މަޖިލިސް އިންތިޚާބުގެ ކެމްޕެއިން ނިންމުމަށް މިރޭ އެމްޑީޕީން ބޭއްވި ޖަލްސާ: ފޮޓޯ: ހުސައިން ވަހީދު/މިހާރު
05 އެޕްރީލް 2019 - 00:21
ރައްޔިތުން މަޖިލީހުގެ މެމްބަރުން ވައްކަން ކުރަން ފެށުމުން ރާއްޖޭގެ މިނިވަންކަން ނުހިފެހެއްޓޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ކުރި ކެމްޕޭން ނިންމާލުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުންނާ އެކު ލޮނުޒިޔާރަތްކޮޅުގައި ބޭއްވި ކެމްޕޭން ނިންމުމުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ރާއްޖޭގެ އެންމެ "މަތީ ގެއަކީ" މަޖިލިސް ކަމަށެވެ. "ފައިސާ ގޯނިގޯނީ"ގެ ވާހަކައާ އެކު މަޖިލިސް މެމްބަރުން ފާޅުގައި ވައްކަން ކުރުމުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލު ގެއްލިފައިވާ ކަމަށް ވިދާޅުވި އެވެ.
"އެ ގޭގެ މެމްބަރުން ފާޅާއި ސިއްރުގައި ކަނޑައެޅިގެން ވައްކަން ކުރަމުން ގެންދިޔައީމާ ދެން ދިވެހިރާއްޖޭގެ އިސްތިގުލާލެއް ދިވެހި ރާއްޖޭގެ މިނިވަން ކަމެއް އަޅުގަނޑުމެންނަކަށް ނުހިފެހެއްޓޭނެ،" ފޯރީގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވި އެވެ.
މަޖިލިސް އިންތިޚާބުގެ ކެމްޕެއިން ނިންމުމަށް މިރޭ އެމްޑީޕީން ބޭއްވި ޖަލްސާ: ފޮޓޯ: ހުސައިން ވަހީދު/މިހާރު
އެމަނިކުފާނު ވިދާޅުވި ގޮތުގައި މެމްބަރުންނަކީ ނަޒާހާތްތެރި އަދި މާލީ ބަޔާން ހާމަ ކުރާނެ މެމްބަރުންނަށް ވާން ޖެހޭނެ އެވެ. އެމްޑީޕީގެ މެމްބަރުންނަކީ އެފަދަ ނަޒާހަތްތެރި މެމްބަރުންނަށް ވެގެންދާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެޖެންޑާ 19 އަކީ ދިވެހި ރައްޔިތުންގެ ހާލަތު މުޅިން ރަނގަޅު ކޮށްދޭނެ ގާނޫނީ އޮނިގަނޑެއް ކަމަށެވެ. އަދި އެއީ މެދު އާމްދަނީގެ ގައުމަކުން، ތަރައްގީވެފައިވާ ގައުމަކަށް ރާއްޖެ ގެންގޮސްދޭނެ އެޖެންޑާ ކަމަށް ވިދާޅުވި އެވެ. އަދި އެއީ، ބޯހިޔާވަހިކަމާއި ވަޒީފާގެ ފުރުސަތުތައް ފަދަ ހައްލުތައް ހިމެނޭ އެޖެންޑާއެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މަޖިލީހުގެ އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ މިނިވަން މުއައްސަސާތަކުން ސަރުކާރަށް އޮންނަ އިތުބާރު ގެއްލިގެން ދިއުމާއި ޝަރީއަތްތަކުގައި ސިޔާސީ ކުލަ ޖެހުން ފަދަ އެތައް ކަމެއް ހިނގާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ރިޝްވަތާ އެކު ރާއްޖޭގެ ވެރިކަން ބަޣާވާތަކުން ބަދަލުކުރާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދުގެ ވާހަކަފުޅުގައި މިރޭ ވެސް ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ފާޑުވިދާޅުވެފަ އެވެ. އިންކަމް ޓެކްސް ނެގުމަށް އެމަނިކުފާންގެ ސަރުކާރުގައި މަޖިލީހަށް ހުށަހެޅުއްވި އިރު މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް އިންނެވީ މިހާރު މަޖިލީހުގެ ރައީސް ގާސިމް ކަމަށާއި މަޖިލިސް ނިމިގެން ދިޔައީ އެ ބިލް ފާސްނުކޮށް ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ރައްޔިތުންނަކަށް މިދެންނެވި އާމްދަނީން ފައިދާއެއް ނުލިބުނު. އަޅުގަނޑުމެން ތިބޭފުޅުންނަށް މިހުށަހަޅަނީ ޖުމްލަ ހައްލެއް. ތިބޭފުޅުންގެ ހާލަތު ރަނގަޅު ވެގެންދާނެ ގޮތެއް،" ނަޝީދު ވިދާޅުވި އެވެ.
މިރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަ ދައްކަވަނީ: ފޮޓޯ: ހުސައިން ވަހީދު/މިހާރު
ރައީސް އަބްދުﷲ ޔާމީނަށް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވީ އެ ވެރިކަން ފެއްޓެވީ ތެޔޮ ހޯދާނެ ކަމުގެ ވައުދާ އެކުގައި ނަމަވެސް ވެރިކަން ނިންމާލެއްވީ ތެލުގެ ވައްކަމުން ކަމަށެވެ. ނަޝީދު އެ ތުހުމަތު ކުރައްވަނީ އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކާއި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ތެޔޮ ޓޭންކަރަކުން ކަނޑުމަތީގައި ވަގަށް ތެޔޮ ވިއްކި ކަމަށް ކުރެވޭ މައްސަލައިގައި ޔާމީންގެ އަތެއް އޮތް ކަމަށެވެ.
މޮޅު އިކޮނޮމިސްޓެއް ކަމަށް ވިދާޅުވެ ސްޕެޝަލް އިކޮނޮމިކް ޒޯނެއް ޔާމީންގެ ސަރުކާރުން އުފެއްދެވި އިރު ރައްޔިތުންނަށްވި އެއްވެސް ފައިދާއެއް ނެތް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. ކުރީ ސަރުކާރުން ޗައިނާއާ އެކު ހެދި ފްރީ ޓްރޭޑް އެގްރިމެންޓް ތަންފީޒުވި ނަމަ ރާއްޖޭގެ ވިޔަފާރިތައް ބަނގުރޫޓުވެގެން ދާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ އަހުމަދު
06 April 2019
"މަޖިލީހުގެ މެމްބަރުން ވައްކަން ކުރާ ނަމަ މިނިވަންކަމެއް ނޯންނާނެ"، ހަމަ އެ ބީދައިން "އަންނި ވަހަކަ ދައްކަން ފަށައިފިނަމަ ހަރާމެއް ހަލާލެއް ނޯންނާނެ" ކޮންމެފަދަ ވަހަކައެއްވެސް ދައްކަފާނެ.
ނޫސް ބަލާމީހާ
06 April 2019
ފާޑުފާޑުގެ ވިޕްލައިން ނެރެގެން އަމިއަލަ އެދުމާ އެއްގޮތަށް މެމްބަރުންނަށް މަޖުބޫރުކުރުވައިގެން ޤާނޫނުތަށް ހެދުމަކީ މެމްބަރުން ވައްކަން ކުރުމަށްވުރެ ކުޑަކަމެއްތަ؟ ޕާޓީ ބޮޑުން މެމްބަރުންލައްވާ ދައުލަތާ ރައްޔިތުން ފޭރެން ؟
އަނގަ
05 April 2019
ވަގަށް ގޮވުން މީ ކަމަކީ.އެކަމަކު ވައްކަން ކޮއްގެން މަޖިލިސް ގޮނޑި ގެއްލުނީ ކާކުގެބާ!.
ހިގޮ
05 April 2019
ވެރިކަން އޮތީ ހަވާލު ކޮއްފަ ރއްޔަތުން ދެން އަބަދު ވަގަެްއް ނޮގޮވާ/އިގޭ އެއްޗަކީ މީ ފޮއްޓައް އަތްބާނާގެން ވައްކަން ކުރާ ޒަމާބެއްނޫން ކަން ނުވެސްކުރޭވޭނެ ވައްކަން ކުރަނީ ވުޒާރާތަކުގެވެރިންގެ ގޯސްކަމުން އެމީހުން ބަދަލްކުރޭ ދައުލަތް ހިންގާނީ ރައީސް އެހެން ވީމާ ވާންޖެހޭނެ
ބަނާނާ ރައީސް
05 April 2019
ރައްޔިތުން ވިސްނާ މިވޯޓަކީ ދިވެހިން ގައުމުގެ މިނިވަންކަމާމެދު ނިންމާވޯޓެ މިއީ އިސްލާމްދީނު މިގައުމުގަ ދެމިއޮތުމާ ނުއޮތުމުގެ ވޯޓެ. މިއީ މިގައުމުގަ ކުރިމަގުގަ ރައްޔިތުންގެގޮތުގަ ތިބޭނީ ހަމައެކަނި ދިވެހިންތޯ ނޫންތޯ ނެގޭވޯޓެ މިވޯޓަށްފަހު ދިވެހިންގެ މުސްތަގުބަލުގެ ޖީލުދެމިއޮންނާނެގޮތް ނިންމާނެ ވޯޓެ ވަގުތީ މަންފާއަކަށް ދާއިމީ ގެއްލުމެ ލިބިގަތުމަށް ދިވެހިން ފައިސާއާ ނުފޫޒަށް ބޯނުލަބާ ﷲއާ ދިވެހި ގައުމައްޓަކާ ރަގަޅަށް ވިސްނާފަ ވޯޓުދޭން އާދޭސްކުރަން.
އައްބޭބެ
05 April 2019
ކޮރަޕްޓް މީހުން އަދި ވައްކަންކުރޭނެކަން ޔަގީންވާ މީހުން ވަޒީރުންގެ ގޮތުގައި އައްޔަންކުރަން ލޮބީކޮށް މެންބަރުންނަށް ނުފޫޒުފޯރުވާ މީހުންނަކީ އަދި މާނުރައްކާތެރިބައެއް. މިފަދަ މީހުންގެ ސަބަބުން ދައުލަތުގެ މާލިއްޔާ ގޯނިގޯންޏަށް އަޅައިގެން ބެހުމުގެ ފުރުޞަތު މަޖިލީހުގެ މެންބަރުންނަށް ލިބުނީ. މިފަދަ މީހުންގެ ސަބަބުން ދައުލަތުގެ ހުންގާނުގައި ހުންނަ މީހާއަށް ވައްކަންކުރުމުގެ ފުރުޞަތު ފަހިވަނީ. މިފަދަމީހުންގެ ސަބަބުން މިނިވަންކަން ގެއްލެނީ.
މާދުރު ތަރި
05 April 2019
ވައްކަން ޑިމޮކްރެޓިކް ނިޒާމަށް ދިވެހިރާއްޖެ ހިންގަން ފެށުނީމަ ތައާރަޕް ކުރީ ނަޝީދު! ވަކަން މެކުހަށް ޖެހީ ސީދާ ނަޝީދުގެ ބެލުމުގެ ދަށުން! އިތުބާރެއް ގަދަރެއް ނަޝީދަކަށް ނެތް. ނަޝީދު ބޭނުންވަނީ ރައްޔިތުންގެ ލޯތްބައްވުރެ ވިލާތުގެ ރުހުމާއި ނޯބަލް އިނާމް އަދި މައްޝޫރުކަން. ދެއްކުންތެރި މީހެއް! ފިތުނަވެރި މީހެއް! ރައްޔިތުންނަށް މިއަދު އެވެސް އުންމީދެއް ނެތް!
ހަބީބާ
05 April 2019
ވަރަށް ރަނގަޅު ބަސް ކޮޅެއް! އެކަމަކު މަނިކުފާނުގެ ދައުރުގައި މެމްބަރުން ގަތުމުގެ މާސްޓަރ މައިންޑަކީ މަނިކުފާނު. އަލީވަހީދާއި އަލްހާން ފަހުމީ އަކީ މަނިކުފާނުގެ މަސައްކަތްޕުޅުގެ ފަނޑުވުމެއް ނެތް ހެކި. ޕާލަމެންޓުން ވޯޓު ގަތުމުގެ މޭސްތިރިއަކީ މަނިކުފާނު. ރާއްޖޭގެ އެންމެ ކޮރަޕްޓް މީހާ ކަމަށް ބުނާ މީހާ (އަދީބު) މިގައުމުގެ އިސް މަގާމަކަށް ގެނެސް މިގައުމުގައު ހިންގި އެންމެ ބޮޑު ކޮރަޕްޝަނަށް މަގުފަހި ކޮށްދިނީ ރައީސް ނަޝީދު.
އަހުމަދް
05 April 2019
ކާކުތޯ ބުނީ އަދީބުއަކީ އަހަރަމެން އެޅުއްވި ފަންޔަކޭ، ވައްކަން ކޮށްދޭން މަގުފަހި ކޮށްދިނީމޭ؟
މިހާރުގެ ފިޝަރީޒް މިނިސްޓަރު
05 April 2019
ޝުކުރިއްޔާ ރައީސް
މުޙައްމަދުފުޅު
05 April 2019
އަދިކޮބާ، އެވެސް ޕާޓީގެ ތްރީލައިން ވިޕާއި ޚިލާފަށް، ވޯޓުލުމަށް މެންބަރަކަށް ނަސޭހަތްދީގެން.. އެހެންކަމުން، މިފަހަރުގެ މަޖްލިސް ނަޒާހަތްތެރިވާނެވަރު އިންގެއެވެ.