އެޓާނީ ޖެނެރަލްގެ އޮފީސް ހިންގާ ވެލާނާ ބިލްޑިންގް: އާބިޓްރޭޝަން ސެންޓަރުގެ ބޯޑަށް ކުރިމަތިލާން ވަނީ ހުޅުވާލާފައި --ފޮޓޯ/މިހާރު
21 މާޗް 2019 - 12:18
މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު އެޓާނީ ޖެނެރަލްގެ އޮފީހުން ހުޅުވާލައިފި އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން އިއްޔެ ކުރި އިއުލާނުގައި ވަނީ އާބިޓްރޭޝަންގެ ގާނޫނުގެ ދަށުން އޮންނަ އާބިޓްރޭޝަން ސެންޓަރުގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު އާދިއްތަ ދުވަހުން ފެށިގެން މިމަހުގެ ނިޔަލަށް ދީފަ އެވެ.
އެ ބޯޑުގެ މެމްބަރުކަމުގެ ޝަރުތަކީ އުމުރުން 35 އަހަރު ވުމާއި ޚިޔާނާތުގެ ކުށެއް ނުވަތަ ކޮރަޕްޝަންގެ ކުށެއް ސާބިތުވެފައި ނެތުމާއި ޖިނާއީ އެހެން ކުށެއް ސާބިތުވެފައިވާ ނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ މާފު ލިބުނުތާ ފަސް އަހަރު ވެފައި ވުން އަދި މަސްލަހަތެއް އޮތުމުގެ ސަބަބުން އެ ބޯޑުގެ މެމްބަރުކަން ކުރަން ހުރަސް އެޅިފައި ނެތުމެވެ. އަދި 10 އަހަރުގެ ތަޖުރިބާ ހުރުމާ އެކު އެ ބޯޑުގެ މެމްބަރުކަން ކުރެވޭނެ އިލްމު ހުރިކަން މީހެއްކަން ކަށަވަރުކޮށްދޭން ޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.
އާބިޓްރޭޝަންގެ ގާނޫނުގެ ދަށުން އުފެދިފައި އޮންނަ އާބިޓްރޭޝަން ސެންޓަރުގެ ބޯޑަކީ ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. އެ ބޯޑަށް މެމްބަރުން އައްޔަންކުރާނީ އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން ރައީސެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢައިސަތު
21 March 2019
ޢުމުރުން 30 އަހަރު. 35 ނޫން. ޢާޓިކަލް އިސްލާހުކުރޭ
އިއްލާމިސް
21 March 2019
އިސްލާހްކޮށްފި. މިއީވަރަށް އާއްމުކަމެއް. އެކަމަކު ކުރިން ކުށެއް އޮތްކަން ފަހުންކިޔާ މިހާއަށް އެނގޭނެ ގޮތެއްނެތް. ލިޔުނުމީހާ އެކަން ނޯޓެއްގެ ގޮތުގައި އާޓިކަލްގެ ފަހަތަށް އެއްކޮލާނެ ދުވަހެއް ފެންނާނެބާ.