ރިވައިވަލް ސްޕޯޓްސްގެ މުއައްސިސް ޒަޔާން ވާހަކަދައްކަނީ.
03 ޖޫން 2019 - 11:16
ޒުވާން އުމުރެއްގައި، މި އަހަރުގެ ކުރީކޮޅު ގައުމީ ބެޑްމިންޓަން ޓީމަށް ކުޅުން ހުއްޓާލި ހުނަރުވެރި ކުޅުންތެރިޔާ އަހުމަދު ޒަޔާން ޝަހީދު ޒަކީ، ރިވައިވަލް ސްޕޯޓްސްގެ ނަމުގައި ކުޅިވަރު ކްލަބެއް އުފައްދައި ޕްރޮފެޝަނަލް ކޮންޓްރެކްޓެއްގެ ދަށުން ބެޑްމިންޓަން ކުޅުންތެރިންގެ ސޮއި ހޯދައިފި އެވެ.
އެންމެ ފަހުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ގައުމީ ފިރިހެން ޓީމު ރިހި މެޑަލް ހޯދިއިރު ބޮޑު ހިއްސާއެއްވި އޭރުގެ ކެޕްޓަން މިދިޔަ ފެބްރުއަރީ ގައުމީ ޓީމާ ވަކިވީ، ހަމަހަމަ ފުރުސަތުތަކެއް ނުލިބޭ ކަމަށް އިޝާރާތްކޮށްފަ އެވެ.
ކްލަބުގެ މުއައްސިސް ޒަޔާން ބުނީ ކްލަބުގެ ވިސްނުމަކީ ކުޅިވަރުން ރާއްޖެ އަށް ގައުމީ ފެންވަރުގައި އަދި ބައިނަލްއަގްވާމީ ފެންވަރުގައި ކާމިޔާބީ ހޯދައިދިނުމާއި ކުޅިވަރުގެ ތެރޭގައި އިހުތިރާމާއި ސުލްހަ އަދި ތަހައްމަލުކުރުން އަށަގަންނުވައި ދެމެހެއްޓެނެވި ކުރިއެރުން ހޯދުން ކަމަށެވެ.
ކްލަބް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވަނީ ޒުވާން، ހުނަރުވެރި ކުޅުންތެރިން ޕްރޮފެޝަނަލް ކޮންޓްރެކްޓެއްގެ ދަށުން ގެނައުމަށް ރިވައިލް ސްޕޯޓްސް އިން ފެށި މަސައްކަތަށް ތައުރީފްކުރައްވައިފަ އެވެ. އަދި ރާއްޖޭގައި ބެޑްމިންޓަން ކުރިއެރުވުމަށް ސަރުކާރުން އިސްކަންދޭ ކަމަށާއި އެ ކުޅިވަރުގެ ކުރިއެރުވުމަށް މިނިސްޓްރީން ފުރިހަމަ ސަޕޯޓް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ބެޑްމިންޓަން ކުޅުންތެރިޔާ ތޯއިފް (ކ) ރިވައިވަލް ސްޕޯޓްސް އަށް ސޮއިކުރަނީ.
ރިވައިވަލް ސްޕޯޓްސް އިން ބުނި ގޮތުގައި އެހެން ކުޅިވަރުތަކުން ވެސް އެތުލީޓުން ތަމްރީންކްކުރާނެ ފުރުސަތުތަކަށް ބަލައި އެކަމަށް ޕްލެޓްފޯމެއް ހޯދައިދޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
އެ ކްލަބުން އެއް ވަނަ ޑިވިޝަން ކުޅުންތެރިންގެ ގޮތުގައި ޕްރޮފެޝަނަލް ކޮންޓްރެކްޓް ދިނީ އަހުމަދު ތޯއިފާއި ރިޝްވާން ޝިޔާމަށެވެ. ދެ ވަނަ ޑިވިޝަން ކުޅުންތެރިންގެ ގޮތުގައި ސޮއިކުރީ މުހައްމަދު ސާރިމާއި އިބްރާހިމް ރާޝިހު އަދި އައްފާން އަލީ އެވެ.
މީގެ ތެރެއިން ތޯއިފަކީ ވެސް ހަމަހަމަ ފުރުސަތުތަކާއި ހައްގުތައް ލިބޭ ކަމަށް ގަބޫލުނުކުރާ ކަމަށް ބުނެ އަދި އަމިއްލަ ސަބަބުތަކެއް ވެސް ހުރުމާ އެކު ދާދި ފަހުން ގައުމީ ޓީމަށް ކުޅުން ހުއްޓާލި ކުޅުންތެރިޔެކެވެ.
މިދިޔަ އަހަރު މޮރިޝަސް އިންޓަނޭޝަނަލް ސީރިސްގެ ފިރިހެން ޑަބަލްސް އާއި މިކްސް ޑަބަލްސް ބައިން ލޯ މެޑަލް ހާސިލްކުރި އުމުރުން 23 އަހަރުގެ ކުޅުންތެރިޔާ ބުނީ ރާއްޖޭން ބޭރަށް ކިޔަވަންދާތީ އާއި އަނިޔާގެ މައްސަލަތައް ހުރުމުގެ އިތުރުން ކުޅުން ހުއްޓާލީ ޓީމުގެ އެތެރޭގެ މައްސަލަތަކެއް ހުރުމުން ކަމަށެވެ. އެގޮތުން ތަމްރީން މާހައުލުގައި ހުރި މައްސަލަތައް އިތުރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި އެސޯސިއޭޝަނުގެ ހުރިހާ ލެވެލެއްގައި ވެސް، ތަފާތުކުރުންތަކާއި ވަކި އަތަކަށް ޖެހުން އޮތް އޮތުން ހިމެނޭ ކަމަށް ބުނެފައިވެ އެވެ.
"އެހެންކަމުން، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހާރު އޮތް ސިސްޓަމުގައި، ކުޅުންތެރިންނަށް ހުރަސްތަކެއް އެބަހުރި. އަދި ކުޅުންތެރިންނަށް ހަމަހަމަ ފުރުސަތުތައް ނެތްއިރު، ޓީމުގައި ތިބި ހުރިހާ ކުޅުންތެރިންނަށް ހަހަމަމަ ހައްގުތަކެއް ވެސް ނެތް،" ތޯއިފް ބުނެފައިވެ އެވެ.
ތޯއިފްގެ އިތުރުން ކްލަބުގެ މުއައްސިސް ޒަޔާން ގައުމީ ޓީމަށް ކުޅުން ހުއްޓާލުމާ އެކު މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ.
ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް (މ) އާއި ރިވައިވަލް ސްޕޯޓްސްގެ މުއައްސިސް ޒަޔާން (ކ) އަދި އެ ކްލަބުގެ ކުޅުންތެރިން ގްރޫޕް ފޮޓޯއެއްގައި.
ޒަޔާން ބުނީ މިދިޔަ ފެބްރުއަރީ މަހު ގައުމީ ޓީމުން ރިޓަޔާކުރަން ނިންމި ނިންމުމަކީ އޭނާ ނިންމި އެންމެ އުނދަގޫ ނިންމުން ކަމަށާއި އެކަމަކު އެއީ ކޮންމެހެން ނިންމަން ޖެހޭ ނިންމުމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި ގައުމީ ޓީމުން ވަކިވި ނަމަވެސް ބެޑްމިންޓަނާ ދުރަށް ނުދާނެ ކަމަށާއި ރާއްޖޭގެ މުބާރާތްތަކުގައި ވާދަކޮށް އަދި ރާއްޖޭން ބޭރުގެ މުބާރާތްތަކުގައި އަމިއްލަ ގޮތުން ވާދަކުރާނެ ކަމަށް ބުންޏެވެ.
މިދިޔަ އަހަރުގެ މޮރިޝަސް އިންޓަނޭޝަނަލް މުބާރާތުގެ ސްކޮޑުން ފުރުސަތު ނުދިން މައްސަލައިގައި ޒަޔާން އާއި އެސޯސިއޭޝަނާ މެދު މިދިޔަ އަހަރު މައްސަލަތަކެއް ޖެހުނެވެ. އޭނާ އަށް ފުރުސަތު އޭރު ނުދިނީ ރާއްޖޭގައި ބޭރުގައި ތަމްރީން ހަދަމުން އަންނާތީ މާލޭގައި އޮތް ޕްރެކްޓިސްތަކުގައި ބައިވެރިނުވެވުމުން ހާޒިރީ އަށް ބެލުމަށް ފަހު އެވެ. އެކަމަކު މެލޭޝިއާގައި 2016 ވަނަ އަހަރުން ފެށިގެން ތަމްރީން ހަދައި ދުނިޔޭގެ ރޭންކިންގައި ކުރިއެރުންތައް ވެސް ހޯދާފައިވެ އެވެ.
ޒަޔާން އޭރު ބުނީ ސްކޮޑުގައި ނުހިމެނުނަސް އިންޑިވިޖުއަލް ކުޅުންތެރިއެއްގެ ގޮތުގައި އަމިއްލަ ހަރަދުގައި ދިއުމަށް އެންޓްރީ ހަދައިދޭން އެސޯސިއޭޝަނުގައި ހަތަރު ފަހަރެއްގެ މަތިން އެދުނު ކަމަށާއި އެކަމަކު ޖަވާބެއް ނުލިބުނު ކަމަށެވެ.
ރިވައިލް ސްޕޯޓްސް ފެށިއިރު، މި ކުޅުންތެރިން އައީ އިންޑިވިޖުއަލީ ފަރިތަކުރަމުންނެވެ. އެހެންވެ ކުރިއަށް އޮތްތަނުގައި އެ ކްލަބާ އެކު ފަރިތަކޮށް ރާއްޖެ އާއި ރާއްޖޭން ބޭރުގެ މުބާރާތްތަކުގައި ވާދަކުރާނެ އެވެ. މުސާރަ ދީގެން އަހަރުން އަހަރަށް ކޮންޓްރެކްޓުގެ ހަދައިގެން ރާއްޖޭގައި ކުޅުންތެރިން އާއްމުކޮށް ގެންއުޅެނީ ފުޓްބޯޅަ، ވޮލީބޯޅަ އަދި ބާސްކެޓްބޯޅައިގަ އެވެ. އެހެން ކުޅިވަރުތަކުގައި އާއްމުކޮށް ކުޅުންތެރިން ހޯދަނީ ވަކިވަކި މުބާރާތްތަކަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެސީ
04 June 2019
ގިނައިން ލިޔާވަރަކަށް ހީވަނީ ތި ސޮރުމެން ވާ ފަލީހަ ބޮޑު ވާނެހެން...މިހާރު މި ފެންނަ ގޮތުން
ނޮންނަ
04 June 2019
ތެދެއްތަ ޒަޔާން 3 މެޗުން ތަ މުޅުވީ އިންޓަނޭސަނަލް މުބާރާތް ތަކުން...ނިބާލް އަށް ތުރެވެސް މަދުން ނޯ
ނިސާކް
04 June 2019
އެހެން ވީމަ ދުނީޔޭގެ ރޭންކިންގް އިން ކުރިއެރުން ހޯދީ ހަމަ އެކަނި ގިނަ މުބާރާތުގަ ބައިވެރި ވެގެން ދޯ...ކޮޔާ ކޮންމެވެސް އެއާ ލައިން އަކުން ސްޕޮންސަރެއް ހޯދާ އޭރުން މޮޅު ނުވިޔަސް މުބާރާތް ކުޅޭނީ ހަމަ...އޭރުން ވަރަށް ކުރިޔަށް ޖެހި ދާނެ ކޮޔާ...އަވަހަށް އެކަމާ އުޅޭ
އަޒްކާ
03 June 2019
މަރުހަބާ ލޯބިވާ ބޭބީ ބޯއީ، ޔޫ އަށް ވާނެ ކޮންމެކަމެއް ވެސް، އައިއޭމް ޓުރޫލީ ޝުއަރ، އެންޑް ވެރީ މޯ ކޮންފިޑެންޓް
އާސިއްޕެ
03 June 2019
25/26 ވީމަ އެއީ ޒުވާން އެއް ނޫން
ޒުހުރީބެ
03 June 2019
އާރކް ނަމުގަ ނުކުޅެވޭނެ ކަން އިގުނީމަ ހެދި ކްލަބް އެއް ދޯ...ނޫނީ އެ ނަމުގަ ނުކުޅޭނަމޭ ބުނެވުނީމަ ހެދި ކްލްބް ދޯ...ސާބަސް ކާކަށް އޮޅުވާލަންތަ ތިއެޅެނީ
ކެންޓޭ
03 June 2019
ކުލަބު ކީއްކުރަން އެހެން ކަންކަންވެސް ވާނެ ފައިސާ އޮތީޔާ...އިންޓަނޭސަނަލް ކޮންކާމިޔާބެއް ތަލިބިފަ އޮތީ ތި ގުރޫޕް އަށް...
އިއްޕަ
03 June 2019
އަދި ތިކުދިން ތީ ހަމަ ބައިގަޑެއް...މާބޮޑު ކާމިޔާބެއް ލިބިފަ ނެތް...މަސަކަތް ކުރާނަމަ ކާމިޔާބު ލިބޭނެ...އެހެން ވިޔަސް ވަކިވެ ގަތުމަކީ ނިކަމެތި ކަމެއް. ކުޅިވަރުގަ މޮޅުވާނީ ކުޅެގެން އެކަން އެކުރަނީ އަޖްފާން ނީލާ އަދި ގައުމީ ޓީމް ގަ ތިބި ކުޅުން ތެރިން..ހަގީގަތުގަ ތޯއިފް ހުރީ މީހަކަށް..ފައިސާ އޮތީމަ ހަރަދު ކުރާނެ ގޮތްނޭންގިގެން ތި އުޅެނީ
އަލޫ
03 June 2019
ތިތާގަ ތިތިބީ ހަމަ އެއްކަލަ ހަޖަމުނުވާ ގްރޫޕެއްނު! ޖޫނިއަރ ކުދިންއަތުން ބަލިވާންފެށީމަ ޓީމަށް ނާރާނެތީ އޭއްޗެކޭ މީއްޗެކޭ ކިޔާފަ އަވަހަށް ބެޗީދޯ.
ޗަކޮޔާ
03 June 2019
ޗަކޮޔާ ތީ ސިޔާޒީ ޕާޓީއެއްނޫންތޭ؟؟؟؟!!!
ސަމޭދާން
03 June 2019
ބައިބައިކުރުމުގެ އަމަލެއްގޮތަށް ފެންނަނީ.