ރެއިންބޯގެ ފިހާރައެއް: ކޮންމެ ރޯދަމަހާ ދިމާކޮށް ގިނަ ޕްރޮމޯޝަންތަކެއް ހިންގާ
26 މާޗް 2019 - 11:02
ބޮޑު އިނާމުތަކާ އެކު ރެއިންބޯ އިން ރޯދަމަހަށް އަމާޒުކޮށް ހާއްސަ ސޭލެއް ފަށައިފި އެވެ.
ރެއިންބޯ އިން ބުނީ ރަމަޟާން ސޭލް މިމަހުގެ 25 އިން ފެށިގެން މެއި މަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ. މި ހާއްސަ ޕްރޮމޯޝަން ރެއިންބޯ އެންޓަޕްރައިޒަސްގެ ރެއިންބޯ ލިވިން މޯލާއި ރެއިންބޯ ބިލްޑްވެއާ އާއި ރެއިންބޯ ޝޮޕާއި ރެއިންބޯ ތިނަދު އާއި ރެއިންބޯ އޮފީސް ސިސްޓަމް އާއި ރެއިންބޯ އޮންލައިން ސްޓޯރުގައި ވެސް ކުރިއަށްދާނެ އެވެ.
މި ޕްރޮމޯޝަންގެ ދަށުން ކުރާ ކޮންމެ 500ރ. ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. އަދި ތިން ނަސީބުވެރިން ހޮވައި އެއިން ކޮންމެ މީހަކަށް އުމުރާ ދަތުރެއް ލިބެ އެވެ. އަދި އެއިން ކޮންމެ މީހަކަށް އިތުރު މީހަކު ވެސް އުމުރާއަށް ގެންދެވޭނެ އެވެ.
ރަމަޟާން ސޭލްގެ ގުރުއަތު ނެގުން އޮންނާނީ ޖޫން 29 ގަ އެވެ.
ފުޅާ ދާއިރާއެއްގައި ފަރުނީޗަރާއި އިމާރާތްކުރުމާ ބެހޭ ސާމާނު ވިއްކަމުން އަންނަ ރެއިންބޯއިން ރަމަޟާން މަހާ ދިމާކޮށް ކޮންމެ އަހަރަކު ވެސް ހާއްސަ ޕްރޮމޯޝަންތައް ކުރިއަށްގެންދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy