ޚަބަރު / މާލެ

ޖުމްހޫރީ މައިދާނުގައި ހުންނަ ފެންއަރުވާ ވަޑާން ތެރެއަށް ރަތް ކުޅު!

ޖުމްހޫރީ މައިދާނުގައި ހުންނަ ފެންއަރުވާ ވަޑާމުގެ ތެރެއަށް ބަޔަކު ރަތް ކުޅު ޖަހާފައި. --- ފޮޓޯ: ޝަމާއު

ދިވެހިންނާއި ބިދޭސީން އާންމުކޮށް ގޮސް އުޅޭ ޖުމްހޫރީ މައިދާނުގައި ހުންނަ ފެންއަރުވާ ވަޑާމުގެ ތެރެއަށް ރަތް ކުޅު ޖެހުން އާންމުވެފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޖުމްހޫރީ މައިދާނަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގައުމީ އެއްބައިވަންތަކަން ރަމްޒުކޮށްދޭ މޮނިއުމަންޓަކާ އެކު ހިތްގައިމު ގޮތަކަށް ތައްޔާރު ކުރި ފެންއަރުވާ ވަޑާމަކީ ރާއްޖޭގެ ޖުމްހޫރިއްޔާއަށް 50 އަހަރު ފުރުނު މުނާސަބަތާ ގުޅުވައިގެން ހެދި ތަނެކެވެ. އެކި ކުލަތަކުން ދިއްލޭ ގޮތަށް ފެންއަރުވާ ވަޑާން ހެދީ އާންމުންނަށް ވެސް އެތަނުގެ ތެރެއަށް ވަދެވޭ ގޮތަށެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރު ޝަމާއު ރޭ ކުރެއްވި ޓުވީޓު.

މާލޭގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގިނަ އަދަދެއްގެ ކުޑަކުދިން ގޮސް އުޅޭ ޖުމްހޫރީ މައިދާނުގައި ހުންނަ ފެންއަރުވާ ވަޑާމަކީ ރަތް ކުޅު ޖަހަން އޮންނަ ތަނެއް ނޫން ކަމަށެވެ. އަދި މިފަދަ ހުތުރު އަމަލުތަކުން ދުރުވާން ޖެހޭ ކަމަށް ވެސް ޝަމާއު ވިދާޅުވި އެވެ.

"އެއް ބަޔަކު ކިތަންމެ ވަރަކަށް މިފަދަ ތަންތަން ސާފު ކުރިޔަސް، އަނެއް ބަޔަކު ހަމަ އެއްވެސް އެއްޗެއް ހިތަށް ނާރާ. މިފަދަ ހުތުރު އަމަލުތަކާ ދުރުވާން ޖެހޭ،" ފެންއަރުވާ ވަޑާމުގެ ތެރެއަށް އެކި ފަހަރު މަތިން ޖަހާފައި ހުރި ރަތް ކުޅުގެ ފޮޓޯތަކާ އެކު ޝަމާއު ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ.

"ބެލެވޭ ގޮތުގައި މިކަން ކުރަނީ ޗާންދަނީ މަގުން ހިނގާފައި ދާ މީހުން ނޫނީ އެ ދިމާލުގައި އިށީނދެގެން ތިބޭ މީހުން. މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް،" --- ޝަމާއު

ޝަމާއު ކުރެއްވި ޓުވީޓުގެ ތަފްސީލް ދެއްވައި އޭނާ "މިހާރު" އަށް ވިދާޅުވީ ޖުމްހޫރީ މައިދާނުގައި ހުންނަ ފެންއަރުވާ ވަޑާމުގެ ތެރެއަށް ރަތް ކުޅު ޖެހުން އާންމު ކަމަކަށް ވެފައިވާ ކަމަށެވެ. އެގޮތުން ރަތް ކުޅު ޖަހަނީ ޗާންދަނީ މަގަށްވާ ފަޅިއަށްވާ ދިމާލަށް ކަމަށް ވެސް ޝަމާއު ވިދާޅުވި އެވެ.

"ކޮންމެ ދުވަހަކު ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދު ސާފު ކުރާނެ. ރަތް ކުޅު ޖަހާފައި ހުންނާތީ ބައެއް ފަހަރު މާބޮޑަށް ސާފު ކުރަން އެބަޖެހޭ،" ޝަމާއު ވިދާޅުވި އެވެ.

ޖުމްހޫރީ މައިދާނުގައި ހުންނަ ފެންއަރުވާ ވަޑާން ތެރެއަށް ރަތް ކުޅު ޖަހާފައި. -- ފޮޓޯ: ޝަމާއު

"ބެލެވޭ ގޮތުގައި މިކަން ކުރަނީ ޗާންދަނީ މަގުން ހިނގާފައިދާ މީހުން ނޫނީ އެ ދިމާލުގައި އިށީނދެގެން ތިބޭ މީހުން. މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް."

ޝަމާއު ވިދާޅުވީ މާލޭގެ މަގުތަކަށް ރަތް ކުޅު ޖަހަމުން ދާތީ އެކަމަށް ހައްލެއް ހޯދުމަށް ނުރަސްމީކޮށް ކައުންސިލްގައި މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި އެކަން އާންމު ކަމަކަށް ވާތީ، އެކަމާ މެދު ފިޔަވަޅު އަޅަން ޖެހޭ ހިސާބަށް މިހާރު ގޮސްފައިވާ ކަމަށް ވެސް ޝަމާއު ވިދާޅުވި އެވެ.

"ބާޒާރުމައްޗާއި ހޮސްޕިޓަލްތައް ކައިރިއަށް ރަތް ކުޅު ޖެހުމަކީ ވެސް އާންމު ކަމެއް. ރަތް ކުޅު ޖެހުން ހުއްޓުވަން ކުރަން ޖެހޭ ހިސާބަށް ހިނގައްޖެ،" ޝަމާއު ވިދާޅުވި އެވެ.

ޝަމާއުގެ ޓުވީޓާ ގުޅިގެން ހިޔާލު ފާޅުކުރި ބައެއް މީހުން ބުނީ ރަތް ކުޅު ޖެހުން ހުއްޓުވޭނީ އެކަން ކުރާ މީހުން ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްގެން ކަމަށެވެ. އަދި އެހެން ބައެއް މީހުން ބުނީ އެފަދަ ކަންކަން ހުއްޓުވޭނީ އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ތަފާތު ކަންކަން ކުރީމަ ކަމަށެވެ.

58 ކޮމެންޓް, 53 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 8%
icon angry icon angry 62%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލަދުު

22 May 2019

ރަތްކުޅު ޖަހާތަން ފެންނަ ކޮންމެ މީހަކު އެކަން ކުރަނިކޮށް އެ މީހެއްގެ ފޮޓޯއެއް ނަގާފަ ލާންވީ ސޯޝަލް މީޑިއާއަށް. އެ ފޮޓޯތައް އެންމެން ތެރޭ ދައުރުވާކަން އެނގެން ފެށީމަ ލަދުން އެކަން ކުރާ މީހުން ހުއްޓާލަފާނެ ކަންނޭނގެ. ނޫހުގައިވެސް "ރަތްކުޅުގެ ވެރިން" ކިޔާފަ ވަކިން ފޮޓޯޖަހަން ފަށަންވީ.

The name is already taken The name is available. Register?

Izumiya

22 May 2019

ކެމެރާ ހަުކުރޭ އަދި. ޢެފަދަ މީހުން ޖުރްމަނާ ކުރޭ

The name is already taken The name is available. Register?

ކޮތަރު

22 May 2019

ސުޕާރީއާއި ދުފާ އެއްޗިހި މަނާ ކުރަންޖެހޭ

The name is already taken The name is available. Register?

މިއަދު

22 May 2019

ދެރަވަރުކަމެއް ރައިސްޔާމީނުކުރިއަސް ރަގަޅުކަންތައް ހަމަރަގަޅުވާނެ ހީވާގޮތުން ތިއީ ތިތަނަށްބޮޑުބަދަލެއްގެނައުމަށް ނުވަތަ ތަން ނެތިކޮށްލުމަށް މާލެ ސިޓީ ކައުންސިލުން ހިނގިކަމެއްހެން

The name is already taken The name is available. Register?

ޙަބީބު

22 May 2019

ކަމެއް ނުކުރާށޭ އެއީގޯސްކަމެކޭ ބުނެފިތަ ކުރާނެ ދިވެހިންގެ ނާތަހުޒީބުކަމާ ކަންނެތްކަމުން ބަންގާޅިން މިވަރައް ގިނަވަނީވެސް ދެންދަރިންގެ ތަރުބިއްޔަތު ހުންނާނެގޮތް ވިސްނާ ޖެއްސުންކުރުންވެސް ހައްދުފަހަނަ އަޅާފަ ކާކައް ހަޑިވަނީ ބޭރުމީހުން ކުރިމަތީ ތިމާގެ އަގުވެސް ވެއްޓޭ

The name is already taken The name is available. Register?

ފަކުރުޖަހާނު

22 May 2019

ކަލޭނޭ މިބޭރުމީހުން މުޅިމިމާލެ ގޮނޑަކަށްހަދާ ރަތްކުޅުތަޅާ ހަޑިކޮށްފަ މިއޮންނަނީ. އަދިވެސް އެމީހުން ނުގަވައިދުން އެތެރެކޮށްގެން މުއްސަނދިވާ މީހުން ނުއްސަނދިވަނީ

The name is already taken The name is available. Register?

ފީކުދާން

22 May 2019

ތިހެން މުޅި މާލެވެސް !މަގުމަތީ ފާރުގެ ކުލަޔަކަށް ރަތްކުޅު ނުފެންނަ ދިމާލެއް މަދުވާނެ. ޙިގާފައިދާމީހުން ގަޔަށްވެސް އެބަޖެހޭ.

The name is already taken The name is available. Register?

ކަންއޮތްގޮތް

22 May 2019

އެތަން ބަލަހައްޓައި، ފެންއަރުވާއަރުވާހުއްޓާ ކުޅެއްނުޖަހާނެ. ކުޅުޖަހާހަދާނީ އެފެންވަރަށް ބެލެހެއްޓުމުގެ ޙާލަތު ދަށްވީމަ. ޓުވީޓުކުރާ ތިކުދިންނަށް ކެރޭނީ ޓުވީޓުކޮށް ރައްޔިތުންގެ ނުބައިކަމާއި ނުކުޅެދޭކަން ދެއްކުމާއި މިމީހުންގެ ބެލެހެއްޓުންތެރިކަން ދެއްކުން. ތިތަނުން ފެންއަރުވައި، ތިތަން ބެލެހެއްޓިއިރު ކުޅެއްނުޖަހާ! ކޮތަރުގުޔާއި ނަޖިހުން ތަންތަޣައްޔަރުވެފައިވާތަނަކަށް ރައްޔިތަކު ރަތްކުޅުޖަހައިގެން އެމީހާ ކުށްވެރިކުރަން ނޫޅުއްވާ!

The name is already taken The name is available. Register?

3000

22 May 2019

ދުފުމަކީ ތަހުޒީބު ތަންތާ ކުރާކަމެއް ނޫން. ޔޫއޭއީގަ ދުފުމާ ދުފާ އެއްޗިހި އެތެރެކުރުން މަނާ ކުރިހެން ރާއްޖޭގައިވެސް މަނާ ކުރޭ.

The name is already taken The name is available. Register?

ކޮތަރު

22 May 2019

ދިވެހިންނަކީ ވަރަށް ނާތަހުޒީބު ބައެއް. ކައި ނިމޭއިރަށް ގޮވާލާނެ ބާއީ ނާޓްސް ގެނޭ.

The name is already taken The name is available. Register?

ނަންފުޅު

22 May 2019

މައުޅޭ ހިސާބުގައި ހުންނަ ގުދަނެއްގައި އުޅޭ ބަންގާޅީން ގަދަޔަށް ދުފާފައި މުޅިހިސާބަށް ކުޅުތަޅަޔެވެ. ބަންގާޅީ އެންމެން ނުދުފިއެއް ކަމަކު ގަދަޔަށް ދުފާފަ މުޅިހުސާބަށް ކުޅުތަޅާ ބަންގާޅީންވެސް މިރާއްޖޭގައި އުޅެއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454