10 މެއި 2019 - 18:39
ޕުރޮފެޝަނަލް އެސޯސިއޭޝަން އޮފް ޑައިވިން އިންސްޓެކްޓާ (ޕަޑީ) ކޯސް ޑައިރެކްޓަރުކަން ލިބުނު ފުރަތަމަ ދިވެހި އަންހެން ޑައިވަރު، ޒޫނާ ނަސީމަށް ބައިނަލްއަގުވާމީ އެވޯޑެއް ލިބިއްޖެ އެވެ.
އިނގިރޭސިވިލާތުގެ ބޯޓް އިންޓަނޭޝަނަލް މެގަޒި އާއި ބްލޫ މެރީން ފައުންޑޭޝަނުން ދެމުން އަންނަ އޯޝަން އެވޯޑް މިއަހަރު އަށް ފަރާތަކަށް ލިބުނުއިރު ޒޫނާ ހިމެނެނީ "ލޯކަލް ހީރޯ" ކެޓަގަރީގަ އެވެ. އޭނާ އަށް އެ އެވޯޑް ދީފައިވަނީ ކަނޑުގެ ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކޮށްފައިވާތީ އެކަން އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.
މިއީ އޯޝަން އެވޯޑް ދިން ހަތަރު ވަނަ ފަހަރެވެ. އަދި ދިވެއްސަކު އެ އެވޯޑް ހާސިލް ކުރި ފުރަތަމަ ފަހަރެވެ.
ކުޅަދާނަ ޑައިވަރު ޒޫނާ ބުނީ މިއީ އޭނާގެ ހަޔާތުގައި އެންމެ އުފާވި ދުވަސް ކަމަށެވެ. އެ އެވޯޑާއެކު އޭނާ އަށް އިތުރު ހިތްވަރެއް ލިބިގެން ދިޔަ ކަމަށާއި އެކަން ހާސިލް ކުރެވުނީ އެތައް ބައެއްގެ އެއްބާރުލުމާއި އެހީތެރި ކަމާއެކު ކަމަށް ޒޫނާ ބުންޏެވެ.
ޑައިވް ކުރާތާ 21 އަށް ވުރެ ގިނަ އަހަރުވެފައިވާ ޒޫނާ އަކީ ރާއްޖޭގެ އެންމެ ތަޖުރިބާކާރު އަންހެން ޑައިވް އިންސްޓްރަކްޓަރެވެ. އެތައް ހާސް ޑައިވެއް ކޮށް އެތައް ބަޔަކަށް ޑައިވް ކުރަން ދަސްކޮށްދީފައިވެ އެވެ. އުމުރުން ކިރިޔާ 18 އަހަރު ފުރުނު ތަނާ ޕަޑީގެ ޑައިވް މާސްޓާ ސެޓްފިކެޓް ހާސިލްކޮށް، ފީނައިގަތް ގޮތަށް ޒޫނާ ހަމަނޭވާ ލީ ރާއްޖޭގެ މުހިއްމު ޑައިވް ސްޕޮޓްތައް ދަސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްކާތެރިކަން
12 May 2019
ޒުނާއްތަ ވަރަށް ސެސް،، މަރުހަބާ
ވާލުސޮރު
11 May 2019
މަރުހަބާ ޒޫނާ،
ހުސައިންރަމީޒް އިބްރާހީމް.
11 May 2019
ފުރަތަމަވެސް ޒޫނާއަށް ބޮޑު މަރްހަބާއެއް ކިޔަމެވެ. އެއިރުވެސް އެކުވެރިއެކެވެ. ދެކެނީވެސް އެގޮތަށެވެ. މިހާރުވެސް އެކުވެރި ރަހްމަތްތެރިއެކެވެ. ދުވަހަކު ދެގޮތެއްނުވާ ހިތްހެޔޮ ކަމަނާއެކެވެ. ވަކިމީހަކަށް ހިތްބަރުކޮށްގެންއުޅޭ ކަމަނާއެއް ނޫނެވެ. ޒޫނާއަށް ބޮޑެތި ކާމިޔާބީ އިންތިހާއަށް ލިބެނީ ހެޔޮއެދޭ މަމެންކަހަލަ މީހުންގެ ސަބަބުންނެވެ. އެއީ ތާއަބަދު ތިފަދަ ކުދީންނަށޤ ހިތްވަރާއެކު ކުރިޔަށޤދާން ހިތްވަރުދޭން ފަހަތުގާ ތިބީމައެވެ. ހެޔޮދުއާ ތާއަބަދު ކުރާތީއެވެ.
ފިސާރިކަނބަލެއް
11 May 2019
މަރުހަބާ ޒޫނާ ތީހަމަ ފިސާރި ކަނބަލެއް،
ޢައިމިނަ
11 May 2019
މަރުހަބާ ޒޫނާ ތިޔައީ ރަގަޅު އެކުވެރިއެއް ހުނަރުވެރި އަންހެން ދަރިއެއް އަބަދުވެސް ކާމިޔާބީ އަށް އެދެން
ފޮނިޓައްޕު ހަސަނު
11 May 2019
ޒޫނާއްތަ ވަރަށް ގަދަ.
ޢެކުވެރިއެއް
10 May 2019
މަރްޙަބާ ޒޫނި. އެއް ދުވަހައްވުރެ އަނެއް ދުވަހަށް ހޯދަމުން ތި އަންނަ ކާމިޔާބީއަށް އައްސަރިބަހާ ސާބަސް ދަންނަވަން. ތިޔައީ އަންހެނުންނަށް ހުރި ބޮޑު ފަޚުރެއް. ނަމޫނާއެއް. ތިޔަ ކުރާ ބުރަ މަސައްކަތުގައި މާތްﷲ ބަރަކާތް ލައްވާށި. އާމީން!! ❤?
މހައި
10 May 2019
ވަރަށް ނައިސް ޑައުން ޓު އާތް މީހެއް ޒޫނާ އަކީ .. ޑީލްސް ވިތް ޕީޕްލް ބިއުޓިފުލީ ...
ދޮންބެ
10 May 2019
ވަރަށްވެސް ހިތްހެޔި މިޒާޖެއްގެ ޑައިވަރެއް ޒޫނާއަކީ. އެންމެންނާވެސް ހިނިތުންވުމާއި ހިތްހެޔޮކަމާއެކު ޑީލްކުރާނީ. އަޅުގަނޑުދަރިފުޅު ބިލަބޮންގުން އޯޕަން ޑައިވް ސެޓްފިކެޓް ވަރަށްފަހުން ހޯދީ ޒޫނާގެ އެހީތެރިކަމާއެކު. ވަރަށް ބޮޑަށް މަރުހަބާ. ކީޕް އިޓް އަޕް ޒޫންޓި.