ކުރިން ރޯގާއެއް ފެތުރުނު ދުވަސްވަރު ބަޔަކު ފަރުވާ ހޯދަން ހޮސްޕިޓަލުގައި: މިދުވަސްވަރު ޑެންގީ އާއި ޗިކުންގުންޔާ ޖެހޭ މިންވަރު ދަނީ އިތުރު ވަމުން-- ފޮޓޯ: މިހާރު
22 މެއި 2019 - 11:32
މަދިރީގެ ޒަރިއްޔާއިން ފެތުރޭ ދެ ރޯގާ ކަމަށްވާ ޑެންގީ އާއި ޗިކުންގުންޔާ ޖެހުނު މީހުން ވޭތުވެދިޔަ ހަފްތާގެ ތެރޭގައި އިތުރުވެފައިވާ ކަމަށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ހިސާބުތަކުން ދައްކައިފި އެވެ.
ކޮންމެ އަންގާރަ ދުވަހަކު އެޗްޕީއޭއިން ހާމަ ކުރާ ތަފާސްހިސާބުތަކަށް ބަލާއިރު ޗިކުންގުންޔާ ޖެހިގެން މިދިޔަ ހަފްތާގެ އަންގާރަ ދުވަހާ ހަމައަށް މި އަހަރު 926 މީހުން ފަރުވާ ހޯދާފައިވާއިރު އިއްޔެގެ ނިޔަލަށް މި އަހަރުގެ މިހާތަނަށް ފަރުވާ ހޯދި މީހުންގެ އަދަދު ވަނީ 1064 އަށް އިތުރު ވެފަ އެވެ. ހަފްތާއެއްގެ ތެރޭގައި އެބަލި ޖެހުނު މީހުންގެ އަދަދު މި ވަނީ 138 އިތުރު ވެފަ އެވެ.
މިމަހުގެ މިހާތަނަށް ޗިކުންގުންޔާ ޖެހިގެން އެންމެ ގިނައިން ރިޕޯޓް ކޮށްފައިވަނީ މާލެއިންނެވެ. އެއީ 377 މީހުންނެވެ. މިދިޔަ ހަފްތާގެ އަންގާރަ ދުވަހާ ހަމައަށް އެ އަދަދު ހުރީ 375 ގަ އެވެ. ވޭތުވެދިޔަ ހަފްތާގެ ތެރޭގައި އެންމެ ބާރަށް އެ ބަލި ފެތުރިފައި ވަނީ ރ. އަތޮޅުގަ އެވެ. މިދިޔަ ހަފްތާގެ ތެރޭގައި އެ އަތޮޅުން ވަނީ އެ ބަލި ޖެހިގެން 112 މީހުން ފަރުވާ ހޯދައިފަ އެވެ.
ޗިކުންގުންޔާ ޖެހުނު ކުޑަ ދެ ކުއްޖެއްގެ ސިކުނޑި އިންފެކްޓް ވެގެން އައިޖީއެމްއެޗުގައި މިހާރު އަންނަނީ ފަރުވާ ދެމުންނެވެ. މިދިޔަ ހަފްތާގައި އެޑްމިޓް ކުރި އެ ދެ ކުދިންގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
• ގަދަޔަށް ހުންއައުން • ބޮލުގައި ރިއްސުން • ހުޅުހުޅުގައި ރިއްސުން • ގައިން ބިހިނެގުން • ވަރުބަލިވުން އިތުރުވުން • މޭނުބައިކުރުމާއި ހޮޑުލެވުން • ކާހިތްނުވުން ކަހަލަ ކަންތައްތައް
މި ބަލީގެ އަލާމާތްތައް ފެނިއްޖެ ނަމަ ވީހާ ވެސް އަވަހަށް ޑޮކްޓަރަށް ދައްކަން އެޗްޕީއޭ އިން އިލްތިމާސްކުރެ އެވެ.
ޑެންގީ ޖެހިގެން މިދިޔަ ހަފްތާގެ އަންގާރަ ދުވަހާ ހަމައަށް މި އަހަރު، 2102 މީހުން ފަރުވާ ހޯދާފައިވާއިރު އިއްޔެގެ ނިޔަލަށް މި އަހަރުގެ މިހާތަނަށް ވަނީ އެ ބަލި ޖެހިގެން 2207 މީހުން ފަރުވާ ހޯދައިފަ އެވެ. އެހެންކަމުން ހަފްތާއެއްގެ ތެރޭގައި ޑެންގީ ޖެހުނު މީހުންގެ އަދަދު ވަނީ 105 އަށް އިތުރު ވެފަ އެވެ.
މި މަހު އެންމެ ގިނައިން ޑެންގީ ޖެހިގެން ރިޕޯޓް ކޮށްފައި ވަނީ ހދ. އަތޮޅާއި ނ. އަތޮޅުގެ އިތުރުން ރ. އަތޮޅާއި ބ. އަތޮޅުންނެވެ. ހދ. އަތޮޅުން މި މަހު މިހާތަނަށް 44 މީހަކު ޑެންގީ ޖެހިގެން ފަރުވާ ހޯދާފައިވާއިރު ނ. އަތޮޅުން ވަނީ 36 މީހަކު ފަރުވާ ހޯދައިފަ އެވެ. އަދި ރ. އަތޮޅުން 36 މީހަކު ފަރުވާ ހޯދާފައިވާއިރު ބ. އަތޮޅުން ވަނީ 34 މީހަކު ފަރުވާ ހޯދައިފަ އެވެ.
ޑެންގީ ހުމުގެ އަލާމާތްތަކުގެ ތެރޭގައި ގައިގައި ރިއްސުމާ އެކު ހުން އައުމާއި ބޮލާއި ލޮލުގައި ރިއްސުން އަދި ހަމުގައި ކުދި ރަތް ބިހި ނެގުން ހިމެނެ އެވެ.
- ގެ އާއި ގޯތި ތެރޭގައި ހުންނަ، ފެން ހަރުލާ ތަންތަނާއި ތަކެތި ހަފުތާއަކު އެއް ފަހަރު ނައްތާލުން ނުވަތަ ހުސްކުރުން
- މަގުމައްޗާއި ގޯތިތެރެ އާއި ވައިގޮޅި ފަދަ ތަންތަނަށް ކުނި ނޭޅުން، ޑަސްބިން ފަދަ ތަކެތި މަތި ބަންދުކޮށްފައި ބެހެއްޓުން
- މަދިރިން ރައްކާތެރިވުމަށް ހަށިގަނޑު ނިވައި ކުރުމާއި މަދިރި ލޯޝަނާއި ސްޕްރޭ ފަދަ ތަކެތި ބޭނުން ކުރުން
- ގެއަށް މަދިރި ވަނަ ނުދިނުމަށް، އިރުއޮއްސޭ ވަގުތާއި އިރުއަރާ ވަގުތު ދޮރުތައް ލައްޕާފައި ބެހެއްޓުން
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމްކް
22 May 2019
ޑެންގީއަށްވުރެ ޗިކަންގުންޔާގެ ވޭން މާ ގިނަ ދުވަހަށް ދެމިގެންދޭ. ޑެންގީ ޖެހުމަށްވުރެ މާ ބިރުވެރި ގުންޔާ ޖެހުން. އެތައް މަހެއްވާއިރުވެސް ރިހުން ރަގަޅުނުވޭ، ކުރިއާ އެއްގޮތަށް ހުރިހާ ހަރަކާތެއްނުކުރެވޭ.
ޙަމްދޫން. ބޮންޒޯ. ތ.ދިޔަމިގިލި
22 May 2019
ޢަސްލު އަހަމަދު މުހައްމަދަށް ސިފާ އަކަށް އެދެން
ތެދު
22 May 2019
ދިވެހި ސިއްހީ ނިޒާމަށް ދުވަހަކު ވެސް އިތުބާރެއް ނުލިބެއެވެ. އެއްކަންތަށް ރަގަޅު ވެއްޖެ ނަމަ އަނެއް ހަކަންރަށް ގޯސް ވާނެއެވެ.
ޢިސްތިއުފާއަމީން
22 May 2019
މި ނުރައްކާތެރި 2 ބަލި ފެތުރެނީ މަދިރީން. 1 އަކަ ކިލޯމީޓަރު ހަމަނުވާ މާލޭގައި މަދިރި ކޮންޓްރޯލް ކުރަން ނުކުޅެދޭ ހެލްތްމިނިސްޓްރީ އެއް ރައްޔިތުން ބޭނުމެއްނޫން!
ބަބުރަންޖީ ހާޖީ
22 May 2019
ވެމްކޯއިން ހަރުދަނާގޮތެއްގާ ކުނިނަގަނިއްޔެއްނޫން. ދެން ތި ޗިކަންތަކާ ކުކުޅުތަކާ ދެންހުރި ސޫފާސޫފީގެ ބާވަތްތައްވެސް ނުޖެހުނިއްޔާ ދެރައެއްނު.
މަރޭމިތުރު
22 May 2019
މިހާރު އެބަހުރި މަދިރި ނާންނަ އެޕްލިކޭޝަންތައް. ފޯނަށް އެޕްލިކޭޝަން ޑައުންލޯޑުކޮށް އެއިން އެއިވޭ އަޑުން މަދިރި ކޮންޓްރޯލުކުރެވޭ ، މީތި ބަރާބަރަށް ވޯކުވެސް ކުރޭ! ނިދަންވީމަ އެޕްލިކޭޝަން ބޭނުންކޮށްލުން ރަނގަޅު.
ސާރިމު
22 May 2019
ލޮލް.
ސާރިމު
22 May 2019
ކޮން ގަމާރެއް ދެއްކި ވާހަކަ އެއްތޯ؟
ބަޖިޔާ
22 May 2019
އިންޓަރނެޓްގަ އޮތިއްޔާ އެ ވާނީ ތެދު ވާހަކަ އަކަށް.
ހައްޖަ
22 May 2019
ދިވެހިން އަދިވެސް މިކަހަލަ ފޭކް ހަބަރުތައް އެއްވެސް ލޮޖިކް އެއްނެތި ގަބޫލު ކުރާތީ ލަދުވެތިވޭ.
ހެޔޮ ދުޢާ
22 May 2019
ޔާ ﷲ ! މިފަދަ ނުރައްކާތެރި ފެތުރޭ ބަލިޔަލުން އަޅަމެން ނާއި މި ޤައުމުގެ އެއްމެފާ ރައްޔިތުން ސަލާމަތް ކުރައްވާން ދޭވެއެވެ.
ހަމަ ބުއްދި
22 May 2019
އިންޑިއާ އިން ޕޮލިސް ޓްރެއިނިން ސެންޓަރެއް ހަދަންވީ އަކީ ނޫނެވެ.ކުރަންވީ ކަމަކީ އިންޑިއާއިން ރާއްޖެއަށް އެތެރެވާ މިކަހަލަ ފެތުރޭ ބަލަތިތަށް ނައްތާލަން މި ރާއްޖޭގެ ނާޤާބިލް ސިއްހީ ދާއިރާއަށް އެހީވާން ވީއެވެ.
ހަސަން ނުވަވަނަ
22 May 2019
ސީއްހީ ނިޒާމް ރަނގަޅުކުރަން ތަރައްގީގެ ޕްރޮޖެކްޓެއް ހިންގަން މިއިން ކަމަކާ އުޅެވޭނީ ރިޒާވް ސްވޮޕް ކޮށްފައެއްނު. އެއްމެ މަތިނެ ފެށިގެން ތިރިއަށް ހުސް ސްވޮޕަރުން. ޖަޒީރާގެ އާ ބަސްތައް: ވައްކަންކުރުން - ސްވޮޕްކުރުން ވަގުން - ސްވޮޕަރުން