ހޮންކޮންގްގެ އާބިޓްރޭޝަން ސެންޓަރަށް ރާއްޖޭގެ އާބިޓްރޭޝަން ސެންޓަރުގެ މެމްބަރުންނާއި އޭޖީ ކުރަމުންދާ ޒިޔާރަތުގެ ތެރެއިން: ރާއްޖޭގައި ފުރިހަމަ ނިޒާމެއް ގެންނަން ދިރާސާތައް ހަަދަމުންދާ ކަމަށް ވިދާޅުވި -- ފޮޓޯ/އޭޖީ އޮފީސް
24 އެޕްރީލް 2019 - 17:19
އިންވެސްޓަރުންގެ ހައްގުތައް ހިމާޔަތްކުރުމަށް ފުރިހަމަ ޑިސްޕިއުޓް ރިޒޮލިއުޝަން އަދި އާބިޓްރޭޝަންގެ ނިޒާމެއް ގެނައުމަށް ގެންނަންޖެހޭ ބަދަލުތައް ދިރާސާ ކުރަމުން ގެންދަވާ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.
ރިފްއަތު އެގޮތަށް ވިދާޅުވީ މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ބޯޑު މެމްބަރުންނާ އެކު ހޮންކޮންގްގެ އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް އޭނާ މިހާރު ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރިފްއަތު ވިދާޅުވީ އިގްތިސާދު ކުރިއެރުވުމަށްޓަކައި ސިޔާސީ ހަމަޖެހުން ގެނައުމާއި ވިޔަފާރީގެ މައްސަލަތައް އެކަށީގެންވާ ޑިސްޕިއުޓް ރިޒޮލިއުޝަން ނިޒާމެއް އޮތުން މުހިންމު ކަމަށެވެ. އަދި އެފަދަ ނިޒާމެއް ތައާރަފްކޮށް، އެ ނިޒާމު ބޭނުންކުރަން ބާރު އެޅުމަށް ވަގުތުތަކެއް ނަގާނެ ކަމަށާއި ސަރުކާރުން ތިބީ އެކަމަށް މަސައްކަތް ކުރަން ތައްޔާރަށް ކަމަށް ވެސް ރިފްއަތު ވިދާޅުވި އެވެ.
"އިންވެސްޓްމަންޓްތައް ހިމާޔަތް ކުރެވޭނެ ގޮތަށް، އަވަސް ޑިސްޕިއުޓް ރިޒޮލިއުޝަންގެ ނިޒާމެއް ގެނައުމަށް ސަރުކާރުން މިގެންދަނީ މިހާރު އޮތް ލެޖިސްލޭޓިވް ފްރޭމްވޯކް ރިވިއު ކުރަމުން،" ރިފްއަތު ވިދާޅުވެފައިވެ އެވެ.
މިދިޔަ ހޯމަ ދުވަހުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ކުރިއަށް ގެންދާ އެ ޒިޔާރަތުގައި ރާއްޖޭގެ އާބިޓްރޭޝަން ސެންޓަރުގެ ޗެއާމަން ކަމަށް ދާދިފަހުން އައްޔަން ކުރެއްވި ވަކީލް ޝަހުދީ އަންވަރާއި އެ ބޯޑުގެ މެމްބަރު ކަމަށް އައްޔަން ކުރައްވާފައިވާ ވަކީލް ހުސައިން ސިރާޖް އަދި ވަކީލް ސަފާ ޝަރީފް ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަނބޫ
25 April 2019
އަޑުއެހިން ތި ދަތުރަކީ އޭޖީ އޮފީހުގެ މުވައްޒަފުންނަށް ލިބުނު ދަތުރެއް ކަމަށް. އެހެންނަމަވެސް އޭޖީ އަމިއްލައަށް ދާ ގޮތަށާއި ގާތް ރަޙްމަތްތެރިން ގޮވައިގެން މި ދަތުރު ދިޔުމަކީ ހަމަ ޔަޤީނުންވެސް ކޮރަޕްޝަން. އަޅެ ދެން މިހާރު ރައީސް އިބޫ ޞޯލިޙު އެބަ ޖެހޭ ދޯ މިކަންކަން ބަލަން. ސީޖީޓީ މައްސަލައިގައިވެސް ވީކަމެއް ހަރާމް
ޙިނި
25 April 2019
ގާނުނު ހެދުމުގައި ހިލޭސާބަހައް މަސައްކަތް ކުރާ ޖަމިއްޔާ ތަކުގެ ހިޔާލު ލަފާ ހޯދާނީ ކޮން ގަރުނެއްގައި ބާ؟
އިބާ
25 April 2019
އިބޫ ކޮބާހޭ ފުލެޓް ހާދަ ސޮލޯއޭ ކަންތަށްދާލެއް. ސުލޯކޮށް ވޯކުކުރާ މިނިސްޓަރުން ބަލާ ބޭރުކޮށްގެން ނަމަވެސް ބާރަށް ކުރިޔަށް ގެންދޭ
އިއްބާ
25 April 2019
ވަރަށް ރަގަޅަށް އިންސާފު ގާއިމްކުރެވޭނެ. ތިޔަ ބޯޑަށްވެސް ތިތިބީ ގާތް ރަހްމަތްތެެރިން ލާފައި. ގާނޫނުގަ ބުނާނެ ބޯޑުގަ ތިބެންވާނީ 10 އަހަރުގެ ތަޖްރިބާ ހުރި މީހުންނޭ. ސަފާ ޝަރީފް ކިޔަވާ ނިމުނުތާވެސް 10 އަހަރު ނުވާނެ. އޭޖީ ރިފްއަތުއާ އޮންނަ ގުޅުމުގެ ސަބަބުން ގާނޫނަކަށް ބެލުމެއްނެތި ތަންތަނަށް ލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. ސަރުކާރުން މިކަން ބަލަންޖެހޭނެ. އޭޖީ ރިފްއަތު ވަކިކުރަންޖެހޭ ވަރުގެ ބޮޑެތި ގާނޫނާ ހިލާފްކަންކަން 4-5 މަސްތެރޭ ކޮށްފި.
ނެގުނުކަތީބު
25 April 2019
ތިމީހުންލައިގެ ބައިކުދިންނަށް އިންޞާފު ހޯދައިދެވޭނީ. އެކަން މިވީ ކުޑަ ދުވަސްކޮޅުގައި ތަޖުރިބާ ކުރެވިފަވާނީ. އެމީހުންގެ މީހާއަށް ވަކިސްޓޭންޑެއް. އާއްމު ކުއްޖާއަށް ވަކި ސްޓޭންޑެއް. ބުނެބަލަ މިހެންނޫޫނޭ؟
ކަތީއްބެ
25 April 2019
ދިވެހި ސަރުކާރާއި، ދިވެހި ރާއްޖޭގެ ބޮޑެތި ވިޔަފާރި ކުންފުނިތަކާއެކު، ބޭރުގެ ފަރާތެއްވިޔަސް، އަދި އެނޫން ފަރާތެއްވިޔަސް ހެދޭ އެއްބަސްވުންތަކާގުޅޭ މައްސަލަތައް ރާއްޖެނޫން އެހެން ޤައުމެއްގައި ކުރިޔަށް ނުގެންދެވޭގޮތަށް ރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނަށް އިޞްލާޙްގެންނަން އެބަޖެހޭ، އާބިޓްރޭޝަންގެ ނަމުގައި ބައެއް ޤައުމުތަކައި ހިންގޭ މައްސަލަތައް ނިމިފައިހުންނަނީ އެއްވެސް ވަރަކަށް އިސްލާމްދީނުގައި ވިޔަފާރި ޞައްޙަވުމަށް އޮންނަ އުޞޫލުތަކަށް ނުބަލައި.
ވަސީލާ
24 April 2019
ތިތިބަ މީހުން ލައިގެން އުފެއްދޭނީ ކަޓުގެ އައްޑާއެއް.. އިންޓަގުރިޓީ ހުރި ހަމަ އެކަކުވެސް ނެތް.. ތަޖުރިބާގެ ބަދަލުގައި ހުރީ ސިޔާސީ ތައްޕާހުގައި ހިންގި އެކްޓިވިޒަން.. އޭގެ ޒަރިއްޔާއިން ފައިދާގަނޑެއް ހޯދުމައް އާބިޓުރޭޝަނުގެ ވިޔަފާރި މޮނޮޕޮލައިޒްކޮއް ހިންގުނައް ޑިޒައިންކޮއްގެން މިއުޅެނީ.
ހަކީމް
24 April 2019
ފެންނަނީ ވިޔަފާރި ވެރިންނަށް ވިޔަފާރިވެރިންނަށް "އިންސާފް" ހޯދާދޭ މީހުން.