އެސްޓީއޯ އިން ހުޅުމާލޭގައި 2012 ވަނަ އަހަރު ހަދަން ފެށި 250 އެނދުގެ ބޮޑު ހޮޓާ: 500 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ އިމާރާތް މިހާރު ވަނީ ވިއްކާލަން ނިންމާފައި. ފޮޓޯ: އަބްދުﷲ ޖަމީލު/ މިހާރު
01 މެއި 2019 - 13:43
ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ހުޅުމާލޭގައި ތަރައްގީ ކުރާ ހޮޓަލުން ލިބުނު ގެއްލުމުގެ ގޮތުގައި، 210 މިލިއަން ރުފިޔާ ކަނޑައިފި އެވެ.
އެސްޓީއޯގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުން 2011 ވަނަ އަހަރު 250 އެނދުގެ ހޮޓާގެ ކޮންސްޓްރަކްޝަން މަސައްކަތް ދިގުލައިގެން ދިޔުމާއި ބައެއް މަސައްކަތްތައް މާކެޓުގައި އެކަން ކުރަންދާ ހަރަދަށްވުރެ އިތުރަށް ކޮށްފައިވުމުގެ ސަބަބުން ވަރަށް ވަރަށް ބޮޑަށް ވަނީ ގެއްލުންވެފަ އެވެ.
ކޮންސްޓްރަކްޝަންގެ 60 ޕަސެންޓް މަސައްކަތް ނިމިފައިވާ ހޮޓަލުގެ ބައެއް އެހެން ކަންކަމަށް ކޮށްފައިވާ ހަރަދުތައް ބޮޑުކަމުން، އެ ހޮޓާ ވިއްކާލަން ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ. އެހެން ކަމުން އެސްޓީއޯގެ އާ މެނޭޖުމެންޓުން ބޭނުންވަނީ ނުއަގުގައި ކޮށްފައިވާ ހަރަދުތައް ކެނޑުމަށްފަހު ހޮޓަލުގެ މަސައްކަތް އަވަހަށް ނިންމުމަށެވެ. އެސްޓީއޯ އިން ބުނާ ގޮތުގައި ކޮންސްޓްރަކްޝަންގެ މަސައްކަތުގެ އިތުރުން، ކޮންސަލްޓޭޝަނާއި ސަޕްލަޔަރުންނަށާއި އެހެން ބައެއް ކަންކަމަށް، ހޭދަކޮށްފައި ވަނީ މާކެޓްގެ އަގަށް ވުރެ މާ ބޮޑުކޮށެވެ.
އެ ހޮޓާ އެޅުމަށް ތައި އެގްޒިމް ބޭންކުން 30 މިލިއަން ޑޮލަރުގެ ލޯނެއް ނުވަތަ 462.6 މިލިއަން ރުފިޔާގެ ލޯނެއް ނަގާފައިވެ އެވެ. އެހެން ނަމަވެސް 2014 ވަނަ އަހަރުން ފެށިގެން ހޮޓަލުގެ މަސައްކަތް ވަނީ ހުއްޓިފަ އެވެ.
މިދިޔަ އަހަރު އެސްޓީއޯ އަށް 10.8 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ އިރު މިއީ އޭގެ ކުރީ އަހަރަށް ވުރެ 1.7 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އެހެން ނަމަވެސް ހޮޓަލުން ލިބުނު ގެއްލުމާއި މިފްކޯއިން ކުންފުންޏަށް ލިބުނު ބޮޑު ގެއްލުމާ އެކު ކުންފުނީގެ ފައިދާ ވަނީ 30 މިލިއަން ރުފިޔާ އަށް ވެއްޓިފަ އެވެ. އޭގެ ކުރީ އަހަރު އެ ކުންފުންޏަށް ފައިދާގެ ގޮތުގައި 159 ލިބިފައިވެ އެވެ.
ކުންފުނީގެ ފައިސާ ވަރަށް ބޮޑުތަން ކުޑަވި ނަމަވެސް މި އަހަރުގެ ފައިދާ އިތުރު ކުރުމަށްޓަކައި މުހިއްމު މަސައްކަތްތަކެއް ކުރުމަށް އެސްޓީއޯގެ އާ މެނޭޖްމެންޓުން ވަނީ އަމާޒު ހިފައިފަ އެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ވަނީ 103 މިލިއަން ރުފިޔާގެ ފައިދާވެފަ އެވެ. މިއީ 2018 ވަނަ އަހަރާ އަޅާބަލާ އިރު 57 ޕަސެންޓުގެ ކުރި އެރުމެކެވެ. އެ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯ އަށް ފައިދާގެ ގޮތުގައި ލިބުނީ 46 މިލިއަން ރުފިޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފީއަލީ
02 May 2019
މީ މަބުނާ ވާނުވާނޭގޭ މަކރު ވެރިންނާއި ތަންތަން ހަވާލުކުރީމާ ރައްޔިތުމީހާއަށް ވާގެއްލުން
ޝޮކްތެރަޕީ
01 May 2019
އެމްޑީޕީ މަސްލަހަތު އޮންނަ މީހަކަ ތިހޮޓާ ދޭންތިއުޅެނީ.
އަލްރޮކު
01 May 2019
ބޮޑުން ބޭރަށް ގޮސް މުދާ ގަތީމަ ލިބޭ ކަޓު މިލިއަނުން ލިބޭކަން އެނގޭ.
ހަކީމް
01 May 2019
ކުރިން ހުރި މ.ޑ ޝަހީރު އަށް ދައުވާ ކުރެވެން ޖެހޭނެ.
ޢިއްދި
01 May 2019
4 އެމްޑީން ބަދަލުވެއްޖެ ތިކަންކުރަނިކޮށް
މައިޝަން ހަބީބު
01 May 2019
މިއީ ގެއްލުނު ފައިސާ، މިފައިސާއިން ފައިދާނެގި މީހުން ހޯދަންޖެހޭ، އެސްޓީއޯގެ ބޯޑު ޒިންމާދާރުކުރުވަންޖެހޭ، 210 މިލިއަން ރުފިޔާ ބެލެންޝީޓުން ކަނޑާލަން ވަރަށް ފަސޭހަވާނެ، އެކަމަކު އެފައިސާއަށްވިގޮތް ބަލަންޖެހޭ، މިގޮތަށް ކޮންމެ ސަރުކާރަކުންވެސް ސަރުކާރުގެ ކުންފުނިތަށް ވިޔަފާރީގެ ތެރެއަށް ވައްދައި ފުޅާކޮށް އެފައިސާއިން ގެންދަނީ ނާޖައިސް ފައިދާނަގަމުން، މިފްކޯވެސް އޮތީ ހަމަ އެހާލުގައި، މިއީ އެޖެންޑާ19 އިން ވިސްނަންޖެހޭކަމެއް
ޒިލް
01 May 2019
ހުއްޓާލާފައި ހުރި އިމާާރާތަކަށް 210 މިލިއަން ރުފިޔާ ހަރަދު ކުރަން ޖެހުނީ ކޮން ގޮތަކުންތޯ؟ ރައްޔިތުން ވާ ވައްދަން ނޫޅޭ
ރަދީފް
01 May 2019
ލޯންތައް ، ސަޕްލަޔަރުން އަދި އިމާރާތް ބެލެހެއްޓުމަށް ވެސް ހަރަދުތަކެއް ހިނގާނެ.އިމާރާތުގެ މަސައްކަތް ހުއްޓިފަ އޮތަސް ލޯން ރިޕެއި ކުރަން ޖެހޭނެ ދޯ.
ދިވެހިމީހާގެ ދަރި
01 May 2019
ތިޔަ ހޮޓާ ތިޔަހެން ހުއްޓައި މިއީ 4 ވަނަ ސަރުކާރު. ކޮންމެ ސަރުކާރަކުންވެސް ދައްކަނީ ތިޔަ ހޮޓަލަކުން ގެއްލުމެއް ވާ ވާހަކަ. އެސްޓީއޯއަކީ ކުޑަ ކުންފުންޏެއް ނޫން. އެސްޓީއޯއަށް ލޯނެއް ނަގައިގެންވެސް ތިޔަ ތަން ހަދައި ނިންމިދާނެ. ނުނިންމާ ތިޔަ ތިބެނީ ތިޔަ ހޮޓާ ހަދައި ހިންގަން ފަށައިފިއްޔާ ތިމާމެންގެ ނަމުގައި ހުޅުމާލޭގައި ހިންގާ ހޮޓާތަކަށް ގެއްލުމެއް ވެދާނެތީ. ބަހަނާއަކަށްފަހު ބަހަނާއެއް ދައްކަނީ މިހެންވެ. ބަހަނާ ދެއްކުން ހުއްޓާލާފައި ހޮޓާ ނިންމަބަލަ.
ރަދީފް
01 May 2019
މިކަމުގެ ޒިންމާ ނަގަންޖެހޭ ކޮންމެވެސް ބަޔަކު ތިބޭނެ ދޯ މިދިވެހި ފަސްގަނޑުގަ.
އިފްލާހު
01 May 2019
ޒިންމާ ނަގަން ޖެހޭ މީހުންގެ ލިސްޓް ޝަހީރު ޝާހިދު އަލީ ސަނާ މަންސޫރު މިހާދު ކުރިކް ރިޒާ އިހުސާން