މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމަށް ދިޔަ މީހުން ގެފުޅު ފަށާ ތަވާފް ކުރަނީ: ކޮންމެ ދާއިރާއަކުން ހައްޖު ކޯޕަރޭޝަނަށް އޭޖެންޓެއް ހޯދަނީ --ފޮޓޯ:އޭއެފްޕީ
25 މާޗް 2019 - 15:38
ހައްޖު ކޯޕަރޭޝަންގެ ހިދުމަތް އާންމުންނަށް ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސުމަށް ކޮންމެ އިންތިހާބީ ދާއިރާއަކުން އެ ކުންފުންޏަށް އެޖެންޓުން ހޯދަން އިއުލާނުކޮށްފި އެވެ.
މި އޭޖެންޓުންގެ މަސްއޫލިޔަތަކީ އެ ކޯޕަރޭޝަނާއި އެތަނުގެ ހިދުމަތްތައް ދާއިރާގެ ރައްޔިތުންނަށް އަންގައިދިނުމެވެ. އަދި އެ މީހުންގެ ހިޔާލާއި ކަންބޮޑުވުންތަކަށް އަޑުއަހައި އެކަންތައް ކޯޕަރޭޝަނަށް އެންގުމެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ އެޖެންޓުންނަށް ވަކި މުސާރައެއް ނޯންނާނެ ކަމަށާއި އެކަމަކު އެޖެންޓުން މެދުވެރިވެގެން ކޯޕަރޭޝަނުން އުމްރާ އަށް ދާން ރަޖިސްޓްރީކޮންމެ މީހަކު ދައްކާ ފައިސާ އިން ދެ ޕަސެންޓް އެޖެންޓަށް ލިބޭނެ ކަމަށެވެ. އަދި އުމްރާ އަށް ގެންދަން 50 މީހުން ރަޖިސްޓްރީކޮށްފި އެޖެންޓަކަށް އުމްރާ ދަތުރެއް ހިލޭ ލިބޭނެ ކަމަށް ވެސް ބުންޏެވެ.
އާންމު ފަރުދަކަށް ނުވަތަ ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާއަކަށް ވެސް އެ ކޯޕަރޭޝަންގެ އޭޖެންޓަކަށް ވެވޭނެ އެވެ. ނަމަވެސް ހައްޖު އަދި އުމްރާގެ ހިދުމަތްދޭ ޖަމިއްޔާއަކަށް ނުވަތަ އެފަދަ ތަނެއްގައި ހިއްސާ އޮތް ނުވަތަ އާއިލީ ގުޅުމެއް އޮންނަ މީހުންނަކަށް ވެސް އެ މަގާމަކަށް ހުށައެއް ނޭޅޭނެ އެވެ. މީގެ އިތުރުން ހައްޖު ކޯޕަރޭޝަންގެ ބޯޑު މެމްބަރުންނަށް އަދި މުވައްޒަފުންނަށް ކުރިމައްޗެއް ނުލެވޭނެ އެވެ.
ސާބިތު ދަރަންޏެއް އޮތް ނުވަތަ ހައްދެއް ކަނޑައަޅާފައިވާ ކުށެއް ކޮށްފައިވާ މީހުންނަށް ވެސް މި މަގާމަކަށް ކުރިމައްޗެއް ނުުލެވޭނެ އެވެ.
އޭޖެންޓަކަށް ވާން އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހާ ހަމަޔަށް ވަނީ ހުޅުވާލައިފަ އެވެ. އެ ކޯޕަރޭޝަންގެ އޮފީހަށް އަދި އީމެއިލް މެދުވެރިިކޮށް ވެސް ފޯމު ހުށަހެޅޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދާލު
26 March 2019
އިހަށް ދުވަހުވެސް މީހަކު އުމުރާއަށް ނުވަތަ ހައްޖަށް ފުރަން އުޅުނު ބަޔަކު އަތުން ބޮޑު އަދަދަކުން ފައިސާ މަކަރުން ހޯދައިގެން ފޭކު ޓިކެޓު ތަކެއް ދީގެން ފުރަން އެއުޅުނީ. އެމައްސަލައަށް ވެސް ވީކަމެއް ހަރާމުން ހަރާން. އޭގެ ކުރިން އަރަބިއްޔާ ޕުރިންސިޕަލަށް ހުރި ޝޭހު އަރަބިއްޔާ ޓީޗަރުންތަކެއް އަތުން ފައިސާ ހޯދައިގެން އެކަމަށްވެސް ފިޔަވަޅެއް ނޭޅުނު. ދެން އެހެން ބަޔަކު މަކަރު ހަދައިން ފައިސާ ހޯދީމާ މިނިސްޓަރަށް ހުރި މީހާ ކުރިކަންތައް އެންމެނަށް ފެންނާނެ!
މުސްކުޅިބެ
26 March 2019
ކޯޕަރޭޝަން! ޢަޅުގަނޑުމެން މިދަނީ ކޮންމެ 10 މީހަކަށް ހިލޭ 1ކަކު ޢެވެސް 20000ރުފިޔާ ތިއީ މިދިޔަ ޑިސެމބަރ ގަ އުމްރާ ގެ އަޅުކަމަށް ގެންދިޔަ މީހުންވެސް ގަަޑިއެއްގެ އިރުންވެސް ހިނގާފަ ހަރަމްފުޅަށް ނުދެވޭ ހިސާބެއްގަ ޢުމްރާވެރިން ބެއިތިބި ކޯޕަރޭޝަން
ދާލު
26 March 2019
ތިޔަށްވުރެ މާ ރަގަޅުވާނެ އިސްލާމިކު މިނިސްޓަރީއާއި ހައްޖު ކޯޕަރޭޝަން އަދި ޒަކާތު ފަންޑުގެ ތެރެއިން ހިންގާފައި ހުރި ކޮރަޕްޝަނާއި ފައިސާއަށް ޚިޔާނާތް ވުމުގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅީޔާ! މީހުން އަތުން އިތުރަށް ފައިސާ ނަގައިގެން އެފައިސާ ދެއްކި ކަމަށް ސްލިޕު ނުދިނުމާ ހައްޖު އުމުރާ ގުރުޕުތަކާއި ގުޅިގެންވެސް ހިންގާފައި ހުރި މަކަރު ހެދުމުގެ މައްސަލަތައް ބަލާބަލަ!!! (1)
ދަތްނެތްކުއްޖާ
26 March 2019
ހޮހޮހޯ މިހާރު ތިޔަ ސަކަރާތް ވަނީ. އިއްޒަތްތެރި ރަޢީސެވެ. މިކަން ހުއްޓުވާށެވެ. އެޖެންޓުން މެދުވެރިކޮއް ހައްޖަށް ފޮނުވަން މިގަން ސަކަރާތް ހުއްޓުވައި ސީދާ ދަޢުލަތުގެ ބެލުމުގެ ދަށުން މިކަން ކުރިއަށް ގެންގޮސް ދޭށެވެ. ނިކަމެތި ފަގީރު މީހާ ހައްޖަށް ދާން އުމުރު ދުވަހު އެއްކުރި ފައިސާ ކޮލު އެޖެންޓް މީހާ ކައިލުމަށްފަހު ނިކަމެތި މީހާ އަށް އެސޮރުމެން ދައްކާލާނީ ބަނޑެވެ. ނިކަމެތި މީހާ އިންސާފު ހޯދުމަށް އުމުރުގެ ބާކީ އޮތް ދުވަހު އެމަސައްކަތް ކުރަން ޖެހޭނެއެވެ
ހަކީމް
26 March 2019
އެޖެންޓުން ނަގަނީ ފަސޭހައިން ހިދުމަތް ދޭން ... ފައިސާ ކޯޕޮރޭޝަނަށް ސީދާ ދެއްކޭނެ ގޮތްތަށް ބައިވަރު އެބަހުރި ... އެޖެންޓުން މެދުވެރި ކުރުމަކީ އާކަމެއް ނޫން... މޮޔަ ނުވޭ ...
ތިމާވެށި
25 March 2019
އުމްރާ ގްރޫޕް ތަކާ ދެކޮޅައް ނިކުތީއެވެ. ފުރަތަމަ ތަނައް ވަތް ފައިސާ މަދުވި ގޮތް ބަލަން މިނިވަން އޮޑިޓެއް ކުރަން ވީއެވެ. ކުންފުނި އޮތީ ހާލުގައެވެ.
ބަދުރު
26 March 2019
ހަމަ ތެދެއް ތިއީ.. މި އެޖެންޓު ޕޮލިސީގެ ސަބަބުން ތަނުގަ ތިބި ކޮރަޕްޓް މެނޭޖަރުންނަށް އިތުރު ދޮރުތައް ހުޅުވެނީ. ބޮޑެތި ތުހުމަތުތަކުގަ ތިބި މީހުންގެ ކަންކަން ރަގަޅަށް ތަހުގީގުކޮށް ގެއްލުނު ފައިސާގަނޑު ހޯދާ ފުރަތަމަ. ބޭރުކުރަންޖެހޭ މީހުން ބޭރުކޮށް ސާފުކުރޭ. މިދައްކަނީ ރައްޔިތުން ހައްޖާއި އުމްރާއަށް ދާން އެއްކުރި ފައިސާކޮޅުގެ ވާހަކަ!
އިބްރާ
25 March 2019
ތިޔައުޅެނީ ކޯޕަރޭޝަންގެ ލާރިކޮޅު ކާއިލަން. ރައްޔިތުންނޭވެ ހޭއަރައިތިބޭށެވެ. ފޭރުމާއި، ތިޖޫރީ ގެއްލުން އިންތިހާއަށް އިތުރުވެއްޖެ.
ޢެޑްމުންޑޯ
25 March 2019
ފޯމްލިބޭނެތަންވެސް އޮންނަމަ ލިއެފައި
މަހޭޝް
25 March 2019
މޮޔަވެދާނެ. ހައްޖަށްދާނެ މީހުން ނުލިބިގެންތޯ ނުގެންދެވެނީ؟ ނުވަތަ ކޯޓާ ނުލިބިގެންތޯޯ ނުވަތަ ކޯޓާ ލިބޭލެއް ލަސްކަމުން ނުގެންދެވެނީތޯ؟ ތިއުޅެނީ ބަޔަކަށް ލާރިތަކެއް ދޭނެ ގޮތެއް ހޯދަންވެގެން.