ނިއު ޕޯޓްގެ ކުރީގެ އެމްޑީ ޒާހިދު ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒާ އެކު: ނިއު ޕޯޓާ ދެކޮޅަށް ބަޔަކު މަސައްކަތް ކުރަނީ އޭނާއާ މެދު ޒާތީވެގެން ކަމަށް ޒާހިދު ވިދާޅުވި
13 އެޕްރީލް 2019 - 13:48
ނިއު ޕޯޓް ކުންފުންޏާ ދެކޮޅަށް ބަޔަކު މަސައްކަތް ކުރަމުންދަނީ އޭނާގެ ސިޔާސީ ފުކުރު ހުރި ގޮތުން ބަޔަކު އޭނާއާ ޒާތީވެގެން ކަމަށް، އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒާހިދު ރަމީޒު މިއަދު ވިދާޅުވެއްޖެ އެވެ.
ނިއު ޕޯޓުން ލޮނު ޒިޔާރަތްކޮޅުގައި ހިންގަމުން އަންނަ ނިއު ޕޯޓް ވިއު ރެސްޓޯރެންޓް ހުސްކުރަން މި ސަރުކާރުން އެންގުމުން ވެސް އެކަން ނުކުރި މައްސަލާގައި ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. ނިއު ޕޯޓް ހިންގާ ކުންފުންޏަކީ ޒާހިދުގެ އާއިލީ ވިޔަފާރިއެކެވެ. މެނޭޖިން ޑިރެކްޓަރުކަމުން އޭނާ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
ނިއު ޕޯޓް ހިންގަމުން އަންނަ ސްޓްރާޑާގެ ކުރީގެ އެންމެ އިސް އެއް ވެރިޔާ، ޒާހިދުގެ ފޭސްބުކްގައި މިއަދު ލިޔުއްވާފައިވަނީ ނިއު ޕޯޓް ވިއު ރެސްޓޯރެންޓް ހެދިއިރު، ބްރިޖް ވިއު ޕްލެޓް ފޯމާއި ކުޑަކުދިން ކުޅޭނެ ސަރަހައްދަކާއި ފުޓްސަލް ދަނޑެއް އެ ސަރަހައްދުގައި ހަދަން ސަރުކާރާ އެކު އޭރު އެއްބަސްވުން ހެދީ އާންމުންގެ ފައިދާއަކަށްޓަކައި ކަމަށެވެ. އަދި ރެސްޓޯރެންޓް ހުރި ބިމަށް ބޮޑު ކުއްޔެއް ސަރުކާރަށް ދައްކަމުން އަންނަނިކޮށް އެ ތަން ހުސްކުރަން އެންގީ ކުންފުނިން ކުރި ޚަރަދު ވެސް އަނބުރާ ނުލިބެނީސް ކަމަށް ޒާހިދު ލިޔުއްވާފައިވެ އެވެ.
ޒާހިދު ލިޔުއްވާފައިވާ ގޮތުގައި ނިއު ޕޯޓް ވިއުގެ އިތުރުން އެ ކުންފުންޏަށް ދޫކުރި އިތުރު ތިން ތަނެއްގެ އެއްބަސްވުން ވެސް ބާތިލްކޮށް، މި ސަރުކާރުން އެތަންތަން ވަނީ އަތުލައިފަ އެވެ. އެކަމަކު އެ ތިން ތަނުގެ އެއްބަސްވުން ބާތިލްނުވާ ކަމަށް ނިންމައި، އެ ކުންފުންޏާ އެއްކޮޅަށް ކޯޓުން ހުކުމް ކޮށްފައިވާ ކަމަށާއި ނުނިމި އޮތީ ނިއު ޕޯޓް ވިއުގެ މައްސަލަ އެކަނި ކަމަށް އޭނާ ލިޔުއްވި އެވެ.
ނިއު ޕޯޓް ވިއު ހުސްކުރަން ސަރުކާރުން ދިން އެއް މަސް ދަވަހުގެ މުއްދަތު ވަނީ ހަމަވެފަ އެވެ. ތަން ހުސްނުކުރި މައްސަލާގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމްގެ މަސްލަހަތެއް އޮތް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފާޑުކިޔާތީ އެކަމަށް ރައްދު ދެއްވައި، ޒާހިދު ވިދާޅުވީ އަސްލަމަކީ ނިއު ޕޯޓް ކުންފުންޏާ ވިޔަފާރީގެ ގޮތުން އެއްވެސް ގުޅުމެއް އޮތް ބޭފުޅެއް ނޫން ކަމަށެވެ.
އަސްލަމާއި އޭނާއާ ދެމެދު އޮތީ އާއިލީ ގުޅުމެއް ކަމަށާއި އެ ގުޅުން އަބަދުވެސް ދެމިއޮންނާނެ ކަމަށް ޒާހިދު ލިޔުއްވާފައިވެ އެވެ. އަދި އެކަމުގެ ތެރެއަށް އަސްލަމް ވައްދަން ބަޔަކު އުޅެނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމަށް އަސްލަމް ވަޑައިގަތުމުގެ ފުރުސަތު އޮތުމުން އެކަމަށް ހުރަސް އަޅަން ވެގެން ކަމަށް ބެލެވޭ ކަމަށް ވެސް ޒާހިދު ވިދާޅުވި އެވެ.
އަސްލަމްގެ އަނބިކަނބަލުންނަކީ، "މިހާރު"އަށް އެނގިފައިވާ ގޮތުގައި، ޒާހިދުގެ ބޮޑުދައިތައެކެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙުމަދު.
26 September 2019
ނިއުޕޯޓެއް އެހެން ޕޯޓެއް ކިޔާނެ ކަމެއްނެއް. ދައުލަތަށް ދައްކަން ޖެހޭ ތަނުގެ ބިމުކުލި ނުދައްކާ ތިބެގެން ކޮންހާސަރެއް ދަމާކަށް. ޔާމީނު ސަރުކާރުގަ ކައިރިކޮށްގެން ގެންގުޅުނު ބައެއް އައުވާނުންގެ ކިބައިގަ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްވިއްޔާ ކޮންމެވެސް ބަހަނާއެއް ދައްކައިގެން އެފައިސާ ނުދައްކާތިބުން ނުވަތަ ފައިސާކޮލު ދިރުވާލައިގެން ތިބުން މީ ފާހަގަ ކޮށްލެވޭ ކަމެކެވެ.
އަލިބޭ
14 April 2019
ތީ ހުސް އެކައްޗެއް. ލާރި ދެނިކޮށް އޯކޭ ވާނެ
ޕީޓާ
14 April 2019
ދީބަލަ ހުސް ބިމެެއް ތަރައްގީއޭ ކިޔާފަ ސެލޫން އެއް ހުޅުވާފަ ރައްޔިތުންނަށް ތިންރުއް ކުޑަ ފާކެއް ހެދީމަ ނިމުނީނު
ޒީނާ
14 April 2019
ކޮމެންޓްތައް ކިޔާލީމަ އެބަ އިނގޭ މީ ކިހާ ވަރެއްގެ މީހެއްކަން
މިނިވަން ގޮވެލި
14 April 2019
ވަކި ބައެއް ދުއްވާލާ އަދި ވަކި ބަޔަކު ހިމާޔަތް ކުރަން އުޅުން ގޯސް! ބަލަ ނިއުޕޯޓް ނަގަންޏާ ސިޓްރޯންވެސް ނަގަންޖެހޭނެ! ސިޓްރޯން ހުރި ބިމަކީވެސް ހަމަ ބޭ އިންސާފުން އާއިލީ ވިޔާފަރިއަށް މަގު ފަހިކޮށް މުޖުތަމަޢުއަށް ފައިދާ ހުރި އެފަދަ ކަމެއް ކުރުމަށް ފުރުޞަތު ބޭނުންވެފައި ތިބި ބަޔަކަށް ޙައްްޤު ގެއްލިގެން ދިޔަ ކަމެއް! އަނެއްކާ އިލްޔާސް ލަބީބު މަޖިލިސް ރައިސް ކަމަށް އަންނަން ފައިވިއްދާފަ ނެތީމަބާ ސިޓްރޯންގެ ބިން ހޯދަން ނުގޮވަނީ؟
ކުރުނބާ
14 April 2019
އަސްލުވެސް. އަނެއްކާ އެމް.ޑީ.ޕީ ކުދިންވެސް މިހާރު ތިތަންމަތީން ހަނދާނެއްވެސް ނެތް. އެމީހުން އެއްދުވަސްކޮޅެއްގަ ތިޔަ ސިޓްރޯން އާއި ލެމަންގްރާސް ތަންތަނުގެ މީހުން ދެކެ ރުޅިއައިސްގެން ބޯއިކޮޓް ކުރަންވެސް ގޮވި ގައިމު ކޮންމެވެސް އެއްޗެއް އެނގިގެންތާ ބޯއިކޮޓް ކުރަން ގޮވާނީ. ވެދާނެ މިހާރު މާގަދައަށް އެތަންތަނުން މި މީހުންނަށް ޚަރަދު ކުރަނީ ކަމަށްވެސް.
ރާޅުބޯއީ
14 April 2019
ތީ ބޮޑު ޖަރީމާއެއް! ތީހަމަ ކޮރަޕްޝަނުންނަގައި އަންބޮނޑިއަށްލައިގެން ތިއުޅެނީ! މުޅިގައުމު ކަލެއާ ޒާތީވީމަ ދެން އެއަށް ކިޔާނީ ކޮންނަމެއް؟
ސުންބުލި ކަލޭފާނު
14 April 2019
ޖަރީމާ އަކަށްވީ ނިއުޕޯޓު އެކަނި؟ ކޮބާ ކާނިވާ ސަރަޙައްދުގަ ސ.ހުޅުދުއަށް ނިސްބަތްވާ ބަޔަކު ހިންގާ ސިޓްރޯން ހުރި ބިން؟ ބަލާލާއިރު ބިން ލިބިފަ އޮންނާނީ ޤަވާޢިދާއި ޤާނޫނާއި އެއްގޮތަށް ވަރަށް އޮމާންކޮށް، އެބިން އެމީހުން ހޯދި ގޮތް.. ކީއްވެ އެންމެންގެ ވާހަކަ ނުދައްކަނީ؟ ހަމަ ޒާހިދު އާއި ޒާތީވެގެން އެމް.ޑީ.ޕީ ބަޔަކު ތިއުޅެނީ. ސިޓްރޯން ބިން ލިބުނީ އާއިލާ އެންމެން ޔާމީން ޕާޓީއަށް ވަދެ ނުޙައްޤު އެތައް ޚަރަދެއްކޮށް ނުބައި މަގު އިޚްތިޔާރު ކޮށްގެން.
ރެނދަން
14 April 2019
ތިތަން ހަދަން ޚަރަދުކޮށްފަ ހުރީ ފަސާދައިގެ ފައިސާ. ބަޔަކު ޒާތީވެގެންނެއް ނޫޅޭ. ކަލޭމެން ނުހައްގުން މުއްސަނދިވެގެން އުޅޭތީ މައްސަލައަކީ.
ބަނޑީދާ
13 April 2019
މި ސަރުކާރުން ޒާހިދު ހާދަވަރަކައް ޕޮރޮމޯޓު އެބަކުރޭދޯ މިނޫނީ މިރާއްޖޭގަ މީހަކުނެތީތަ....؟ އަދީބުނުވޭ މީހަކައް.. ހޮޅިބޮޅި ޕާޓީމީހުން އަތައްވެރިކަން ލިބުނީމަ މިއުޅެނީ ރައްޔަތުންނައް ބލވރކނ ޖައްސަން
އަޙުމަދު
26 September 2019
އެތަނުގެ ބިމުކުލި ނުދައްކާ ތަން ބޭނުން ކުރާމައްސަލަ ހިލުނީމަ ތިމާ އަށް އެކަން ތިޔަގޯސްވީ. ވާންވީގޮތަކީ ދައުލަތަށް ބިމުކުލި ނުދައްކާ ތިބެ އެތަނުން ވިޔަފާރިކޮށް ނަފާ ހޯދައިގެން ބަނޑުފުރަންވީދޯ؟
ޢަބްދުﷲނާފިޒް
13 April 2019
ޒާހިދުއަށް ތިތަން ލިބުނީވެސް ޒާތީވެގެންބާ! ހަމަ އަހާލީ......
ނަދީމާ
13 April 2019
ޒާހިދު ، ތިބޭފުޅާ ތިތަނަށް އިވެސްޓުކުރަން ފައިސާ ހޯދީ ކިހިނެއް؟؟؟ ތުބުޅީގައި އެންމެ ނުރައެއް ނުޖަހަނީސް މަހުޖަނަކަށް ވީކިހިނެއް؟؟؟ އަދި ތިއުޅެނީ 35 ނާޅައިގެން... ކަލޯ ކޮންތާކުން ހޯދި ފައިސާ؟؟؟؟