ޚަބަރު / ގެސްޓް ހައުސް

ޓޫރިސްޓުންގެ ސަލާމަތަށް ވޯޓާ ސޭފްޓީ ޕްރޮގްރާމެއް ފަށަނީ

ޓޫރިޒަމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވާހަކަދައްކަވަނީ

ރިސޯޓުތަކާއި ގެސްޓް ހައުސް ހިންގާ ރަށްރަށުގެ މޫދަށާއި ސްވިމިން ޕޫލަށް އެރި އުޅެނިކޮށް ގެނބުން ފަދަ ހާދިސާތަކުގައި ގިނަ އަދަދެއްގެ ޓޫރިސްޓުން މަރުވެފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، މޫދު ހަރަކާތްތައް ހިންގުމުގައި ސަލާމަތީ ކަންކަން ވަރުގަދަކުރަން "ވޯޓާ ސޭފްޓީ" ޕްރޮގްރާމެއް ބުރާސްފަތި ދުވަހު ފަށާނެ ކަމަށެވެ.

މިއީ، މޫދަށް އެރި އުޅެނިކޮށް ގިނަ އަދަދެއްގެ ޓޫރިސްޓުން މަރުވެފައިވާތީ، އެ ފަދަ ހާދިސާތަކުން ރައްކާތެރިވުމަށް ފަށާ މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރައްކާތެރިވުމުގެ ފިޔަވަޅުތަކާ ގުޅޭ ހަރަކާތް ފުރަތަމަ ފަށަން ނިންމާފައި ވަނީ ހުޅުމާލޭގަ އެވެ. ސަބަބަކީ އެއީ ގެސްޓް ހައުސް އެނދު އެންމެ ގިނައީ އެތަނުގައި ކަމަށް ވާތީ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

"ރާއްޖޭގެ އިންޑަސްޓްރީ ފުޅާވެފައި އޮތް ވަރުން ސޭފްޓީ ކޮމްޕްރޮމައިސް ކުރާކަށް އެއްގޮތަކަށް ވެސް އަޅުގަނޑުމެން ބޭނުމެއް ނޫން،" މިނިސްޓަރު އަލީ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި، މޫދުގައި ދިމާވާ އެކި ހާދިސާތަކުން ރައްކާތެރިވުމާ ބެހޭ ޕްރޮގްރާމް ހިންގާނީ ޓޫރިސްޓު ޕޮލިހާއި ކޯސްޓް ގާޑާއި ގެސްޓް ހައުސް އެސޯސިއޭޝަނާ ގުޅިގެންނެވެ.

"އަޅުގަނޑުމެން ޔަގީންކަންކޮށްދޭން ބޭނުންވޭ މި ސަރުކާރުން ރާއްޖެއަކީ ފަތުރުވެރިކަމުގެ ދުނިޔޭގެ އޮތް އެންމެ ސޭފް މަންޒިލްކަމަށް ދަމަހައްޓާނެކަން."

ހުޅުމާލޭގައި "ވޯޓާ ސޭފްޓީ" ޕްރޮގްރާމް ފުރަތަމަ ފެށި ނަމަވެސް އެ އަށް ވުރެ ފުޅާކޮށް ހުރިހާ ރަށްތަކެއްގައި ވެސް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިއީ ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ހަރަކާތަކަށް ނުވިޔަސް، މި މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޕްލޭންކޮށްގެން ކުރާ ކަމެއް ނޫން މިއީ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ބޭނުންވާ އާލާތާއި ފައިސާ ހޯދައިގެން މިކަން ކުރާނަން،" އަލީ ވިދާޅުވި އެވެ.

މި ޕްރޮގްރާމް އެކުލަވާލީ މޫދުގައި ދިމާވާ ހާދިސާތަކުން ރައްކާތެރިވުމަށް އެހެން ގައުމުތަކުން ކުރާ މަސައްކަތްތަކަށް ބަލައިގެން ކަމަށް އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. ނައުޝާދު މުހައްމަދު ވިދާޅުވި އެވެ. އޭގެ ތެރޭގައި، ގެނބިގެން މީހުން މަރުވުމާއި އެފަދަ ކަންކަމުން ރައްކާތެރިވާން ކުރެވޭނެ ކަންތައްތަކުގެ މައްޗަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން 2014 ގައި އެކުލަވާލާފައިވާ ރިޕޯޓު ބޭނުންކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. ނައުޝާދު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ

މި މަސައްކަތް ކުރާނީ ރަށު ކައުންސިލްތަކާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި ކަމުގައި އެ ރަށްތައް މެޕްކޮށް، މޫދަށް އެރޭ ސަރަހައްދާއި ސްނޯކްލިން ސަރަހައްދާއި އެކްސްޓްރީމް ވޯޓާ ސްޕޯޓްސް ކުޅޭ ސަރަހައްދުތައް ވަކި ކުރާނެ އެވެ. އަދި ކައުންސިލުން ހުށަހަޅާ މެޕްގެ ސަލާމަތީކަންތައް ބެލުމަށް ފަހު، އެ ހަރަކާތްތައް ހިނގޭނެ ސަރަހައްދުތައް ދިދަ ޖަހައިގެން އަންގައިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޓްރަޔަލް އައިލެންޑެއްގެ ގޮތުގައި އެންމެ ފުރަތަމަ މި ނަގަނީ ދިއްފުށި،" ނައުޝާދު ވިދާޅުވި އެވެ.

މި ޕްރޮގްރާމް ހިންގާއިރު އެންމެ ފުރަތަމަ އިސްކަން ދޭނީ 100 އަށް ވުރެ ގިނަ ގެސްޓްހައުސް އެނދު ހުންނަ ރަށްތަކުގައި ކަމަށް އޭނާ ވިދާޅުވި އެވެ. މިފަދަ 17 ރަށެއް ރާއްޖޭގައި މިވަގުތު އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސޭފްޓީ ވޯޓާ ބޯޑުތަކެއް ބެހެއްޓުމުގެ އިތުރުން ކޮންމެ ރަށެއްގައި ލައިފްގާޑުން ބަހައްޓަން ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު މިި ބައްދަލުވުމުގައި ވިދާޅުވި އެވެ. އަދި މިކަމަށް ގާބިލް މީހުން ތަމްރީންކުރަން އީދަށް ފަހު ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އުންމީދުކުރަނީ ޖޫން، ޖުލައި ހާ ތަނުގަ ލައިފްގާޑުން އަމަލީގޮތުން މައިދާނަށް ނެރެވޭނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ލައިފްގާޑުން ބަހައްޓާ އިރު އޮސްޓްރޭލިއާ ފަދަ ގައުމުތަކުން އަމަލުކުރާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަން ނިންމާފައިވާނެ ކަމަށެވެ. އަދި އެ މީހުން ބަހައްޓާނީ އެކަށީގެންވާ މެޑިކަލް ކިޓަކާއި އެއްކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ ކޮންމެ ރަށެއްގެ ގޮނޑުދޮށުގައި ޖެޓްސްކީއެއް ވެސް އޮންނަން ލައިފްގާޑު ބޭނުންކުރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޔަގީންކަންކޮށްދޭން ބޭނުންވޭ މި ސަރުކާރުން ރާއްޖެއަކީ ފަތުރުވެރިކަމުގެ ދުނިޔޭގެ އޮތް އެންމެ ސޭފް މަންޒިލްކަމަށް ދަމަހައްޓާނެކަން."

5 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތެރަބެއްޔާ

15 May 2019

މީނާ ނިދިން ހޭލައިފި! ދެން އެބުނަނީ ބޮޑު ކަރައެއް ފަޅާނަމޭ!

The name is already taken The name is available. Register?

ކަރީޕައުޑަރ

15 May 2019

ތިޔަހުރިހާ ކަމަކަށްވުރެ މާރަނގަޅުވާނެ ރަށްޔަތުންނަށް އިނާމުދީގެން ނަމަވެސް މިގައުމުގެ އާބާދީ އިތުރުކުރިއްޔާ ޓުވަރިޒަމުން ފެށިގެން މަސްވެރިންނަށް ދަނޑުވެރިންނަށް ދަންދެން ބިދޭސީން ލަދުގަންނަން ޖެހޭނެސަރުކާރުތަކުގެ އިހުމާލުން ވެރިކަމަށް ދިވެހި ނިކަމެތި އާއިލާއެއްގެ ދަރިޔަކު އެތުވެދާނެކަމަށް ދޭތެރެ ދުރުކޮއް އިނާމުދީގެން އާބާދީ ނައްތާލީ މީހަކު ރަގަނޅު ދިރިއުޅުމެއް ފައްޓަފާނެތީ ގޯތިގެދޮރުގެ ދަތިކަންވެސް ފޯރުވީ ބިންތައް ހިސޯރުކޮއް ފުލެޓްވިޔަފާރިފެއްޓީ

The name is already taken The name is available. Register?

ބަބުރުކަލޯ

14 May 2019

އިސްތިއުފާ

The name is already taken The name is available. Register?

ސަލީމު އިދުރީސް

14 May 2019

ފުރަތަމަ ބަލާ ތިގެބިގެން މަރުވި ޓުއަރިސްޓުން މަރުވީ ކޮންގޮތަކައްކައްތޯ! ދެންދުނިޔޭގެ ކޮމެވެސް ތަނެއްގަ އޮތް ގަވައިދެއް މިތަނައް ފައްތަން އުނަސް ނަތީޖާނުނިކުންނާނެ! މިއީ އެގައުތަކާ ތަފާތު ހާއްސަގައުމެއް! މިތަނުގަ ޓުރިސްޓުން ޗުއްޓީހޭދަ ކުރާގޮތާ އެތަންތަނާ ތަފާތު! މިތާމީއީ ތަފާތު ހިސާބު އެއްކޮއްގެން އަމިލަޔައް ކަމެއް ދެގަނެގެން ކަމެއް ހައްލު ކޫރާ ތަނެއްނޫން ! ރިސޯޓެއްގެ ވޯޓާބަގާލޯއިން ރާބޯގެން މޫދައް އެރޭމީހާ ބުޑުގަވެސް ޖެސްކީއެއް ބާއްވަނީތޯ!

The name is already taken The name is available. Register?

މުހައްމަދު ކަލީމް

14 May 2019

ހުޅުމާލޭގެ ގެސްޓްހައުސްގެ މެނޭޖުމަންޓުގައިތިބީ ބަންގްލަދޭޝްގެ ރައްޔިތުން، އެތަނަކީ މިހާރު ކުކުޅު ހާއްޔެއް، ތިޔަ ފަދަ ޕްރޮގްރާމްތަކަކީ ދާއިމަށް ހިންގަންޖެހޭ ޕްރޮގްރާމްތަކެއް، ސްކޫލުން ފެށިގެން ހުރިހައި ދިމާލެއްގައި ތިޔަ ޕްރޮގްރާމް ހިންގަންޖެހޭ، ގެނބިގެން މަރުވަނީ ހަމައެކަނި ޓޫރިސްޓުން އެކަންޏެއްވެސްނޫން،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454