ޑީބަލާ (ކ) އަށް ރަތްކާޑު ދެއްކުމުން އޭނާ ރޮމުން ދަނޑުން ފައިބާއިރު، އެންހެލް ޑި މަރިއާ އޭނާ އަށް ހިތްވަރު ދެނީ. --ފޮޓޯ: އޭއެފްޕީ
04 ސެޕްޓެމްބަރ 2016 - 11:19
ބީނޯސް އޭރީޒް، އާޖެންޓީނާ (ސެޕްޓެމްބަރު 4) - އާޖެންޓީނާ ގައުމީ ޓީމަށް ޕައޮލޯ ޑީބަލާ ކުޅުނު ފުރަތަމަ މެޗުގައި ރަތްކާޑު ދެއްކި ނަމަވެސް އެކަމާ މާޔޫސްވާނެ ކަމެއް ނެތް ކަމާށައި ލިއޮނަލް މެސީގެ ފުރަތަމަ މެޗުގައި ވެސް ރަތްކާޑެއް ދެއްކި ކަމަށް އާޖެންޓީނާގެ ތަޖުރިބާކާރު މިޑްފީލްޑަރު ހަވިއާ މަޝެރާނޯ ބުނެފި އެވެ.
އާޖެންޓީނާގެ އެންމެ އުއްމީދީ ކުޅުންތެރިޔާ ޑީބަލާ އަށް ރަތްކާޑު ދެއްކީ ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ ބުރާސްފަތި ދުވަހުގެރޭ އުރުގުއޭ އަތުން އާޖެންޓީނާ 1-0 އިން މޮޅުވި މެޗުގަ އެވެ. އެ މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް ޑީބަލާ އަށް ދެއްކި ރަތްކާޑާ އެކު އޭނާ ދަނޑުން ފޭބީ ރޮމުންނެވެ.
އުމުރުން 18 އަހަރުގައި މެސީ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި 2005 ވަނަ އަހަރު ވަނީ ރަތްކާޑެއް ދައްކައިފަ އެވެ.
"އަހަރެން ޑީބަލާ ގާތު ބުނިން މެސީ ވެސް ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި ވެސް ރަތްކާޑެއް ދެއްކިޔޭ. އެކަމަކު ބަލާ ފަހުން މެސީގެ ކެރިއަރު. އެހެންވީމާ ޑީބަލަ ވެސް އެކަމުން މިސާލު ނަގަން ޖެހޭ. މިއީ މާޔޫސްވާން ޖެހޭ ކަމެއް ނޫން،" މަޝެރާނޯ ބުންޏެވެ.
ޔުވެންޓަސް އަށް ކުޅޭ އުމުރުން 21 އަހަރުގެ ޑީބަލާ އަކީ އާޖެންޓީނާގެ އިތުރުން ދުނިޔޭގައި ވެސް ހުރި އެންމެ އުއްމީދީ އެއް އެޓޭކިން ކުޅުންތެރިޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
05 September 2016
ހޫ އިޒް މެސީ؟