ވިކްސް
29 މާޗް 2019 - 08:05
ގިނަ މީހުން ވިކްސް ބާމް ބޭނުން ކުރާނީ ރޯގާ ޖެހުމުން ނުވަތަ ގައިގެ ތަނެއްގައި ރިހުން ފަދަ ކަންކަމުގަ އެވެ. އެކަމަކު މިއީ އެހެން ބައެއް ކަަންކަމަށް ވެސް ބޭނުންކޮށްލެވިދާނެ އެއްޗެކެވެ.
ރޭގަނޑު ނިދުމުގެ ކުރިން ފައިތިލައިގައި ވިކްސް ބާމް އުނގުޅައިގެން އިސްޓާނަކަށް އަރައިގެން ނިދާ ނަމަ، ފައިތިލައިން ފާހަގަ ކުރެވޭ ވަރުގެ ބަދަލެއް ފެންނަން ފަށާނެ އެވެ. މިއީ އަރާމުކޮށް ނިދައިލަން ވެސް ފަސޭހަކޮށް ދޭނެ ކަމެކެވެ.
ފުންނާބު ފަޅައިގެން ގޮސްފައި ތިބޭ މީހުން ވެސް އެކަމުން ސަލާމަތްވާން ވިކްސް ބާމަކީ ބޭނުން ކުރެވިދާނެ އެއްޗެކެވެ. ސީދާ ހަމައެކަނި ވިކްސް ބާމް އުނގުޅުމުގެ ބަދަލުގައި މިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނީ ސައިސަމުލެއްގެ ވިކްސް ބާމާއި ލުނބޯ ހުތް ތާފަނާ ފެންފޮދެއްގައި ގިރައިލުމަށް ފަހު ފައިތިލައިގައި އުނގުޅައިލުމުންނެވެ. އެއަށް ފަހު ސްޓާކީނަށް އަރައިގެން ނިދާނީ އެވެ.
ވިކްސް ބާމް: އެކި ކަންކަމަށް ބޭނުންކޮށްލެވޭނެ.
މިހެން ހެދުމުން ފައިތިލައިގެ ހަންގަނޑަށް އުޖާލާ ކަން އައިސް، ފައިތިލަ ނުބައި ވަސް ދުވުމުން ދުރުކޮށް ދޭނެ އެވެ.
ބޫޓަށް އަރައިގެން އުޅޭ އިރު ފައިތިލަ އިން އާންމުކޮށް ދާ ހިތްލައި، ވަސް ނުބައިވާ ނަމަ މި ފަރުވާއަކީ ވަރަށް ވެސް މުހިއްމު އެހީއަކަށް ވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަމީލުބެ
30 March 2019
އެ އުނގުޅައިގެން އާޔަތުލް ކުރުސީ ކިޔައިގެން ނިދާށެވެ. އަދި ފަތިސް ނަމާދަށް ތެދުވާށެވެ. އަރާމުކަން ހެނދުނު އިޙްސާސް ކުރެވޭނެއެވެ.