ރެއާލުގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ޒިދާން.-- ފޮޓޯ: އޭއެފްޕީ
29 މާޗް 2019 - 09:25
ލިޔޯން، ފްރާންސް (މާޗް 29) - އަންނަ ސީޒަނަށް ރެއާލް މެޑްރިޑް ވަރުގަދަ ކުރުމުގެ ގޮތުން އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާނަށް 500 މިލިއަން ޔޫރޯގެ ޓްރާންސްފާ ބަޖެޓެއް ދޭން ނިންމާފައިވާ ކަމަށް އެ ކްލަބްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
މީގެ ކުރިން ވެސް ރެެއާލް މަޝްހޫރުވެފައިވަނީ ބޮޑު އަގުގައި ތަރިން ގެންދާ ޓީމެއްގެ ގޮތުގަ އެވެ. ރެއާލުގެ ޓްރާންސްފާ ނަމުން ނަމަ އެއީ ގެލަކްޓިކޯސް އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރެއާލުގެ ރައީސް ޕެރޭޒް ވަނީ އޭނާގެ ގާތް މީޑިއާތަކަށް ރެއާލުގެ ޓްރާންސްފާގެ ބައެއް ކަންތައްތަކުގެ މައުލޫމާތު ދީފަ އެވެ. އެ ގޮތުން ފްރާންސާއި ބައެއް ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ވަރުގަދަ ތިން ކުޅުންތެރިޔަކަށް ރެއާލުން ކުރިއަށް އޮތް ޓްރާންސްފާ މާކެޓްގައި 500 މިލިއަން ޔޫރޯ ހަރަދުކުރަން ވަނީ ނިންމައިފަ އެވެ.
އެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އެ ތިން ކުޅުންތެރިންގެ ތެރެއިން ޔަގީން ދެ ކުޅުންތެރިންނަކީ ޗެލްސީގެ އެޑެން ހަޒާޑް އާއި ޕީއެސްޖީގެ ކިލިއަން އެމްބާޕޭ އެވެ. ދެން ހިމެނޭ ކުޅުންތެރިޔަކީ ލިވަޕޫލްގެ ސަޑިއޯ މާނޭ، މެންޗެސްޓާ ޔުނައިޓެޑްގެ ޕައުލް ޕޮގްބާ އާއި ޑޭވިޑް ޑެހެއާ ތެރެއިން ކުޅުންތެރިޔެކެވެ.
ރެއާލުން އެންމެ ބޮޑު އަގެއް ހުށަހަޅާނީ ފްރާންސްގެ އުއްމީދީ ތަރި އެމްބާޕޭ އަށެވެ. ޒިދާން ބޭނުންވި ނަމަވެސް 2017 ވަނަ އަހަރު އެމްބާޕޭ މޮނާކޯ ދޫކޮށް ބަދަލުވީ ޕީއެސްޖީ އަށެވެ. މިހާރު އެ ޓީމުގެ ކޮންޓްރެކްޓްގައި ހުރި އެމްބާޕޭ ހޯދަން ރެއާލުން 280 މިލިއަން ޔޫރޯ ހުށަހަޅާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެ އަގަށް އުމުރުން 20 އަހަރުގެ އެމްބާޕޭ ރެއާލަށް ބަދަލުވެއްޖެނަމަ އޭނާ ވެގެންދާނީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ އަށެވެ.
ރެއާލުން ގެންނަން މަސައްކަތްކުރާ އެމްބާޕޭ (ކ)، ޕޮގްބާ (މ) އަދި ހަޒާޑް.
މި ސީޒަނުގައި ހަޒާޑް ރެއާލާ ނުގުޅުނީ އޭރު އެ ޓީމުގެ ކޯޗަކަށް ޒިދާން ނެތުމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެހެން ނަމަވެސް އަލުން ރެއާލާ ޒިދާން ގުޅުމުން އަނެއްކާ ވެސް ހަޒާޑް މިހާރު ހުރީ ރެއާލަށް ބަދަލުވާން ބޭނުންވެފައި ކަމަށް ބެލްޖިއަމްގެ މީޑިއާ ތަކުން ރިޕޯޓްކުރެ އެވެ. އަންނަ ސީޒަނަށް ފަހު ހަޒާޑް ޗެލްސީއާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާއިރު، އެ ކޮންޓްރެކްޓް އާ ނުކޮށް އޮއްވައި އަންނަ ސީޒަން ފެށިއްޖެނަމަ ޗެލްސީ އަށް އޭނާ ވިއްކާލަން މަޖުބޫރުވާނެ އެވެ. އެހެން ނޫނީ ހަޒާޑަށް އެއްވެސް އަގަކާ ނުލައި ކްލަބް ބަދަލުކުރުމުގެ އިހުތިޔާރު ލިބޭނެ އެވެ.
ރިޕޯޓްތައް ބުނާގޮތުގައި ޗެލްސީން އެމެރިކާގެ ހުނަރުވެރި މިޑްފީލްޑަރު ކްރިސްޓިއަން ޕުލިސިޗް ގެންނަން ހުރިހާ ކަމެއް ނިންމީ ހަޒާޑް ދިގު މުއްދަތަކަށް އެ ކްލަބްގައި މަޑުނުކުރާނެ ކަމަށް ބެލުމަށް ފަހު އެވެ. އެކަމަކު ކުޅުންތެރިން ނުގެނެވޭ ގޮތަށް ފީފާ އިން ޗެލްސީ އަށް ދީފައިވާ އަދަބަށް ޗެލްސީ އަށް ލުޔެއް ނުލިބިއްޖެނަމަ އެ ޓީމުން ހަޒާޑް މަޑުކުރުވަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް އިނގިރޭސި ބައެއް މީޑިއާތަކުން ރިޕޯޓްކުރެ އެވެ.
ރެއާލުން ދެން އެންމެ ބޮޑަށް ބަލާނީ މާނޭ އާއި ޕޮގްބާ އަދި ޑެހެއާގެ ތެރެއިން އެއް ކުޅުންތެރިއަކު ގެންނާށެވެ. އެކަމަކު އޭގެ ތެރެއިން ވަކި ކުޅުންތެރިއަކަށް ސީދާ އަމާޒުހިފާނީ މި ސީޒަނަށް ފަހު ކަމަށްވެ އެވެ. އެއީ ރެއާލުން މި ސީޒަނަށް ފަހު ބައެއް ކުޅުންތެރިން ދޫކޮށްލާނެ އެވެ. އޭގެ ތެރޭގައި ހިމެނޭ މަޝްހޫރު ކުޅުންތެރިންނަކީ ލޫކަ މޮޑްރިޗާއި ގަރެތު ބޭލް އެވެ. ކުރިއަށް އޮތް ޓްރާންސްފާ މާކެޓްގައި ރެއާލުގެ އަނެއް އަމާޒަކީ ކުޅުންތެރިން ވިއްކައިގެން 200 މިލިއަން ޔޫރޯއާ ގާތްކުރާ އަދަދެއް ހޯދުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްް
30 March 2019
ރެއާލުން އަގުބޮޑުކޮށް ކުޅުންތެރިން ގަތަސް، ސްޕެއިނުގެ އެންމެ އަގުބޮޑު ސްކޮޑަކީ ބާރސެލޯނާ. ރެއާލް ސްކޮޑަށްވުރެ ބާރސާގެ ސްކޮޑް ވެލިއު ގާތްގަނޑަކަށް 2ގުނަ ބޮޑު.
ލާސާނީ
29 March 2019
ލިވަޕޫލުން ކުޅުންތެރިއަކު އުފުރަައެއް ނުލެވޭނެ.
ސަަނީ
30 March 2019
ކޫޓީނިއޯ؟ ސުއަރޭޒް؟ ޓޮރޭސް؟
alibe9018
29 March 2019
ރެފުރީންނާ ޔޫއެފާ ގަނެވޭނީ.ސާބަސް
އައްބެ
29 March 2019
ސަލާހު އާ މާނޭއާ އެއްކޮށް ގެންދެބަލަ އޭރުން ލިވަޕޫލް ސަޕޯޓަރުން އަނގަމައްޗައް ޖަހައިގެން ތިބެދާނެއެއްނު ދޯ...
ޙިމްސާ
29 March 2019
ލިވަރފޫލްގެ ސަލާހު ގަންނަންވާނެ.