ލިޓަސް ފިހާރަ--ފޮޓޯ:މިހާރު
03 އެޕްރީލް 2019 - 14:58
ލައިސެންސް ނަގަން ހިތްވަރު ދިނުމުގެ ގޮތުން ހާއްސަ ޕްރޮމޯޝަނެއް ލިޓަސް އިން ފަށައިފި އެވެ.
ލިޓަސް އިން ބުނީ މި ޕްރޮމޯޝަންގައި، ލައިސެންސް އޮވެ ސައިކަލް ގަންނަ ފަރާތްތަކަށް 3،000ރ. ގެ ޑިސްކައުންޓެއް ލިބޭނެ އެވެ. އަދި ލައިސެންސް ނުނަގާ ސައިކަލެއް ގަންނަ ނަމަ، ލައިސެންސް ނަގަން ލިޓަސްގެ ހަރަދުގައި ހުރިހާ ކަމެއް ކޮށްދޭނެ އެވެ.
މިދިޔަ މަހުގެ 28 ގައި ފެށި މި ޕްރޮމޯޝަން އޮންނާނީ މި މަހުގެ 25 ގެ ނިޔަލަށެވެ. މިދިޔަ ފެބްރުއަރީ މަހު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވި ގޮތުގައި މާލޭގެ މަގުތަކުގައި ވެހިކަލްތައް ދުއްވާ މީހުންގެ ތެރެއިން ވަރަށް ގިނަ ބަޔަކީ އަދިވެސް ލައިސެންސް ނުނަގާ މީހުންނެވެ.
ލިޓަސް އިން ބުނީ ރައްކާތެރި މަގުތަކަކަށް ހެދުމަށްޓަކައި ގާނޫނާއި ގަވައިދަށް ބޯލަބާ ބަޔަކަށް ހުރިހާ ފަރުދުން ވާންޖެހޭ ކަމަށެވެ.
ލިޓަސްގެ މާކެޓިން މެނޭޖަރު އާސިފު ރަޝީދު ވިދާޅުވި ގޮތުގައި، ލައިސެންސް ނެގުމަށް ހިތްވަރު ދީ ޓްރެފިކް ގަވައިދުތަކަށް އާންމުން ހޭލުންތެރިކުރުމަކީ ކުރަންޖެހޭ ކަމެކެވެ.
މޮޓޯސައިކަލް ވިއްކުމުގެ އިތުރުން ސާވިސްކުރާ ކުންފުންޏެއްގެ ގޮތުގައި މަސައްކަތްކުރާއިރު ސައިކަލު ގަންނަ ފަރާތްތަކުން ގަވައިދުތަކަށް ފުރިހަމައަށް އަމަލުކުރޭތޯ ބެލުމަކީ އެކުންފުނީގެ ވެސް ޒިންމާއެއްގެ ގޮތުގައި ދެކޭ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިޔާމަ
03 April 2019
މާލޭގެ ޓްރެފިކް ކޮންޓްރޯލް ކުރަން ހިތްވަރު ލިބޭނެ ކަމެއް ނެތް ތަ