަތިޔާރެއް ނެތަސް.
ކުމްބެ
09 March 2019
ސުވާލަކީ ކޮންބައެއްގެ މިނިވަންކަން ދިފާއު ކުރަންތޯ. އެއީ ކޮން މިނިވަންކަމެއްތޯ. ދުނިޔޭގެ ބަޔަކު ރާއްޖެއަށް އަރާ ރާއްޖެ އަކީ އެމީހުނގެ ތަނެއްކަމަށް ހެދުމަކީ އެމިނިވަންކަމުގާ ވާނަމަ އެއީ އޮތަކަމެއް ނުން. ފުރަތަމަކަމަކީ އެއީ އަންނާނެ ހާލަތެއް ނުން. ދެވަނަކަމަކީ އެހާލަތު އަތުވެދާނެކަމަށް ހީކުރެވޭނަމަ އެކަން ހިމާޔަތް ކުރަން ދިވެހި ސިފައިންއަށް ކުރެވޭނެ މާބޮޑުކަމެއް ވާނެހެން ހީނުވޭ. އަހަރެމެން ދިވެހި ސިފައިންއަށ އެދެނީ ހިޓްލަރުގެ ދުވަސްވަރުން ނިކުތުން
ތުއްތު
09 March 2019
ތިހެންކިޔާފަ 3 ނޮވެމްބަރ ގަވެސްތިބީ ފިލާ....އިންޑިޔާސިފައިން އައިސް އެމީހުން ފަހާލީމަ ތިބީ ނިކުމެ ފުއްޕާފަ.......
ޅަބޯގެރި
09 March 2019
ތިކަހަލަ އެއްޗިހިނަށް ތިހެން ހީވެދާނެ އެކަމު އެދުވަހު ދިވެހިނަށްް ކާމިޔާބު ލިބިފަ އޮއްވަ ތިބުނާ ބައެއް މިގައުމަށް އައީވެސް ނޭގޭވާހަކަ ތިކަހަލަ އެއްޗިހިން ނުދެއްކިއްޔާ މާ ތާހިރުވާނެ ރަނގަޅަށްވިއްޔާ ދިވެހިން ފާސްވެސް ނުވޭތޯޗެ ލަދުކޮބާ
ްއަބޯ
10 March 2019
3 ނޮވެމްބަރުގަ ދިވެހި ސިފައިން މިންނެތް މަސައްކަތް ކުރި، އެމީހުން ފަހާލީ ދިވެހި ސިފައިން، ކަނޑުމަތިން ހައްޔަރު ކޮށގެން ގެނަސްދިނީ އިންޑިޔާ ސފައިން، ރަނގަޅަށް ކިޔާ
ވިލްސް
09 March 2019
ސިފައިން ތިހެން ތިގޮތުގައި ތިއްބަސް ސިފައިންނަށް ކޮމާނޑް ކުރަން ތިބި އިސް ވެރިން ތިގޮތުގަ ތިބި ވައްތަރެއް ނުޖަހާ. މި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލް އޮތީ ވަރަށް ނާޒުކު ހާލަތެއްގައި. ހަމަ ސައިބޯނި ބޮތްކެއް ފަދަ.
ތެދުބެ
09 March 2019
ފަސްޖެހެނީ ހަމައެކަނި ސިޔާސީ ވެރިން ދެކެ. ދޯ! ގައުމު ފަސްލާފަ ވެސް އެމީހުން ދިފާއު ކުރާނެ ކަން މިހާރު އިނގޭ.
ްއަބޯ
10 March 2019
ފާއިތުވި ސަރުކާރުން އެކަން އެހެން ކުރި
އެސަމާ
09 March 2019
ބައެެއް ވެރިން އިންޑިޔާއޭ ބުނުމުން ބިރުން ފިލާ، ވަތަނީ ހިޔާލު ގެ އިތުރުން ޑިޕޮލޮމެޓަކަށް ވާންޖެހޭ. އެއީޗެލެންޖަކީ. މިނިވަންކަން ކޮޕުރަމައިޒްނުކޮށް ބޭރުގެބައެއްކަން ކަންމާރުހުން. ހުރިހާގައުމަކުންވެސް ދަންތުރަޖަހާ ހަމަ އެކަނި ޗައިނާއޭކިޔާތި މައްސަލައިކީ