މޯލްޑިވް ގޭހުން ވިއްކާ ފުޅިތަކުގެ މައުލޫމާތު ދެނީ. ލުއިފަސޭހަ ޕްރޮމޯ އިން 1000ރ. އަށް ލުއި ފުޅިއަށް ބަދަލުކޮށްލެވޭނެ--ފޮޓޯ:މޯލްޑިވް ގޭސް
26 މާޗް 2019 - 11:13
ކުރިއަށް ވުރެ ހެޔޮ އަގެއްގައި ދަގަނޑު ފުޅި ލުއި ފުޅިއަށް ބަދަލުކޮށްލުމުގެ ފުރުސަތާ އެކު މޯލްޑިވް ގޭހުގެ "ލުއިފަސޭހަ ޕްރޮމޯ" ފަށައިފި އެވެ.
މޯލްޑިވް ގޭހުން ބުނީ މި ޕްރޮމޯޝަންގައި ލުއި ފުޅިއެއް 1،000ރ އަށް ލިބޭނެ ކަމަށެވެ. އާންމުކޮށް 1،774ރ އަށް ލިބޭ ލުއި ފުޅީގެ އަގުން 774ރ، ލުއިފަސޭހަ ޕްރޮމޯގައި ކަނޑާލެވުމަކީ، މޯލްޑިވް ގޭހުން ބުނާ ގޮތުގައި، ކަސްޓަމަރުންނަށް ދެވޭ ވަރަަށް ބޮޑު ލުޔެކެވެ.
މި ޕްރޮމޯޝަންގެ ދަށުން ގޭސް ފުޅި ކަލެޓް ކުރުމާއި ޑެލިވަރީ ކުރުމުގެ ހިދުމަތް ހިލޭ ލިބޭނެ ކަމަށް ވެސް މޯލްޑިވް ގޭހުން ބުންޏެވެ.
މޯލްޑިވް ގޭހުން ލުއި ފުޅި ރާއްޖޭގެ ބާޒާރަށް ނެރެފައިވަނީ ސެޕްޓެމްބަރު، 2014 ގަ އެވެ. އެއަށް ފަހު ލުއި ފުޅި ވިއްކުމާއި ހޭލުންތެރިކުރަން ގިނަ ޕްރޮމޯޝަންތަކެއް ކުރިއަށްގެންދިޔަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުނޑު ހަސަނު
26 March 2019
ލުއިފުޅިންވެސް ކުދި ސައިޒް ތަޢާރަފްކޮށްފިނަމަ ބެކަޕްގެ ގޮތުގައި ގެންގުޅޭ ކުޑަ ދަގަނޑު ފުޅި ބަދަލުކޮށްލަން ބޭނުންވެއެވެ. ލުއިފުޅީގެ އެހެން ސައިޒެއް ދުނިޔޭގައި އަދި އުފައްދާފައި ނުވަނީ ބާވައެވެ.
ރޯމިއޯ
26 March 2019
އެސް ޓީ އޯ ގޭސް ވިއްކަން އަހަރުމެން ދޯ ފުޅިއަށް ފައިސާ ދައްކަން ވީ އަހަރުމެނަކަށް ތިއަ ފުޅި އުފުލާ ކަށް އުދަގުލެއް ނޫން ކަލޭމެނަށް ނުވަންޏާ ބުނޭ
ހައްޖަ
26 March 2019
ތި 1000ރ ދަގަނޑު ފުޅއަށްދެއްކިބައި ކެނޑޭނެބާ.... އަލަށްނެގިއަސް 1000ރ ފުޅިބަދަލުކުރިއަސް 10000ރ ތީތި އެހާއެހާއެއްނޫން