26 މެއި 2019 - 21:17
ވީ މީޑީއާގެ މުނިފޫހި ގޮފިން ގެނެސްދޭ، ޔޫސުފް (ޔޫއްޕެ) ޝަފީއު ޑައިރެކްޓްކޮށްފައިވާ ފިލްމު "ދައުވަތު" އަންނަ މަހުގެ 12 ގައި އޮލިމްޕަހަށް ގެންނަން ނިންމައިފި އެވެ.
މި އަހަރުގެ ކުރީކޮޅު ބ. ދަރަވަންދޫގައި ޝޫޓްކޮށްފައިވާ މި ފިލްމު އަޅުވާ ތާރީހު އިއުލާން ކުރުމާ އެކު މިހާރު އަންނަނީ ޓިކެޓް ބުކް ވެސް ކޮށްދެމުންނެވެ.
ޔޫއްޕެގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ "ދައުވަތު" އަކީ ލޯބީގެ ބިރުވެރި ފިލްމެކެވެ. މީގެ މައިގަނޑު ވާހަކަ އަކީ ސިހުރުހާރޫރައިގެ ސަބަބުން ކުރިމަތިވާ ހާދިސާތަކެވެ.
"ދައުވަތު" ގެ ލީޑް ރޯލުން ފެނިގެން ދާނީ ޔޫއްޕެ އެންމެ ފަހުން ގެނެސް ދިން ފިލްމު "ނަފުރަތުވުމުން" ގެ ވެސް މައިގަނޑި ކާސްޓެވެ. އެއީ އަލީ (ދޮންއައްޔަ) އާޒިމާއި މަރިޔަމް އައްޒަގެ އިތުރުން އަހުމަދު (އާނަންދު) އީސަ އެވެ.
"ދައުވަތު" ގެ ޓީޒާ.
މި އަހަރުގެ މިހާތަނަށް ހަތަރު ފިލްމެއް ވަނީ އޮލިމްޕަހަށް ގެނެސްފަ އެވެ. އެއީ ނިއުމާ މުހައްމަދުގެ "ނިވައިރޯޅި"، ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ގޮށްރާޅު"، ޔޫއްޕެގެ"40+" ގެ އިތުރުން އޭނާގެ "ނަފުރަތުވުމުން" އެވެ.
"ދައުވަތު" އަންނަ މަހު ރިލީޒް ކުރާ އިރު، ޑާކް ރެއިންގެ ކޮމެޑީ ފިލްމު "މާމުއި" ޖުލައި 1 ގައި ސިނަމާ އަށް ގެންނަން ތާވަލުކޮށްފައިވެ އެވެ. އެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންސާނާ
27 May 2019
ކޮބާ ނަހުލާގެ ލީނާ؟ އެ ފިލްމަށް އިންތިޒާރު ކުރާތާ ވަރަށް ގިނަ ދުވަސް ވެއްޖެ. ކުރިން ކީ ގައިމު އޭޕްރީލް މަހު އެ ފިލްމު ރިލީޒްވާ ވާހަކަ
ސިއްޖީނު
27 May 2019
މިއީ ތުރުކީ ފިލުމު ސިއްޖީން ގެ ކޮޕީއެއް. ސިއްޖީން އިރާލައިގެން ފިލުމު ހަދާއިރު ކޮޕީރައިޓް ކިޔަ އެއްޗެއް އޮންނަ ކަމެއް ނޭންގެ. ޔޫޓިއުބުގަ އެބަ ހުރި ސިއްޖީނު ބެލެން
ފޭކްކަން
27 May 2019
ބިންމާގެ ވާހަކަ އެކޭ ނުބުނީމަ ވ ފޭކް... ތި ވާހަކަ އެބައޮތް ނަސީބަކުން
ތެދު
27 May 2019
މީ އަދި ބިންމާގެ "ދައުވަތު" ވާހަކައެއް ނޫން! ބިންމާގެ ވާހަކަ މާ ރީތިވާނެ! ޔޫއްޕެ މިއުޅެނީ ތުރުކީގެ ބިރުވެރި ފިލްމް ކޮޕީ ކޮށްގެން!