ޕޮލިސް ސެޓްފިކެޓް ޕޯޓަލް ތައާރަފްކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ފުލުހުން.-- ފޮޓޯ: ޕޮލިސް
02 އެޕްރީލް 2019 - 18:09
އޮންލައިންކޮށް ޕޮލިސް ރިކޯޑަށް އެދޭ "ޕޮލިސް ސެޓްފިކެޓް ޕޯޓަލް" މިއަދު ތައާރަފުކޮށްފި އެވެ.
އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތެއް ގައި އެ ޕޯޓަލް އިފުތިތާހު ކޮށްދެއްވީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދެވެ.
އެ ރަސްމިއްޔާތުގައި، ހަމީދު ވިދާޅުވީ ޕޮލިސް ރިކޯޑު ހޯދަން ގިނަ ބަޔަކު އެދޭއިރު، މެނުއަލް ޕްރޮސެސް ދޫކޮށްލައި، އިލެކްޓްރޯނިކް ހިދުމަތެއް ތައާރަފު ކުރުމަކީ ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، އޭގެ ނަތީޖާ އަކީ ޕޮލިސް ރިކޯޑު ހޯދަން ހޭދަކުރާ ވަގުތުތަކާއި އުނދަގޫތަކަށް ވަރަށް ބޮޑު ފަސޭހައެއް އަދި ހެޔޮބަދަލެއް އަައުމެވެ.
ޕޮލިސް ރިކޯޑުގެ ޕޯޓަލް ތައާރަފު ކުރުމަކީ ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައަޅާފައިވާ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ބިއުރޯ އޮފް ކްރައިމް ރެކޯޑްސްގެ ހެޑް، ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް އަލީ ޝަރީފް ވިދާޅުވީ ޕޮލިސް ރިކޯޑު ޕޯޓަލް ބޭނުންކުރަން ފެށުމާ ގުޅިގެން، ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި އުޅޭ މީހުންނަށް ޒަމާނީ ހިދުމަތެއް ފޯރުކޮށްދެވޭނެ ކަމަށެވެ.
ޕޮލިސް ރިކޯޑުގައި އަލަށް ތައާރަފް ކުރި ބަދަލުތަކުގެ ތެރޭގައި ސެކިއުރިޓީ ފީޗާއެއްގެ ގޮތުގައި ކިއުއާރު ކޯޑެއް ހިމަނައި، މި ކޯޑް ބޭނުންކޮށްގެން ސެޓްފިކެޓްގެ ސައްހަކަން ވަގުތުން ދެނެގަނެވޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫސް ބަލާމީހާ
03 April 2019
ކީއްކުރަން ކުރާކަމެއް. 3 ދުވަސް ވެއްޖެ ޅ. އތޅ ޕޮލިހަށް ވައްކަމެއްގެ މައްސަލަ ހުށަހަޅައިގެން ތުހުމަތުކުރެވޭމީހާއާ ސުވާލުކޮށް ޗެކްކޮށްދޭށޭ ބުނެ މައްސަލަ ހުށަހަޅައިގެން ބަޔަކު އުޅެނީ. ތުހިމަތުކުރިމީހުން ގެއްލުނު ތަކެތި ހަލާކުކުރިފަހުން އެތި ފެނުނީ ހަމަ އމީހުން އަތުން. އަދިވެސް ފުލުހުން އެތިބީ ޑިއުޓީގައި.
1828
03 April 2019
ތިޔަ ރިޕޯޓް ހޯދަން އެންމެ ބޮޑު ތަކުލީފެއް އުފުއްލަން ޖެހެނީ އެރަށެއްގައި ޕޮލިސް ސްޓެޝަނެއް ނެތް ރަށްރަށުގެ ރައްޔިތުން. މިއީ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ލުއި ފަސޭހައެއްް. ޝުކުރިއްޔާ މޯލްޑިވިސް ޕޮލިސް ސަރވިސް. އަހަރެމެން އާއްމު ރައްޔިތުންނަކީ ފުލުހުން ކުރާ ނުރަނގަޅު ކަންކަން ފާހަގަކުރާ ފަދައިން އެމީހުން ކުރާ ރަނގަޅުކަންކަން ފާހަގަކޮށް އެކަމަށް އެއްބާރުލުންދީ، ތަރުހީބު ދޭބަޔަކަށް ވާން އެބަޖެހޭ.
އަލި
02 April 2019
ރަނގަޅު...ކުރިޔަށް ދިވެހި ފުލުހުނއ. އެކަމަކު ތިޔަކަހަލަ ބޮޑަތި ޖަލްސާ ބާއްވާނެކަމެއްނެއް ގިނަގިނައިން، ސްކޭލުން އެ ކުރި ކަމަކާ، ބާއްވާ ޖަލްސާ ދިމާވާން ވާނެ.... މިއީ ސިޔާސީ ތަނެއް ނޫން(ސިއާސީ މީހުން މިތާ ތިއްބަސް)
ހަސަނުބެ
02 April 2019
ތިހުންނަނީ ގައުމީ މާބޮޑަތި ކާމިއާބީއެއް ނޫން، ޔުނިޓް ލެވެލްގެ ކަންކަން....މީގެ މާކުރިންވެސް ކުރެވިފަ ހުންނަން ޖެހޭ ވަރަށް ކުދިކުދި ކަންކަން. ޕޮލިހުންނަށް އިތުބާރު ލިބި ތަން ރަނގަޅު ކުރެވޭނެ އެއްވެސް ކަމެއް އަދި ފެށިގެން ކުރިޔަށް ދާތަނެއް ނުފެނެ.
ސިމާ
02 April 2019
ރަނގަޅު ކުރަން ހުންނަ ކުދިކުދި ކަންތަށް ހައްލުވެގެން ބޮޑެތި ކަންތަށް ރިނގަޅު ކުރެވޭނީ. މިކަމަށް މަރުހަބާ ކިޔަން!
އަތްޖަހާބު
02 April 2019
ދެން އަތްޖަހާ! ހެވެއްނު މުޅި މާލޭގަ މާރާމާރި އަދި ޓްރެފިކް ވައިލޭޝަން. ފުލުހުން މެޑަލް އަރުވައިގެން ކަޅު ކާރުގައި އާއިލާ ތަންނަށް ދަރުކުރަނީ! ގިނަ ފުލުހުންނަކީ ސިޔާސީ މީހުންނަށް އަދި ކުށްވެރިނަނަށް ވިކިފައި ނޫނީ ބިރު ތިބޭ އަދި ކަންނެތަ ނޫނީ ކަރަޕްޓު ބައެއް!