ޖެކީ ޗެން: ގިނަ ބައެއްގެ މެދުގައި މަގުބޫލު އެކްޓަރެއް.
20 މާޗް 2019 - 07:17
ޗައިނާގެ އެންމެ ކާމިޔާބު ދެ އެކްޓަރުންގެ ތެރޭގައި ހިމެނޭ ޗެކީ ޗެން އާއި ވޫ ޖިންގް، މައުންޓް އެވަރެސްޓަށް އެންމެ ފުރަތަމަ އެރި ޗައިނާގެ މީހުންގެ ވާހަކަ ކިޔައިދޭ ފިލްމަށް ސޮއިކޮށް، އޭގެ މަސައްކަތް ފަށައިފި އެވެ.
ހޮލީވުޑް ރިޕޯޓާ އިން ބުނި ގޮތުގައި "ކްލައިމްބާޒް" ގެ ނަން ދީފައިވާ ފިލްމު ޝަންހާއީ ފިލްމު ގްރޫޕުން ޕްރޮޑޮއިސް ކުރާ އިރު، މީގެ ޑައިރެކްޓަރަކީ ޑްރެގަން ބްލޭޑް (2015) އާއި ޓައިމް ރައިޑާޒް (2016) ފަދަ ފިލްމުތައް ގެނެސް ފިން ހޮންގްކޮންގްގެ ޑައިރެކްޓަރު ޑެނިއެލް ލީ އެވެ.
"ކްލައިބާޒް" ގައި ކިޔައި ދޭނީ 1960 ވަނަ އަހަރު ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ މައުންޓް އެވަރެސްޓްގެ ކުންނަށް އެންމެ ފުރަތަމަ އެރި ޗައިނާގެ ތިން މީހުން ކަމަށްވާ ވަންގް ފުޒޫ، ގޮންޕޯ އަދި ކޫ ޔިންހުއާގެ ވާހަކަ އެވެ. މި ތިން މީހުން ފާހަގަ ކުރެވިފައި ވަނި އެވަރެސްޓް ފަރުބަދައި އުތުރަށް އެންމެ ފުރަތަމަ ފޯރި ތިން މީހުންގެ ގޮތުގަ އެވެ.
ވޫ ޖިންގް: އޭނާއަކީ ޗައިނާގެ އެންމެ ކާމިޔާބު އެއް އެކްޓަރު.
ޗެން، 64، އާއި ވޫ، 44، ގެ އިތުރުން "ކްލައިމްބާޒް" ގެ ކާސްޓުންގެ ތެރޭގައި ޖިންގް ބޯރަން، ޓީވީ ތަރި ހޫ ޖީ އަދި ބަތަލާ ޒަންގް ޒީޔީ ހިމެނެ އެވެ.
ފިލްމުގެ ޝޫޓިން މިހާރު ޗައިނާގައި ކުރިއަށްދާ އިރު، "ކްލައިބާޒް" ސިނަމާތަކަށް ގެންނަން އަމާޒު ހިފާފައި ވަނީ ޗައިނާގެ ގައުމީ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ އޮކްޓޯބަރު 1 ނުވަތަ ޗައިނީޒް ނިއު އިޔާގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy