28 އެޕްރީލް 2019 - 13:40
މިދިޔަ ހަފުތާ ތެރޭ މާލޭގައި 56 އެކްސިޑެންޓެއް ހިނގައި 15 މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން މިއަދު އާންމުކުރި ތަފާސް ހިސާބުން ދައްކައިފި އެވެ.
ޓްރެފިކް މައްސަލަތަކާ ގުޅޭގޮތުން ފުލުހުން ކޮންމެ ހަފުތާއަކު އާންމުކުރާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ ހަފުތާގެ ތެރޭގައި ޓްރެފިކާ ގުޅުން ހުރި ގިނަ މައްސަލަތަކެއް ބަލާފައިވެ އެވެ.
ނުގަވައިދުން ޕާކްކޮށްގެން އެކަނި ވެސް 1،082 އުޅަނދެއްގައި ސްޓިކާ ޖެހި ކަމަށް ހިސާބުތަކުން ދައްކަ އެވެ.
* ލައިސެންސް ނުނަގާ ދުއްވި 64 މައްސަލަ
* ޓްރެފިކް ލައިޓާ ހިލާފަށް ދުއްވި 19 މައްސަލަ
* ބާރު ސްޕީޑުގައި ދުއްވި 18 މައްސަލަ
* ލިޔެކިޔުން ފުރިހަމަ ނޫން 41 އުޅަނދެއްގެ މައްސަލަ
* 18 އަހަރުން ދަށުގެ ކުދިން ވެހިކަލް ދުއްވި 5 މައްސަލަ
TRAFFIC MANAGEMENT DEPARTMENT - Weekly Statistics (20th April to 26th April 2019).@TransportMV @MaleCitymv pic.twitter.com/4r6jVYJPGX
— Maldives Police (@PoliceMv) April 28, 2019
ފުލުހުންގެ ތަފާސް ހިސާބު
މިދިޔަ ހަފާތާގެ ތެރޭގައި ގަވައިދާ ހިލާފަށް ޕާކްކުރި 46 ސައިކަލަކާއި ހަތަރު ފޮރޮޅުލީ 14 އުޅަނދެއް ފުލުހުން ވަނީ ޓޯކޮށްފަ އެވެ.
ފޯން ނުވަތަ ހެޑްސެޓް ބޭނުންކުރަމުން ދުއްވި 29 މައްސަލައެއް މިދިޔަ ހަފުތާގައި ފުލުހުން ބަލާފައިވާއިރު ހެލްމެޓު އުސޫލާ ހިލާފުވި 15 މައްސަލައެއް ވެސް ބެލި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަން އަޙްމަދު
28 April 2019
ޕޮލިހުން ހައިވޭ ބަލަހައްޓަން ފެށި ފަހުން އެތައް ތަނެއް އެ މަގު އަމާން ވެއްޖެ .
މޫސާާ
28 April 2019
މިހާރު ދެ ލޭނު އޮންނަ އިރު ކާރު ލޭނުތަކުގަ ދުއްވަން ޖެހޭ އެއްޗެހި އައިސް ތިބެނީ ސައިކަލް ލޭނުގަ. މިކަން ހައްލުކުރަން ޖެހޭ!
ހިގޮ
28 April 2019
ފުލުހުންވެސް ބަލަންޖެހޭނެ އެކަމަކު ބަލާބަލަ ހުރިހާމައްސަލައެއް އެހެރީ އަހަރެމެންގެ އަޚްލާގާ ގުޅިފަ އެއީވަރަށް ދެރަކަމެއް ތިމާ ގޯސްވީމަ ތިމާޔަށް ގެއްލުން ވާނީ
ދޭސީ
28 April 2019
ފުލުހުންގެ ކަމަކީ ޖަޕާނުންދިން އާ ކާރު ތަކުގަ ދެކޮޅައް ދުއްވުން. ބްރިޖާއި ލިންކްރޯޑްގަ ބޫންބޫން ލާފަ ސައިކަލުތައް ދުއްވިޔަސް އަޅާވެސް ނުލާ.
ހަސަން ނުވަވަނަ
28 April 2019
ޖަޒީރާ އިންޑިއާ ރާއްޖެ ތަފާތުވާނެ. އެޖެންޑާ 19 ސަޅިވާނެ
ހެލްމެޓު
28 April 2019
ސަޅިއެއް ނޫންތަ؟ މިހެން ތަފާސްހިސާބު އާންމު ކުރުން މިއީވެސް އައި ރަނގަޅު ބަދަލެއް ކަމަށް ފެނޭ. ހައްލު ފެންނާނީ އެއްމެ ފުރަތަމަ ނުރަނގަޅު ކަންތައް ފާހަނގަ ކުރެވިގެން އެކަމާ މަޝަވަރާ ކޮށް އެޅޭނެ ފިޔަވަޅު ހޯދައިގެން.