ކުޅިވަރު / ފުޓްބޯޅަ

ދަނޑުތައް ފުރާލުން: ގޮންޖެހުން ބޮޑު ވައުދެއް!

2017 ވަނަ އަހަރު ރާއްޖެ-އޮމާން ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދިވެހިރާއްޖޭގެ ކުޅިވަރު ކަންތައްތަކަށް ވަންނަން ނުޖެހޭ މިންވަރަށް ނުރަނގަޅު ސިޔާސީ ނުފޫޒުވަދެ އޮތީ ގިނަ ކުޅިވަރުތަކެއް އޮޅުން ބޮޅުންވެފަ އެވެ. ގިނަ ބަޔަކު ކުޅިވަރު މަތިން ފޫހިވަން މެދުވެރިވި ސަބަބަކީ ވެސް މި އެވެ. އެ ފަދަ މާހައުލަކަށް މީހުން ފަރިތަވެ، ކުޅިވަރު މަތިން އެއްކޮށް ކަހަލަ ގޮތަކަށް ފޫހިވެފައި ތިއްބައި، މިއަދުގެ ސަރުކާރުން ވަނީ މިދިޔަ ރިޔާސީ އިންތިހާބު ދުވަސްވަރު ވައުދެއް ވެފަ އެވެ. "ކުޅިވަރު ދަނޑުތައް ފުރާލުން." އެވެ. މި ވައުދު ފުއްދަން ކުރަން ޖެހޭ މަސައްކަތް އިންތިހާ އަށް ގިނަ އެވެ.

"ރާއްޖޭގެ ކުޅިވަރު ދަނޑުތައް ފުރާލުމަކީ އަދުގެ ސަރުކާރުގެ ވަރަށް ބޮޑު ވައުދެއް. އިރާދަކުރެއްވިއްޔާ އެ މަސައްކަތުގައި އަޅުގަނޑުމެން މި ތިބީ. އެކަމަކު މި ކަން ކުރަން ކުރަން ޖެހެނީ މިވެނި ކަމެކޭ އެހެން ކަމެކޭ ބުނެވޭ ކަހަލަގެ ޖާދުލެއް އަދި ނެތް ފެންނާކަށެއް. އެއީ ހަގީގަތަކީ މީގެ އޮތީ މަސައްކަތްކުރުން،" އެކްޓިން ސްޕޯޓްސް މިނިސްޓަރު އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މެނޭޖަރު އަލީ ވަހީދު ދާދި ފަހުން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެެވެ.

ހަގީގަތަކީ ވެސް އެއީ އެވެ. މި ވަގުތަށް ބަލާއިރު ކުޅިވަރު ދަނޑުތައް ފުރާލުމުގެ ވައުދު ފުއްދުމަށް ކުރަން އޮތް މަސައްކަތަށް ބަލާއިރު، ނުހަނު ގިނަ އެވެ. އެކަމަކު މިކަން ހާސިލްކުރުމުގެ އަޒުމުގައި މިކަން ކުރުވުމަށް އެއް ބަޔަކު އަނެއް ބަޔަކުގެ ކިބައިން ހިތްވަރު ނެރެ މަސައްކަތްކޮށްފިއްޔާ ހާސިލްކުރެވޭނެ ކަމަށް ބުނާ މީހުން ވެސް މަދެއް ނޫނެވެ.

ރާއްޖޭގެ ގިނަ ބަޔަކު އެންމެ ޝައުގުވެރިވާ ފުޓްބޯޅައިގެ ހާލަތު މިއަދު އޮތީ ވަރަށް ދަށްކޮށެވެ. ގިނަ ބަޔަކު ދަނޑަށް މެޗެއް ބަލަން ވަންނަނީ ކުރަން އޮތް ހުރިހާ ކަމެއް ނިންމާލާފައި ދެން ވެސް ކަމެއް ނެތިއްޖެނަަމަ ފޫހިވެފައިވާ ފަދަ ހާލުގައި ކަމަށް ބުނުމަކީ ފެންނަ މަންޒަރުތަކާއި މީހުންގެ ހިޔާލަށް ބަލާއިރު ދޮގަކަށް ނުވާނެ އެވެ. އެންމެ ފަހުން ގައުމީ ޓީމު ކުޅުނު މެޗުތަކަށް މީހުން ވަން އަދަދާ މީގެ ކުރިން ފެނިގެންދިޔަ ކަންތައްތައް އެކަމަށް ހެކިދެ އެވެ.

ފުޓްބޯޅަ މަތިން ގިނަ ބަޔަކު ފޫހިވާން މެދުވެރިވި ގިނަ ސަބަބުތަކެއް އެބައޮތެވެ. އޭގެ ތެރެއިން އެއް ކަމަކީ ޒަމާންވީ މަޝްހޫރު ނަންތައް ކަމަށްވާ ނިއު ރޭޑިއަންޓް، ވެލެންސިއާ އަދި ވިކްޓަރީ އެކި ސަބަބުތަކާ ހުރެ ފަހަތަށް ދިއުމެވެ. ދުވަސް ދުވަސް ކޮޅުން އަރާ ފޯރި އަށް ފަހު ދެން އެ ކްލަބްތައް ވެއްޓޭ އަދަވަޅު ބޮޑުވެފައި ފުން ވުމުންނެވެ. ވިޔަފާރިވެރިއަކު އައިސް ޓީމު ކޮޅަށް ޖަހައި ގިނަ ފައިސާތަކެއް ހަރަދުކޮށް ގިނަ ވައުދުތަކެއްވެ، ޕްލޭންތަކެއް ހަދާއިރު، އެކަން ކަމުގެ ހަނީމޫން ނިމުމުން ބިކަވާ އުސޫލު އާދަވެ ސަގާފަތަކަށްވާން ގާތްވެފައި އޮތުމެވެ.

ފުރަތަމަ ޑިވިޝަނުގައި ގަދަ ކަނޑެއްގައި ފެތުމަށް ފަހު ވެލެންސިއާ މިދިޔަ އަހަރު ރެލިގޭޓްވެއްޖެ އެވެ. ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބް ނިއު ރޭޑިއަންޓް ސަސްޕެންޝަނެއްގައި މި ވަގުތު އޮތް ނަމަވެސް އެ ހާލަތަށް އެ ކްލަބް ވެއްޓެން މެދުވެރިވި ސަބަބަކީ އެ ޓީމު ނުހިންގި ބަގުރޫޓުވާ ހާލަތަށް ވެއްޓޭ ގޮތަށް އަމަލުކުރުމެވެ. މިދިޔަ އަހަރުތަކުގައި ރެލިގޭޝަނުގައި ވެސް ވާދަކުރި ވިކްޓަރީ އަލުން ކޮޅަށް ޖަހަން މަސައްކަތް ކުރަން މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެކަމަކު ހަގީގަތަކީ އެ ޓީމު ވެސް އޮތީ ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ އަށް ބަލާއިރު ދަރައިފަ އެވެ. ވަޅުގަނޑު އަރައިގަންނަން ތަފާތު ގޮތްގޮތަށް މަސައްކަތްކުރި ނަމަވެސް އަލިމަގެއް ފެންނާނެ ޔަގީން ދުވަހެއް ނޭނގެ އެވެ.

ވިކްޓްރީ ވައިސް ޗެއާމަން އަދި ކުރީގެ ކުޅުންތެރިޔާ މައުރޫފް އަހުމަދު (މާއްޓޭ) ދާދި ފަހުން ޕީއެސްއެމްގެ "ދިވެހި ފުޓްބޯޅަ" ޕްރޮގްރާމްގައި ގައި ދެއްކެވި ވާހަކަފުޅެއްގެ ތެރެއިން ވިދާޅުވީ ފުޓްބޯޅައިގައި ގެއްލިފައިވާ ފޯރި އަލުން ގެނެވޭނީ ކުރީގެ އޮތް މަޝްހޫރު ފުޓްބޯޅައިގެ ބްރޭންޑްތައް ނިއު އާއި ވިކްޓަރީ އަދި ވެލެންސިއާ ރަނގަޅަށް ހިނގައިގަނެ އަދި މިހާރު އޮތް އަރަމުން އަންނަ ޓީމުތައް ވެސް އެކުގައި މަސައްކަތްކޮށްގެންނެވެ.

"މީގެ އަޅުގަނޑުމެން ބޭނުންވަނީ ޕަބްލިކާއި ކުޅިވަރު ގުޅުވާލައިދޭ ކޮމްޕޯނެންޓެއް ހޯދަން. މިހާރު ހަމައެކަނި ޓީމެއް އެކުލަވާލާފައި މެޗުތަކެއް ކުޅެނީ. މީގެ އަޅުގަނޑުމެން ބަލަންވީ ޕަބްލިކަށް ހިދުމަތެއް ކޮށްދީގެން އަލުން އެ ފޯރިގެންނަން، މީގެ އެންމެ މުހިއްމު ކަމަކީ ޓީމުތަކުން ވީހާ ވެސް ބޮޑަށް ސީއެސްއާރް ކަންތައްތަކުގެ ތެރެއަށް ވަންނަންވީ،" މާއްޓޭ ވިދާޅުވި އެވެ.

"އެއީ އަޅުގަނޑުގެ ނަޒަރުގައި ކުރެވިދާނެ ރަނގަޅު އެއް ކަމެއް." ސްޕެއިނުގެ ޔޯހަން ކްރައިފް އިންސްޓިޓިއުޓުން ސްޕޯޓްސް މާކެޓިން އެންޑް ސްޕޮންސާޝިޕް އިން މާސްޓާސް އަދި ސްޕޯޓްސް ސްޕޮންސާޝިޕުން ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާއެއް ހާސިލްކޮށްފައިވާ މާއްޓޭ ވިދާޅުވި އެވެ.

ރާއްޖޭގައި ބޭއްވުނު އޭވީސީ ވޮލީބޯޅަ މުބާރާތުގައި ރާއްޖެ އާއި ތުރުކުމެނިސްތާން ކުޅުނު މެޗުގެ ތެރެއިން. -- ފޮޓޯ: މިހާރު

ކުރީ ޒަމާނުގައި ވިކްޓަރީ އާއި ނިއު އަދި ވެލެންސިއާ ފަދަ ޓީމުތައް ކުޅިވަރުގައި ނަން ހިނގައިގަނެ، ބޮޑެތި ބްރޭންޑްތަކަށްވީ ހަމައެކަނި އެއް ކުޅިވަރުގެ ތެރެއިން ނޫނެވެ. އެއީ އެ ކްލަބްތައް އެކި ކުޅިވަރުތަކުގައި ބައިވެރިވެ އެ ދަނޑުތަކުގައި ހޯދި ރީތި ނަންތަކުގެ ސަބަބުންނެވެ. އެކަމަކު މިއަދު އަރަމުން އަންނަ ގިނަ ކްލަބްތަކުން ތަފާތު ސަބަބުތަކާ ހެދި ނަމަވެސް އޮންނަނީ ވަކި ކުޅިވަރަކަށް ހާއްސަވެފަ އެވެ. އެކަން އެގޮތަށް ކުރަން މަޖުބޫރުވެފަ އެވެ.

"ކުރިން ވާ ގޮތަކީ މާ ބޮޑަށް ލާރީގެ ކަންތައްތައް ނުވަންނާތީ ފަސޭހަވަނީ ހުރިހާ ކްލަބެއްގެ ވެސް އަވަށު ރޫހެއްގައި ހުރިހާ ކުޅިވަރެއްގައި ވާދަކޮށްލަން. އޭރު އެންމެ ބޮޑު ކަމަކީ ޝަރަފަށް ކުރެވޭ ކަންތައް ކުރުން. އެކަމަކު މިހާރު ވަރަށް ބައިވަރު ހަރަދު ހިނގާ ކަންކަމަށް. ޒަމާން ތަރައްގީވުމުން ތަފާތު ކަންތައްތައް މީގެ ތެެރެއަށް ވަދެފި. އެކަމަކު ޔަގީނުން ވެސް އަދިވެސް ގިނަ ކުޅިވަރުތަކެއްގައި އެއް ކްލަބެއް ބައިވެރިވާން ފަށައިފިއްޔާ، ކޮންމެވެސް ވަރެއްގެ ހައްލެއް ފެނިދާނެ. ރަނގަޅު ފެށުމަކަށް ވެސް ވެދާނެ،" މަޝްހޫރު ކްލަބެއް ހިންގުމުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރި މީހަކު "މިހާރަ"ށް ބުންޏެވެ.

"ބޭނުންވަނީ ކުޅިވަރަށް އިހުލާސްތެރި މަސައްކަތްތަކެއް ކުރާނެ ބައެއް."

ފުޓްބޯޅަ ޕްރޮމޯޓްކުރަން މިދިޔަ އަހަރު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ މިދިޔަ ދެ އަހަރު ފުޓްބޯޅަ މާކެޓް ކުރަން މިލިއަނުން ބަޖެޓްކޮށްފަ އެވެ. އަދި ދާދި ފަހުން ފާސްކުރި ބަޖެޓުގައި 1.7 މިލިއަން ރުފިޔާ ވަނީ ފުޓްބޯޅަ މާކެޓް ކުރުމާއި އިޝްތިހާރުކުރުމަށް ހިމަނައިފަ އެވެ. ސުވާލަކީ މިދިޔަ ދެ އަހަރު އެ އަށް ވުރެން ބޮޑު ބަޖެޓެއް ކަނޑައަޅައިގެން ހާސިލްނުކުރެވުނު މިންވަރެއް އެ އަށް ވުރެން ކުޑަ ބަޖެޓަކުން ކުރާނީ ކިހިނެއްތޯ އެވެ.

އަނެއްކޮޅުން ޓިކެޓް ވިއްކައިގެން ލިބޭނެ ކަމަށް އެފްއޭއެމުން ކަނޑައަޅާފައި ހަތަރު ލައްކަ ރުފިޔާ އަކީ އެހެން އަހަރުތަކާ އަޅާކިޔާއިރު އަންދާޒާ ކޮށްފައިވާ ކުޑަ އަދަދެކެވެ. އެހެން ނަމަވެސް އެފްއޭއެމުން މި ފަހަރު ޓިކެޓް ވިއްކައިގެން އާމްދަނީ ހޯދާނީ ކްލަބްތަކާ ހަވާލުކޮށްގެން ކަމަށް ވަނީ ބުނެފަ އެވެ. އެކަމަކު މީގެ ކުރިން ސީޒަން ޓިކެޓް ކާޑެއް ތައާރަފްކޮށްގެން ވެސް އޮތީ ބޭނުންވި މަގުސަދު ހާސިލްނުވެ އެވެ. އެހެންވުމުން މީގެ ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކާ ހަމައަށް ދާން އޮތް މަގު ދިގުކަން ނުހަނު ސާފުކޮށް އެނގެ އެވެ.

ރާއްޖޭގެ ދެ ވަނަ ކުޅިވަރު ވޮލީބޯޅަ އަށް ބަލާއިރު އެންމެ ނަން ހިނގާ ދެ ކްލަބަކީ ދިވެހި ސިފައިންގެ ކްލަބާއި ޕޮލިސް ކްލަބް އެވެ. ދައުލަތުގެ ވަރުގަދަ ދެ މުއައްސަސާގެ ބެލުމުގެ ދަށުން ހިންގާ މި ދެ ކްލަބްގެ މެޗުތައް ބަލަން ގިނަ ސަޕޯޓަރުން ދެ އެވެ. އެއީ ވަޒީފާގެ މާހައުލާއި އެކުވެރިކަމާއި އެ ފަދަ އެހެނިހެން ކަންތައްތަކުގެ މައްޗަށް ބުރަވެފައި އޮންނަ ރޫހެއްގަ އެވެ. އެ ސަޕޯޓް ވެސް ގެންނަންވީ ދެމެހެއްޓެނިވި ކުޅިވަރު އަނެއް ހަރުފަތަކަށް ގެންދެވޭ އުސޫލެއްގެ ތެރެއިންނެވެ. ވަކި ޓީމުތަކުގެ ސަޕޯޓުން މިސާލުނަގައި އެ އެކަތިގަނޑަކަށް ވެގެން މުޅި ކުޅިވަރަށް ސަޕޯޓް އިތުރުކުރުމަކީ އޭގެ އަސްލު މަގުސަދެވެ.

އެކި ކުޅިވަރުތަކުގެ އިންޓަ ސްކޫލާއި މިނިވަން ޗެމްޕިއަންޝިޕް (އަތޮޅު ފުޓްބޯޅަ މުބާރާތް) ފަދަ މުބާރާތްތަކުގައި އަދިވެސް ވަރަށް ފޯރިގަދަ އެވެ. ސަބަބަކީ މިއީ ވަކި ދުވަސްވަރެއްގައި ފެސްޓިވަލެއްގެ އުސޫލުން ކުރިއަށްދާ މެޗުތަކެކެވެ. އަސްލު މާނައެއްގައި ކޮންމެ ކުޅިވަރެއްގައި ވެސް ފޯރި ދަމަހައްޓަން ކުރަން ޖެހޭ މަސައްކަތް ގިނަ އެވެ. ދަނޑުތައް ފުރާލުމުގެ ވައުދު ފުއްދުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ދައުލަތުން ގިނަ ކަންތައްތަކެއް ރޭވިފައި ހުރި ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު އާއި އެކްޓިން މިނިސްޓަރު އަލީ ވަހީދު ވެސް ވަނީ ވިދާޅުވެފަ އެވެ. އޭގެ ތެރެއިން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ކުރާނެ އެއް ކަމަކީ ކޮންމެ ކުޅިވަރަކަށް ހާއްސަ ތަނެއް ގާއިމްކުރުން ކަމަށް ކުޅިވަރާ ބެހޭ ވުޒާރާ އިން ބުުނެ އެވެ.

ކުޅިވަރު ސިޔާސީ ނުކުރުމަށް ބުނެ ތަކުރާރުކޮށް އެކި އެކި މުނާސަބަތުތަކުގައި އެކި ޕޯޑިއަމްތަކުގައި މީހުން ވާހަކަ ދެއްކި ނަމަވެސް ލޮލަށް ފެންނަ ހަގީގަތަކީ އެ ފަދަ ނުރަނގަޅު ސިޔާސީ ނުފޫޒުގެ އަސަރު ކުޅިވަރުގެ ތެރެއަށް ފޯރާ މަންޒަރެވެ. ކުޅިވަރު ކުރިއެރުވުމުގެ އެންމެ މުހިއްމު ބައި ގުޅިފައި އޮތީ ސަޕޯޓަރުންނާ ހަމައިންނެވެ. ދަނޑުތައް ފުރާލުމުގެ ވައުދު ފުއްދުމުގެ މުހިއްމު ހިއްސާދާރުންނަކީ ސަޕޯޓަރުންނެވެ. އެ ސަޕޯޓަރުންގެ އިތުބާރު އަލުން ކުޅިވަރަށް ހޯދައިދިނުމަކީ މި ވަގުތު ކުރަން އޮތް އެންމެ މުހިއްމު މަސައްކަތެވެ.

22 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 15%
icon sad icon sad 15%
icon angry icon angry 69%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީގ

31 March 2019

"އެކަމަކު މި ކަން ކުރަން ކުރަން ޖެހެނީ މިވެނި ކަމެކޭ އެހެން ކަމެކޭ ބުނެވޭ ކަހަލަގެ ޖާދުލެއް އަދި ނެތް ފެންނާކަށެއް." އަހަރެން ބުނެދީފާނަން ޖާދޫ. މިހާރު އެއޮތީ އަހަރެމެންގެ އެންމެ ބޮޑު ކުޅިވަރު ދަނޑުގެ އެއް ސިޑިބަރި ބަންދުކޮއްފަ، އަހަރަކައް ބަހާލައިގެން ހުރިހާ ސިޑިބަރިއެއް ބަންދުކޮއް ވިއްސަކައް ގޮނޑި ޖަހާލަނިކޮއް ތިކަންވެދާނެ.

The name is already taken The name is available. Register?

ކޮތަރު އިމުރާނު

31 March 2019

"އެކަމަކު މި ކަން ކުރަން ކުރަން ޖެހެނީ މިވެނި ކަމެކޭ އެހެން ކަމެކޭ ބުނެވޭ ކަހަލަގެ ޖާދުލެއް އަދި ނެތް ފެންނާކަށެއް." ތިކަން އެނގޭ ނުބުންޏަސް. އެ އެއްޗެއްގެ ފެންވަރުން އެއެއްޗަކަށް ވިސްނޭނީ.

The name is already taken The name is available. Register?

ހަސަންބެ.

31 March 2019

ރީދުލޭމެން ބުނާނެ ވައުދުވަނީ ރައިޔަތުން ކާރިޔަށް ގޮސް ދޮރުންދޮރަށް ހިގައި ހިސާބު ޖަހައި ކުރެވޭވަރު ވައުދޭ. ގަލޮޅު ދަޑުގެ ސިޑިބަރިތަޅާލާ އެއިރުން މަޖީދީމަގު ފުރިގެން ޓްރެފިކް ބާރު ބޮޑުވާ ގަޑީގައި ބުނެވޭނެ ދަނޑު ފުރާލާނަމޭ ބުނި ވައުދު ފުދިއްޖެއޭ. މިމީހުން ވެރިކަން ކުރަންފެށީމާ މި އެގެނީ މިކުރެވުނު ވައުދުމީ އަދި ފަސޭހައިން ފުއްދޭނެ އެއްޗެއް ނޫންކަން. ހަމަ އެޖެންޑާ 19 ވެސް އޮންނާނީ އެހާލުގައި.

The name is already taken The name is available. Register?

އިއްސޭ

30 March 2019

ދިވެހި ކުޅިވަރަކީ ނިއު، ވިކްޓްރީ އަދި ވެލެންސިއާގެ ތަރިކަމުދަލެއް ނޫން. އެއްދުވަސްވަރު ރަސްކަންކުރި ކްލަބްތަކެއްކަމުގައި ވިޔަސް، މިއަދު މާގިނަބައެއް އެމީހުންނާމެދު ޝައުގުވެރިއެއްނުވޭ. މީގެ ހެއްކަކީ، 2،3 ވަނަ ޑިވިޝަން މެޗުތަކާއި، އަތޮޅުތެރޭ ޓީމްތައް ކުޅޭ ފުޓްބޯޅަ މެޗުތަކަށް މީހުންވަންނަލެއް މާގިނަ. އެ 3 ކްލަބްތަކުގެ ކިބައިގަ ހުރި "އައިޑެންޓިޓީ" ވަނީ ގެއްލިފަ.

The name is already taken The name is available. Register?

ޢަހްމަދު

31 March 2019

ކަލޯ މޮޔަ ނުގޮވާ..ނިއުއަކީ ރާއްޖޭގެ ވަކި ސަރަހައްދަކަށް ނިސްބަތްވާ ޓީމަކަށް ވިޔަސް ރާއްޖޭގެ އެކިކަންކޮޅުތަކުގަ އެބައުޅޭ ނިއުގެ ސަޕޯޓާރސް..އެކަމް ތިބުނާ ޓީމްތަކަށް ސަޕޯޓްކުރަން ތިބޭނީ ތި ޓީމް ނިސްބަތްވާ ރަށުގެ މީހުން..މާލޭ ޓީމެއް ނަމަ ގޭދޮށު ކުދިން ކޮޅެއް ތިބޭނީ..މީ ހަގީގަތަކީ

The name is already taken The name is available. Register?

ހަގީގަތް

30 March 2019

ކުރިޔަށްއޮތް އެއް އަހަރު ތިކަމެއްނުވާނެ. ވަރިހަމަ މެސީ ރޮނާލްޑޯ ގެނެޔަސް. ނިއު ސަސްޕެންޝަނުގައި އޮތް ދުވަހަކު ތިކަމެއްނުވާނެ. ދެން ދަނޑަށް ނުވަންނާނެ 5 މީހުންވެސް.

The name is already taken The name is available. Register?

ާަެއާދަނު

30 March 2019

ކޮންމެ ޕާޓީ އަކަށް ކުލަބެއް ހަވާލުކޮއްބަލަ.. ޔަގީން ބުލެކްމާކެޓްގަ ވެސް ޓިކެޓް ނުލިބޭނެކަން...

The name is already taken The name is available. Register?

ނަޖުމުއްދީން

30 March 2019

މީ ސަޅި އައިޑިޔަރެއް.

The name is already taken The name is available. Register?

މޯޑް

30 March 2019

ނިއު ވިކުޓަރީ ނުލައި ލާހިކު ކުޅަދާނެއެއް ނޫން ފުޓްބޯޅައެއް ހެޔޮބަދަލެއް ގެންނާކަށް.

The name is already taken The name is available. Register?

ބަލަބަލަ

30 March 2019

މިހާރުވެސް ނިއު ކުޅެވޭނެގޮތް ހަދައިގެންނޫނީ ތިޔަކަމެއް ވާނެހެނެއް ހިޔެއްނުވޭ، މިހާރުވެސް ގިނައިން ދަނޑައް ވަންނަނީ ނިއުގެ ސަޕޯޓަރުންކަމަށްވެފައި އެމީހުން ސަޕޯޓްކުރާ ޓީމް އަށް އެޕައޭއެމް ނިއު އާއި ޖައްސާލައިގެން ދިން އަދަބުން އަހަރެމެން އެންމެން ވަނީ މުޅި ރާއްޖޭގެ ފުޓުބޯޅަމަތިން ފޫހިވެފައި އެވެ. ހުރިހާ ޓީމްތަކަށް

The name is already taken The name is available. Register?

ދޯޕައްޓާ

30 March 2019

"ދިވެހިރާއްޖޭގެ ކުޅިވަރު" ގައި އޮންނަނީ ނިއުރޭޑިއަންޓް ކްލަބާއި ވިކްޓަރީ ކްލަބު އެކަނިތަ؟

The name is already taken The name is available. Register?

ބަލަބަލަ

30 March 2019

ތިންވަނަ ޑިވޝަނުގެ ކުލަބްތައްވެސް އެބަހުރި އެކަމަކު އެއިން ޓީމެއްގައި އެވަރަށް ސަޕޯޓަރުން ތިބިތަ؟

The name is already taken The name is available. Register?

އިއްސޭ

30 March 2019

މިހާރުވެސް 3 ވަނަ ޑިވިޝަން މެޗުތައްބަލަން މާގިނަމީހުން ހެންވޭރު ދަނޑަށް، އަދި ޓާފް ދަނޑަށް ވަދޭ. ނިއު، ވިކްޓްރީ އަދި ވެލެންސިއާ ހިންގާމީހުން ހީކޮށްގެންތިބީ، އެމީހުން ތާއަބަދަށް ރަސްކަންކުރެވޭނެކަމަށް. ހަގީގަތަކީ މިއަދު ކުރިއަރަމުންދާ ކުދި ކްލަބްތައް ހިންގާގޮތް ޒަމާނީވެފަ، މާރަނގަޅު. ތިމަންނާމެންމިއީ ދިވެހި ކުޅިވަރުގެ ރަސްކަލުންނޭ، ސަޕޯޓަރުން އެންމެ ގިނަ މީހުންނޭ ކިޔައިގެން ތިއްބަކަސް ތިކަމެއް ނުވާނެ.

The name is already taken The name is available. Register?

އާރީ

30 March 2019

ބަންސާމް އެފްއޭއެމްގަ ރައީސްކަމުގަ ބަހަށްޓާގެން ފުރޭނީ އޭނަގެ ޖީބު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454