އަޔަކްސްގެ އުއްމީދީ ޑިފެންޑަރު މަތައިސް ޑި ލީޓް.--
25 މެއި 2019 - 13:14
މެންޗެސްޓާ (މެއި 25) - ޔޫރަޕުގެ ވަރަށް ގިނަ ކްލަބްތަކަކުން ފާރަލަމުން އަންނަ އަޔަކްސްގެ އުއްމީދީ ޑިފެންޑަރު މެތިއަސް ޑި ލީޓް ގަންނަން މެންޗެސްޓާ ޔުނައިޓެޑުން މަޝްވަރާތައް ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޑި ލީޓް ވަނީ މީގެ ކުރިން އިންގްލެންޑްގެ ކްލަބް ލިވަޕޫލާ ވެސް ބައްދަލުކޮށްފަ އެވެ. އެކަމަކު އޭރު ޑި ލީޓްގެ ވިސްނުން ހުރީ ބާސެލޯނާ އަށް ބަދަލުވުމަށެވެ. އެކަމަކު ޑި ލީޓްގެ އޭޖެންޓް މިނޯ ރައިއޯލާގެ ބައެއް ހުށަހެޅުންތަކާ މެދު ބާސެލޯނާ އިން އެއްބަސްވުމުގައި ލަސްކުރަމުން އަންނާތީ އެ ފުރުސަތުގެ ބޭނުންހިފައި ޔުނައިޓެޑުން ވަނީ ޑި ލީޓާ ވާހަކަ ދައްކަން ފަށައިފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑްގެ ވައިސް ޗެއާމަން އެޑް ވުޑްވާޑާއި ރައިއޯލާ ވަނީ ބުރާސްފަތި ދުވަހު ލަންޑަންގައި ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމަކީ ރައިއޯލާ އޭޖެންޓްކަން ކުރަމުން އަންނަ ޔުނައިޓެޑްގެ ޕައުލް ޕޮގްބާގެ މުސްތަގުބަލާ ބެހޭގޮތުން ވާހަކަ ދެއްކުމަށް ތާވަލްކުރި ބައްދަލުވުމެކެވެ. އެކަަމަކު އެ ބައްދަލުވުމުގައި ވުޑްވާޑް ވަނީ ޔުނައިޓެޑުން ޑި ލީޓް ގަންނަން ޝައުގުވެރިވާކަން ހާމަކޮށްފަ އެވެ.
އުމުރުން 19 އަހަރުގެ ޑި ލީޓް ހޯދަން ޔުނައިޓެޑުން މަސައްކަތް ފަށާފައިވާއިރު، އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން އަންނަނީ ޔުނައިޓެޑާ ގުޅުން ހުރި ޕޯސްޓްތަކަށް ލައިކްކުރަމުންނެވެ. ރިޕޯޓްތައް ބުނާގޮތުން ޑި ލީޓް ގަންނަން ޔުނައިޓެޑުން ކުރާ މަސައްކަތުގެ ތެރޭގައި އާޖެންޓީނާގެ ޑިފެންޑަރު މާކޯސް ރޯހޯ ދޫކޮށްލަން ވަނީ ނިންމައިފަ އެވެ.
އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ގިނަ ބަދަލުތަކެއް ޔުނައިޓެޑްގެ ޓީމަށް ގެންނަން އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވަނީ ނިންމައިފަ އެވެ. އެ ގޮތުން ގިނަ ކުޅުންތެރިންތަކެއް ޔުނައިޓެޑް ދޫކޮށްލުމުގެ ފުރުސަތު އެބައޮތް ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޔުނައިޓެޑުން ފާރަލަމުން އަންނަ ކުޅުންތެރިންގެ ތެރޭގައި ލިޔޯނުގެ ފޯވާޑް މުސާ ޑެމްބެލޭ އާއި ސްވަންސީ އަށް ކުޅޭ ވޭލްސްގެ ވިންގް ޑެނިއަލް ޖޭމްސް ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިނބޫ
25 May 2019
ޑިލީޓް ހަހަހަ
މެސީ
25 May 2019
ޑީ ޅީޓް ތި ދަނީ އެއްމެ ފޭކް ޓީމަށް.
ކުށް ހީ
25 May 2019
ޑީ ލީޓް ގެންދަން ބާސާގެ ކިބައިން އެދެން.. އަހަރެން ހީކޮށްގެން މިހުރީ ޑީ ޅީޓް އަކީ މިހާރު ބާޝާގެ ކުޅުއްތެރިއެއް ކަމަށް.. އަޔަކުސް ގައި ޑީ ލީޓް ދެއްކި މޮޅު ކުޅުމަށް ވަރަށް ބޮޑަށް ތައުރީފު ކުރަން
މީނަ
25 May 2019
ޑީ ލިޓް ވަރަށް އަވަހަށް ބާސާޔާ ގުޅޭނެ.
ހަގީގަތް
25 May 2019
ބާރސާ މިހާރުވެސް ފުރިފަ އޮތީ. ބާރސާގެ މައްސަލައަކީ ކުޅުންތެރިން ނެތުމެއް ނޫން. ފޭނުންނަށް ވަރަށް ސާފުވާނެ މިހާރު.
މީނަ
25 May 2019
ހަގީގަތަށް. ކޮން ގޮތަކުން ބާސާ ފުރިފައޮތީ. ޕީކޭޔަށް މިހާރު 32 އަހަރު. އޭނަގެ ރިޕްލޭސްމަންޓެއް ބޭނުންވޭ. ޕީކޭގެ އެންމެ ފުރިހަމަ ރިޕްލޭސްމަންޓަކީ ޑި ލީޓް. ދެން ހުރީ ދެ ލެފްޓް ސެންޓާރ ބެކް ކަމުގައިވާ އުމްޓިޓީ އަދި ލެންގްލެޓް. ޓޮޑީބޯ އަދި އެއް އަހަރު ބޭނުންވާނެ ރަނގަޅަށް ހޭނެން. ވާރމެލިއަން މުރީލޯ ބާސާޔަކު ނުހުންނާނެ. ބާސާޔަށް ބޭނުންވޭ ބެކްއަޕް ލެފްޓް ބެކް، ބެކް އަޕް ސްޓައިކާ އަދި ޕްރޮމިސިންގް ލެފްޓް ވިންގަރެއް. ޑި ލީޓް ނުލައި މިމަގާމުތަށް މުހިންމު