ސިވިލް ކޯޓު: 10 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ދޫކޮށްލަން ކޯޓުން ވަނީ އަމުރު ކޮށްފައި --ފޮޓޯ/މިހާރު
14 މާޗް 2019 - 14:45
މީހެއްގެ ޕާސްޕޯޓް 10 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން އިމިގްރޭޝަނުން ހިފަހައްޓާފައި ވަނިކޮށް އެ މީހާގެ ޕާސްޕޯޓް ދޫކޮށްލަން ސިވިލް ކޯޓުން ދައުލަތުގެ މައްޗަށް އަމުރުކޮށްފި އެވެ.
ސ. މަރަދޫފޭދޫ އަށް ނިސްބަތްވާ އެ މީހާގެ ޕާސްޕޯޓް 2008 އިން ފެށިގެން އިމިގްރޭޝަނުން ހިފަހައްޓާފައި އޮތީ އޭނާގެ މައްޗަށް އެއް އަހަރުގެ ޖަލު ހުކުމެއް އޭރުގެ ޖިނާއީ ކޯޓުން އިއްވާފައި އޮތުމުން ކަމަށް ބުނެ އެވެ. އެކަމަކު އެ ހުކުމް ކުރިތާ 10 އަހަރު ވީއިރު ވެސް އެ ހުކުމް ކަރެކްޝަންސް އިން ތަންފީޒު ކޮށްފައެއް ނުވެ އެވެ. ޕާސްޕޯޓް ހިފަހައްޓާފައި އޮތްކަން ވެސް އެ މީހާއަށް އެނގުނީ 2012 ގައި އޭނާ ޕާސްޕޯޓް ހައްދަން އިމިގްރޭޝަނަށް ދިއުމުންނެވެ.
އެ މައްސަލަ އެ މީހާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިދިޔަ މަހުގެ 28 ވަނަ ދުވަހު ހުކުމްކުރީ ޖަލު ހުކުމް ތަންފީޒު ނުކޮށް، 10 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން އެ މީހާގެ ޕާސްޕޯޓް ދައުލަތުން ހިފެހެއްޓީ ގާނޫނާ އެއްގޮތަށް ކަމަށް ބެލެވެން ނެތް ކަމަށެވެ. އެހެންވެ، އެ ދުވަހުން ފެށިގެން އޭނާ ޕާސްޕޯޓް ދޫކޮށްލުމަށް ދައުލަތުގެ މައްޗަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ކޯޓުގެ ހުކުމުގައިވާ ގޮތުން އެ މީހާގެ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން ދައުލަތުން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ. އެ މީހާ ހޯދައި، ކަރެކްޝަންސްއާ ހަވާލު ކޮށްދޭން އެދި ކަރެކްޝަންސް އިން 2008 ގައި ފުލުހުންނާއި ސ. އަތޮޅު އޮފީހުގައި އެދިފައި އޮތަސް، ފުލުހުންނާއި ހޯމް މިނިސްޓްރީ ވެސް ހިމެނޭ ގޮތުން އެކި މުއައްސަސާތަކަށް އެ މީހާގެ ފަރާތުން 2012 އިން ފެށިގެން އެކި ސިޓީތައް ފޮނުވާފައި ހުރި ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެ މީހާ ފޮނުވި ސިޓީތަކުގައި އެ މީހާ ނުވަ އަހަރު ވަންދެން ދިރިއުޅުނު އެޑްރެސް ވެސް ބަޔާން ކޮށްފައި ހުރިކަން އެ ހުކުމުގައިވެ އެވެ.
ޖިނާއީ މައްސަލަތަކުގައި ކުރާ ހުކުމްތައް ތަންފީޒު ކުރުމަކީ ކަރެކްޝަންސްގެ މަސްއޫލިއްޔަތެއް ކަމަށާއި އެއީ އެ ހުކުމެއް ކުރެވިފައިވާ މީހާ ކުރަންޖެހޭ ކަމެއް ނޫން ކަން ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ. އަދި އެ މީހާގެ މައްޗަށް 2008 ގައި ޣައިރު ހާޒިރުގައި އޭރުގެ ޖިނާއީ ކޯޓުން ހުކުމް ކުރުމަށް ފަހު އެކަން ކަރެކްޝަންސްއަށް އަންގާފައި އޮތް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
މީހުން ފުރުން މަނާ ކުރެވޭނީ ކޯޓުތަކުން ކުރާ ހުކުމްތައް ނުވަތަ އަމުރުތަކާ ގުޅިގެން ކަނޑައެޅޭ ވަކި މުއްދަތަކަށް ކަމަށް އިމިގްރޭޝަންގެ ގާނޫނުގައި ބުނާއިރު، އެ މީހާގެ މައްޗަށް އިއްވި އެއް އަހަރުގެ ހުކުމުގެ މުއްދަތަށް ވުރެ އިތުރަށް 10 އަހަރު ވަންދެން އެ މީހާގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ އެކަށީގެންވާ މިންވަރަށް ވުރެ ދިގު މުއްދަތަކަށް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީބަލީ
15 March 2019
މިގޮތަށް ހުކުމް ތަމްފީޒް ނުކުރާ ކިތައް މީހުން އުޅޭނެ ބާ.
ތިމާވެށި
15 March 2019
ކޯޓް ތަކުގަ ބައެއް މައްސަލަ ތައް ނުނިމާ އެތައް އަހަރެއް ވަން ދެން ބަހައްޓައެވެ. ވަޒީފާ ގެއްލި އަނބި މީހާ ވަރިވެފަ ވެސް އެބަހުއްޓެވެ. މިކަމަށް ވެސް ހައްލެއް ބޭނުން ވެއެވެ.
ވިސްނޭ
15 March 2019
އިންސާނީ ހައްޤު ކޮބާ....ވ ލާރި ތީ...
މުސްތޮފ
14 March 2019
ވަރަށް ރީނޑޫކުލަގަދަ. ރިފަންޑްލިބޭނެ.
މޯޖޯ
14 March 2019
ކަލޯ އަވަހަށް ދޭ ކޯޓަށް ގެެއްލުމުގެ ބަދަލު ހޯދަން . ދޫކޮށްގެން ނުވާނެ މައްސަލަ ވައްދާ މިލިއަނުން ހޯދަން ވާނެ ލިބޭނެ ޔަގީން.
ބަކޫ
14 March 2019
އަސްލުވެސް ދައުވާ ކުރަންވީ ހައްގު ބަދަލު ލިބެންވާނެ.........
ޢަފްލާ
14 March 2019
މަރޭ މިތުރު ހާދަ ތެދުވެރި މީހެކޭ ހީވަނީ ދުވަހަކުވެސް ކުޝެއް ނުކުރާ ހުދު ކާފޫރެއްހެން
ވާލުސޮރު
14 March 2019
ތިކަމުން ހާމަވަނީ ރާއްޖޭގެ މުއައްސަސާތަކުގެ ޒިންމާދާރުކަމެއް ނެތްކަމާ ފަރުވާކުޑަކަން. މަހުން މަހަށް މުސާރަކޮޅާ އިނާޔަތްތައް ލިބެންޏާއެވީ. ހެޔޮ ރައްޔިތަކަށް ޚިދުމަތެއް ނުދެވުނަސް.
ޙައްލު
14 March 2019
ދަޢުވާކޮށް ބަދަލު ހޯދާ! އަދި އިމިގްރޭޝަންގެ އޮފިޝަލުންނަށް ދަޢުވާކުރޭ! ޙައްލު ވާނީ ހަމައެކަނި އެގޮތަށް!
މަރޭމިތުރު
14 March 2019
ކިތަންމެ މައްސަލައެއް އިމިގްރޭޝަނުން ފެނޭ! އެތައް ބައެއް މިގޮތައް ހިފަހައްޓާތަންފެނޭ!................. އހަރެންވެސް އެއްފަހަރަކު ރާއްޖެއިން ބޭރުން އައިއިރު އޮތީ ޕާސްޕޯޓު ހިފަހައްޓާފައި. އޭގެ ފަހުން އިމިގްރޭޝަނައް އިތުބާރުނުކުރަން. ދެން ގެންދަނީ ކަސްޓަމު ބަހުގައި ސީދާ ކަސްޑޯޑިއަލައް، ބުނީ ކަލޭ ބަނޑުގައި މަސްތުވާތަކެއތި އެބަހުއްޓޭ! ކީކޭ ދެންބުނާނީ! މަށަށްވުރެ ބޮޑައް އެކަމާ ރުޅިއަންނަ މީހަކު ވަކި ނުވެސް ހުންނާނެ! ދޫކޮށްލީ 2ދުވަސްފަހުން. ޔާމީނުއިރު
ރަދީފް
14 March 2019
@މަރޭ.މިހެންވެތަ ޔާމީންދެކެ އިންތިހާއަށް ރުޅި އަންނަނީ؟؟!!
ޓެކުސާ
15 March 2019
އަސްލުހުރިދޯ...