ލެކިއުޓުން އަލަށް ބާޒާރަށް ނެރުނު "ކާޓިއޭ" ބްރޭންޑުގެ ސެންޓު--ފޮޓޯ:ލެކިއުޓް
18 އެޕްރީލް 2019 - 11:16
ފްރާންސްގެ މަޝްހޫރު ކާޓިއޭ ބްރޭންޑުގެ ސެންޓު ލެކިއުޓުން ރާއްޖޭގެ މާކެޓަށް ނެރެފި އެވެ.
ލަގްޒަރީ ސެންޓުގެ ވިޔަފާރި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރާ ލެކިއުޓުން ވަނީ ކާޓިއޭ ބްރޭންޑުގެ ސެންޓުގެ ތެރެއިން އަންހެނުންނަށް ހާއްސަ ތިން ވަންތަރެއްގެ ސެންޓާއި ފިރިހެނުންނަށް ހާއްސަ ތިން ބާވަތެއްގެ ސެންޓެއް ބާޒާރަށް ނެރެފަ އެވެ. މީގެ އިތުރުން އަންހެނުންނާއި ފިރިހެނުންނަށް ވެސް ބޭނުންކުރެވޭ ސެންޓެއް ވެސް ނެރެފައިވެ އެވެ.
މި ބްރޭންޑުގެ ރާއްޖޭގެ އެކްސްކްލޫވިކް ރީޓެއިލާ އަކީ ލެކިއުޓެވެ. ލެކިއުޓްގެ އޮންލައިން ފިހާރައިންނާއި އައުޓްލެޓްތަކުން ވެސް މި ބްރޭންޑުގެ ސެންޓު ލިބޭނެ އެވެ.
ކާޓިއޭ އަކީ 1981 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. އެ ބްރޭންޑުން ގަހަނާ އާއި ލަގްޒަރީ އެހެން އުފެއްދުންތައް ވެސް އަންނަނީ މާކެޓަށް ނެރެމުންނެވެ.
ލެކިއުޓުން ތައާރަފް ކުރި "ކާޓިއޭ" ސެންޓު--ފޮޓޯ:ލެކިއުޓް
ކާޓިއޭ އަކީ ސެންޓުގެ ވިޔަފާރީގައި ކާމިޔާބުކަމާ ކުންފުންޏެކެވެ.
ކާޓިއޭ ބްރޭންޑުގެ އިތުރުން ލެކިއުޓުން އަންނަނީ ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑުތަކުގެ ސެންޓުތައް ރާއްޖޭގައި ވިއްކަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިކަމެތި އަޅުގަނޑު
18 April 2019
ތިވެސް ގަނެވޭ ފެންވަރުގެ މީހުން އުޅޭނެ ޔަގީނުންވެސް!! ☹
ފުންއަސަރު
18 April 2019
ކޮބަޔޯ ތިބުނާ ސެންޓެއްގެ އަގަކީ. އަގު އެނގުނީމަ އެއްޗެކޭބުނަން އެނގޭނީ.
ފަޒުލް
18 April 2019
ސަޅި 555
55555
18 April 2019
ފޭކް