އަލޯރާ އޮފީސް: ގިނައިން ވިޔަފާރިކުރާ މީހުންނަށް ބޮޑެތި ޑިސްކައުންޓްތަކެއް އެތަނުން ތައާރަފްކުރަނީ
11 އެޕްރީލް 2019 - 12:51
އަލޯރާ އޮފީސް ފާނިޗާ އިން ޑިސްކައުންޓް ސްކީމެއް ތައާރަފްކޮށްފި އެވެ.
މިއީ އެ ކުންފުނިން ގިނައިން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ތައާރަފްކުރި އާ ހިދުމަތެކެވެ. މި ސްކީމުގެ ދަށުން ޕާޗަސް އޯޑާ ޕޭމަންޓު ބޭނުންކޮށްގެން ވިޔަފާރިކުރާ ފަރާތްތަކަށް ވެސް ޑިސްކައުންޓު ލިބޭނެ އެވެ.
މި ސްކީމުން އެންމެ ބޮޑެތި ޑިސްކައުންޓުތައް ލިބޭނީ ގިނަ އަދަދެއްގެ މުދާ އެއްފަހަރާ ގަތުމުން ކަމަށް އެ ކުންފުނިން ބުންޏެވެ. މުދާ ގަންނައިރު ވަކިވަކިން ގަތުމުގެ ބަދަލުގައި ގިނަ އެއްޗިއްސަށް އެއްފަހަރާ ގަތުމުން ލިބޭ ޑިސްކައުންޓު ބޮޑުވާނެ ކަމަށް އަލޯރާ އިން ބުންޏެވެ.
- ކޮންމެ 20،000ރ. ގެ ވިޔަފާރިއަކާ އެކު 1،000ރ. (ފަސް ޕަސެންޓް) ގެ ޑިސްކައުންޓް
- ކޮންމެ 50،000ރ. ގެ ވިޔަފާރިއަކާ އެކު 4،000ރ. (އަށް ޕަސެންޓް) ގެ ޑިސްކައުންޓް
-ކޮންމެ 100،000ރ. ގެ ވިޔަފާރިއަކާ އެކު 10،000ރ. (10 ޕަސެންޓް) ގެ ޑިސްކައުންޓް
- ކޮންމެ 200،000ރ. ގެ ވިޔަފާރިއަކާ އެކު 30،000ރ. (15 ޕަސެންޓް) ގެ ޑިސްކައުންޓް
- ކޮންމެ 500،000ރ. ގެ ވިޔަފާރިއަކާ އެކު 100،000ރ. (20 ޕަސެންޓް) ޑިސްކައުންޓް
އަލޯރާ އޮފީސް ފާނިޗާ އިން ބުނި ގޮތުގައި، އެ ތަނުން ވިއްކާ ތަކެއްޗަކީ ގިނަ ދުވަހު ގެންގުޅެވޭ އަދި ފެންވަރު ރަނގަޅު މުދަލެވެ. ރާއްޖޭގެ އެންމެ ބޮޑެތި ކުންފުނިތަކާއި ވިޔަފާރިތަކުން އަލޯރާއަށް އިތުބާރުކުރާ ކަމަށް އެތަނުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy