އަލޯރާ ފިހާރަ-- މި ޕްރޮމޯޝަން މެއި 1، 2019 އަށް ކުރިއަށްދާނެ--ފޮޓޯ: އަލޯރާ
18 މާޗް 2019 - 19:18
އަލޯރާ އަހަރީ ޕްރޮމޯޝަން 2019 ފަށައިފި އެވެ.
މި ޕްރޮމޯޝަން ކުރިޔައް ދާނީ މާޗު 17، 2019 އިން މެއި 12، 2019 ގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގެ ދަށުން 10 ޕަސެންޓާއި 30 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓް ލިބޭނެ އެވެ. އަދި ބެޑްޝީޓުން 45 ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ.
މި ޕްރޮމޯޝަންގައި ހޮވާ ނަސީބުވެރިއަކަށް އީ1 ސްޓޭންޑާޑްގެ ކުއީން ސައިޒުގެ ބެޑްރޫމް ސެޓެއް ލިބޭނެ އެވެ. މި ބެޑްރޫމް ސެޓްގެ އަގު 32،500ރ. އަށް އަރާ އިރު ފަސް ދޮރުފަތްލީ އަލަމާރިއަކާއި ޑްރެސިން ޓޭބަލެއްގެ އިތުރުން ނައިޓް ޓޭބަލެއް ވެސް ލިބޭނެ އެވެ.
އަލޯރާ ފިހާރަ-- މި ޕްރޮމޯޝަންގައި ހޮވޭ ނަސީބުވެރިއަކަށް ބެޑްރޫމް ސެޓެއް ލިބޭނެ--ފޮޓޯ: އަލޯރާ
މި ޕްރޮމޯޝަންގެ ދަށުން ކުރާ ކޮންމެ 5،000ރ. ގެ ވިޔަފާރި އަކަށް ކޫޕަނެއްގެ އިތުރުން 200ރ. ގެ ގިފްޓް ވައުޗަރެއް ލިބޭނެ ކަމަށް އަލޯރާ އިން ބުނެ އެވެ. ކުރާ ކޮންމެ 10،000ރ. ގެ ވިޔަފާރިއަކަށް 500ރ. ގެ ވައުޗަރެއް ލިބޭ އިރު 20،000ރ. ގެ ވިޔަފާރިކުރާ ކޮންމެ ފަރާތަކަށް 1،000ރ. ގެ ވައުޗަރެއް ލިބޭނެ އެވެ.
މި ވައުޗަރު ބޭނުން ކުރަން ފެށޭނީ މެއި 13، 2019 އިން ފެށިގެން ދެ މަސް ދުވަހުގެ މުއްދަތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy