ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިނގިރޭސި ފޮރިން ސެކްްރެޓަރީ ޖެރަމީ ހަންޓްއާ ބައްދަލުކުރައްވަނީ
12 ޖޫން 2019 - 21:30
ފޮރިން މިިނިސްޓަރު އަބްދުﷲ ޝާހިދު އިނގިރޭސިވިލާތުގެ ފޮރިން މިނިސްޓަރު ޖެރެމީ ހަންޓްް އާއި ފޮރިން އޮފީހުގެ އިސް އެހެން ބޭފުޅުންްނާ މިއަދު ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނިގޮތުގައި ޝާހިދު މިއަދު އެންމެ ފުރަތަމަ ބައްދަލުކުރެއްވީ އިނގިރޭސި ޕާލަމެންޓްގެ މެމްބަރު އަދި ފޮރިން އޮފީހުގެ ކުރީގެ މިނިސްޓަރު ހޫގޯ ސްވަޔާ އާ އެވެ. ރާއްޖެއިން ކޮމަންވެލްތާ ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން އެ ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.
އިނގިރޭސިވިލާތުގެ ފޮރިން މިނިސްޓަރު ޖެރެމީ ހަންޓް އާ ބައްދަލުކުރެއްވީ އޭގެ ފަހުންނެވެ. ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުމާ ބެހޭ ގޮތުންނާއި މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން އެ ބައްދަލުވުމުގައި މަޝްވަރާކުރެއްވި އެވެ. ފޮރިން މިނިސްްޓަރު އަބްދުﷲ ޝާހިދު މިފަހަރު އެ މިނިސްޓްރީއާ ހަަވާލުވެވަޑައިގެންނެވި ފަހުން އިނގިރޭސިވިލާތަށް ކުރައްވާ މިއީ ދެވަނަ ދަތުރެވެ. އޭނާގެ ދަތުރުުގައި އިނގިރޭސިވިލާތާއި ކޮމަންވެލްތުގެ އިސް ބޭފުޅުންނާ ގެންދަވަނީ ބައްދަލުކުރައްވަމުންނެވެ. އެގޮތުން ކޮމަންވެލްތުގެ ސެކްްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލޭންޑާ ވެސް އޭނާ ބައްދަލުކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy