ކާޑިފް، ވޭލްސް: ޖޫން 3، 2017: ވޭލްސްގެ ކާޑިފްގެ މިލޭނިއަމް ސްޓޭޑިއަމުގައި ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެއާލް މެޑްރިޑުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އުފާފާޅުކުރަނީ: އިޓަލީގެ ޔުވެންޓަސް 4-1 އިން ބަލިކޮށް، 12 ވަނަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް އެ ތަށި ދިފާއުކުރި ފުރަތަމަ ޓީމުގެ ޝަރަފް ސްޕެއިނުގެ ރެއާލް މެޑްރިޑުން ވަނީ ހޯދައިފައި.-- ފޮޓޯ: އޭއެފްޕީ
10 މާޗް 2019 - 12:45
މެޑްރިޑް (މާޗް 10) – ރެއާލް މެޑްރިޑުގެ ކޯޗުކަމުން ސަންޓިއާގޯ ސޮލާރީ މި ސީޒަން ނިމުމުގެ ކުރިން ވަކިކުރާ ނަމަ ވަގުތީ ކޯޗަކަށް ކުރީގެ ކުޅުންތެރިޔާ އަދި ކެމަރޫންގެ ގައުމީ ކޯޗު ކްލަރެންސް ސީޑޯފް ގެނެސްފާނެ ކަމަށް ސްޕެނިޝް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މި ސީޒަނުގައި މެޑްރިޑާ ފުރަތަމަ ހަވާލުވި ހުލެން ލޮޕެޓީގަށް ނަތީޖާ ނުނެރެވުމުން ހަވާލުކުރި ސޮލާރީ އަށް ވެސް ޓީމު ހަމަޔަކަށް ނޭޅެވުނެވެ. ޗެމްޕިއަންސް ލީގާއި ސްޕެނިޝް ކަޕުން ކަޓައި ސްޕެނިޝް ލީގު ހޯދުމުގެ ފުރުސަތު ވެސް މިހާރު ވަނީ ގާތްގަނޑަކަށް ގެއްލިފަ އެވެ.
ސީޒަން ނިމެން އަދިވެސް ދެ މަހެއްހާ ދުވަސް އެބައޮތެވެ. މެޑްރިޑުގެ މިހާރުގެ ޓާގެޓަކަށްވާނީ ގަދަ ހަތަރެއްގައި ހަމަޖެހިލައިގެން އޮތުމެވެ. މިހާރު އޮތީ ތިން ވަނައިގައި ކަމަށް ވުމުން އެ ޓީމު ސަމާލުވާން ޖެހެ އެވެ.
އެ ޓީމުން ގެނެސްފާނެ ކަމަށް ބެލެވޭ ސީޑޯފަކީ މެޑްރިޑަށް 1996-2000 އަށް ކުޅެ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގު ކާމިޔާބުކޮށްފައިވާ ކުޅުންތެރިޔެކެވެ. ފަހުން އޭސީ މިލާނުގައި ވެސް މޮޅަށް ކުޅުނު ސީޑޯފުގެ ކޯޗިން ކެރިއަރު ކާމިޔާބެއް ނޫނެވެ. މިލާނާއި ޗައިނާގެ ކްލަބެއްގައި އަދި ސްޕެނިޝް ލީގުގެ ޑިޕޯޓިވޯ ލަ ކޮރޫނާގައި މަސައްކަތްކުރި ނަމަވެސް ކުރިއަށްދެވޭ ގޮތެއް ނުވި އެވެ.
އެކަމަކު މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އޭނާއާ މަޝްވަރާކޮށް މިހާރު ޝޯޓްލިސްޓްކޮށްފައިވާ ކަމަށްވެ އެވެ. މެޑްރިޑާ ހަވާލުވި ނަމަވެސް ކެމަރޫންގެ ވަޒީފާގައި ދެމި ހުންނާނެ އެވެ. އެއީ އޭޕްރިލްގެ ފަހުން، ކެމަރޫނަށް ވާދަވެރި މެޗެއް އަވަހަށް ނޯންނާނެތީވެ އެވެ. އަންނަ ސީޒަނުގައި މެޑްރިޑުން ދާއިމީ ކޯޗަކަށް ގެންނާނެ ކަމަށް ބެލެވެނީ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާމަ333
13 March 2019
ރެއާލްގެ މައްސަލައަކީ ޕެރޭޒް...ޒިދާނަށް ޓްރާސްފާ ކޮންޓްރޯލް ދީފިނަމަ ރިއަލް މޮޅުވާނެ...
ސިސްޓަމް
10 March 2019
ޕެރޭޒު މިހާރު އުޅެނީ މޮޔަވެގެން . މީނަ ބޭރުކުރަން ޖެހޭ އެބަ.