ސައުދީން މި އަހަރު ރާއްޖެ އަށް ދިން ކަދުރު ޝިޕްމަންޓްގެ ބައެއް.
20 މެއި 2019 - 11:35
ރާއްޖެ އަށް ސައޫދީ އަރަބިއްޔާ އިން މި އަހަރު ބަހަން ދިން ކަދުރުގެ ތެރެއިން އައްޑޫ ރައްޔިތުންނަށް ލިބުނީ 2،675 ކަދުރު ޕެކެޓު ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
ކައުންސިލުން ބުނީ، އައްޑޫގައި އެ ކަދުރުތައް ބަހަން ފަށާނީ މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. ކޮންމެ ގެ އަކަށް އެއް ޕެކެޓުގެ މަގުން ކަދުރު ބަހަން ނިންމާފައިވާ އިރު އައްޑޫގެ ގޭބިސީތަކުގެ އަދަދަކީ 5،346 އެވެ.
ކައުންސިލުން ބުނިގޮތުގައި، ކަދުރު ބެހުމުގައި އިސްކަންދޭނީ ފަގީރުންގެ ދަފުތަރުގައި މިދިޔަ އަހަރު ރަޖިސްޓަރީ ކޮށްފައިވާ ގޭބިސީތަކަށް ބެހުމަށް ފަހު، ބާކީ ކަދުރުތައް ހޯދަން އެންމެ ފުރަތަމަ ދާ މީހުންނަށް ދޭ އުސޫލަށެވެ.
ފަގީރުންގެ ގޮތުގައި، އައްޑޫގައި މިދިޔަ އަހަރު 1،439 މީހުން ރަޖިސްޓަރީ ކޮށްފައި ވެ އެވެ.
ކަދުރު ބަހާނީ އެ ގޭބިސީއެއްގެ ސައްހަކަން އަންގައިދޭ ލިޔުމެއް ގެންދިއުމުން އޭގެ ސައްހަކަން ބެލުމަށް ފަހު ކަމަށް ވެސް ކައުންސިލުން ބުންޏެވެ. އައްޑޫގެ އަވަށްތަކުގައި ކަދުރު ބެހުން ކުރިއަށް ގެންދާނީ އަވަށު އޮފީސްތަކުގަ އެވެ.
ރާއްޖެ އަށް ސައޫދީން ހަދިޔާކުރި 50 ޓަނުގެ ކަދުރުން މާލޭގެ ރައްޔިތުންނަށް ބަހާފައި ވަނީ 4،268 ކަދުރު ޕެކެޓު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެ އެވެ. ރާއްޖޭގެ ފަގީރުންގެ ދަފުތަރުގައި 16،209 މީހުން ރަޖިސްޓަރީވެފައިވާ އިރު، މާލޭގައި ރަޖިސްޓަރީ ކޮށްފައި ވަނީ 3،300 މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބިލި
24 March 2023
ފަގީރުންނަށް ބަހާލައި. ލިބޭ މިންވަރަށް ޝުކުރުކުރޭ.
ޒުވާނާ.
20 May 2019
އައްޑޫގަ ނޫޅޭ ފަގީރުންނެއް ސަރުކާރުން ފަގީރުންނަކީ ކޮބައިތޯ ބަލާފަ ފަގީރުންނައް ބަހާބަލަ އައްޑޫހުވަދޫ އަކީ ބިންބޮޑު މަސްވެރި ސަރަހައްދެއް ދަނޑުވެރިކަމައް ބެލިޔަސް ބުއްދިހުރިމީހަކައްނަމަ މިކަން އެނގޭނެ
ދެން
20 May 2019
ފަގީރުކަން އަންގައިދޭ ކާޑެއް ހަދަންވެއްޖެނު. ހުރިހާ ދިމާއަކުން ފަސޭހަތައް ލިބޭގޮތަށް. ކަދުރާ ޒަކާތާ އެކަނި ބަހާކަށް ނޫނެއްނު ފަގީރުން ތިބެންވީ.
ނާގާބިލްސަރުކާރު
20 May 2019
ކަދުރާ ކަޅުވަކަރާ! މީދިވެހިންނައް ޖެހިފަ އޮތް 2 އަރަތް
ހަސަން ނުވަވަނަ
20 May 2019
ބޮލަކަށް އޮށެއް ދޭންވީނު
އަޑޫމީހާ
20 May 2019
ތި ފަގީރުންނަށް ބަހާ ހުސްކޮލާ
ހުސްކޮލާ
20 May 2019
ފަގީރު އުޅޭތަ ރާއްޖޭގަ؟
ރާއްޖެ
20 May 2019
ކަދުރު ޕެކެޓެއްވެސް ބަހާލަން ނޭގޭ ސަރުކާރެއް.
ޙަބީބު
20 May 2019
އެނގޭމީހުން ފެނިއްޖެ ލަދު
ސަކަމިޒާޖް
20 May 2019
ހިތަށް އަރާ މިމީހުން ހިސާބު ކިތާބު ދަސް ކުރީ ކޮންތަނަކުން ބާއޭ. ރައްޔިތުން އެބަ ޖެހޭ އަންނަން އޮތް ދައުރުގަ މޫނަކަށް ކަނދުރާ އަކަށް ޕާޓީއަކަށް ނުބަލާ ނިކަން ތަންދޮރު ދަންނަ މީހުން ކައުންސިލްތަކަށް ވައްދަން.
މަހޭޝް
20 May 2019
މަދުވީ ދޯ! އެހެންނުވާނީ މިފަހަރު ސަރުކާރު ބަދަލުވީމަ ކަދުރު ލިބުނީ ހަމައެކަނި ސަޢޫދީން. އެހެން ގައުމަކުން ކަދުރުކޮޅެއް މިފަހަރު ނުދިން. ދެން ތިވަރުން ފުއްދާލާ. ބޮލަކަށް އޮށެއް ދެވޭނެނު.
ހުންގާނު
20 May 2019
ތިދެން ބޮޑު ވަރު. ކަދުކޮޅެއް އިންސާފްވެރިކޮށް ބަހާލަން ނޭގުނު ބަޔަކަށް، ރައްޔިތުންނަށް ދެން އިތުރަށް ކޮށްދެވޭނީ ކޮންކަމެއް ބާއޭ ހިތަށް އަރާ. ސަހަނރޯ. މިޒަމާނުގަ ދެން ކަދުކޮޅެއް ނުލިބިގެން އުޅެނީ ކޮންބައެއް. ފަގީރުންނަށް ހަމަހަމަކޮށް ލިބުނު އެއްޗެއް ލިބުނު ވަރަކުން ބަހާލީމާ ނިމުނީނު. ދެން ތިބޮޑު އަރަތަކަށް ހަދަން ޖެހޭތަ.
ހަންބެތްޔާ
20 May 2019
ތިޔަކަދުރު ކޮޅުބަހާލަން ކާވެނީގެ ސެޓުފިކެޓާ ވަރީގެ ސެޓުފިކެޓު ހޯދަން ނުބުނެފީޔާ ރަނގަޅު