ޝަރީއަތް ހިންގާ މާލަމެއް: ހައްޖު ހުއްދަ ދިނުމާ ގުޅޭ ކަންކަން މަޑުޖައްސާލުމުގެ އަމުރު ނެރެދެވެން ނެތް ކަމަށް ވަނީ ނިންމާފައި -- ފައިލް ފޮޓޯ/މިހާރު
21 މެއި 2019 - 15:00
ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ކުންފުނިތަކަށް ދިނުމުގެ މައްސަލައިގައި ސިސިލްފަރު ކުންފުނިން ކޯޓަށް ހުށަހެޅި މައްސަލަ ނިމެންދެން، އެ ހުއްދަ ދޫކުރުން މަޑުޖައްސައިލުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ.
ރާއްޖެ އިން މި އަހަރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ އަށް އެދި ހުށަހެޅި ކުންފުނިތަކުގެ ތެރެއިން ހަ ކުންފުންޏަކަށް އެ ހުއްދަ ދޭން އިސްލާމިކް މިނިސްޓްރީން އޮތީ ނިންމައިފަ އެވެ. އެކަމަށް އެދި ހުށަހެޅި ކުންފުނިތަކަށް ޕޮއިންޓް ދިނުމުގައި އަމަލުކުރި އުސޫލާ މެދު ހިތްހަމަނުޖެހިގެން ސިސިލްފަރު ކުންފުނިން ވަނީ ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. އަދި އެ މައްސަލަ ކޯޓުން ނިމެންދެން، ކުންފުނިތަކަށް ހުއްދަ ދިނުން މަޑުޖައްސައިލުމުގެ އަމުރަކަށް އެ ކުންފުނިން އޮތީ އެދިފަ އެވެ.
އެކަމަކު، ސިވިލް ކޯޓުން މިއަދު ނިންމި ނިންމުމުގައި ވަނީ ވަގުތީ އަމުރު ނެރުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ މައްސަލަ އާއި ޝަރީއަތް ކުރުމާ ބެހޭ ގަވާއިދަށް ބަލާއިރު އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރެދޭންޖެހޭ ކަމެއް މެދުވެރިވެފައި ނެތް ކަމަށެވެ. އަދި އެފަދަ ވަގުތީ އަމުރެއް ނެރެފި ނަމަ، މައްސަލައިގެ މައުޟޫއު އަށް ގޮތެއް ކަނޑައެޅިގެން ދާނެ ކަމަށް ބެލެވޭ ކަމަށް ބެލެވޭ ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.
އެހެންވެ، ސިސިލްފަރުން އެދުނު ފަދައިން ވަގުތީ އަމުރެއް ނެރެދޭންޖެހޭ ސަބަބެއް ނެތް ކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.
ސިސިލްފަރުން ހުށަހެޅި މައްސަލާގައިވަނީ ކުންފުނިތަކަށް ޕޮއިންޓް ދިނުމުގައި އިސްލާމިކް މިނިސްޓްރީން އަމަލުކުރީ ގޯސްކޮށް ކަމަށެވެ. އެކަމަކު އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ އެކަމުގައި އެ މިނިސްޓްރީން އަމަލުކުރީ އުސޫލާ އެއްގޮތަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮރިޖިނަލް މޮހަނު
22 May 2019
ނަސީބެއްނުން. ނާއެހެންޏާފަހެ ބަޔަކު ކޯޓަށްލާ ކޭހަކުން ދިވެހިން ޙައްޖަށްނުދެވި ހުންނަންޖެހިދާނެ 'މަޑު ޖެއްސި' ޖެއްސީނު.
Ahmed
21 May 2019
ޒިޔާދު ބާގިރު އާ ދިމާލަށް ކުރިން ނާޒިމް ސައްތާރު މެން ނުގޮވާކަށް އެއްޗެއް ނެތް. މިއަދު ޒޔާދު ބާގިރު ގްރޫޕްގެ ވެރިއަކަށް ލައިގެން ނުހޮވުނީމާ ގޯސް މިވަނީ އުސޫލް. މަސް ނުބޭނުނީމާ ކަނޑު.