ޝާހިދު، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލު ކުރައްވަނީ
13 މެއި 2025 - 12:39
ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޝާލީ އަޔޯކޯ ބޮޗްވޭއާ އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފި އެވެ.
ޝާހިދު، ކޮމަންވެލްތުގެ އެސްޖީއާ އެކު ބޭއްވި ބައްދަލުކުރެއްވުމާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ރާއްޖޭގައި ޑިމޮކްރަޓިކް ނިޒާމް ފަހަތަށްދާ ކަމުގެ ކަންބޮޑުވުން ހިއްސާކުރައްވާފައިވާނެ ކަމަށެވެ.
ޝާހިދު ވިދާޅުވި ގޮތުގައި، ޝަރުއީ ދާއިރާއަށް އަމާޒުވާ ހަމަލާތަކާއި، ރައްޔިތުންގެ މަޖިލީހުގެ ޗެކްސް އެންޑް ބެލެންސަސް ގެއްލުވާލުމާއި މިނިވަން މުއައްސަސާތަކާއި މީޑިއާގެ މިނިވަންކަން ގެއްލުވާލުމާއި ސަރުކާރުން ގާނޫނުއަސާސީއާ ހިލާފަށް އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭ މައުލޫމާތު ކޮމަންވެލްތާ ހިއްސާކުރައްވާފައި ވާނެ އެވެ.
"..އަދި މިހާރުގެ ވެރިކަމުގެ އަނިޔާވެރިކަމާ ދެކޮޅަށް ކެރިގެން ތެދުވެ ތިބި ޒުވާނުންގެ ހިތްވަރުގެ ވާހަކަ ވެސް އަޅުގަނޑު ހިއްސާކުރިން،" ޝާހިދު ވިދާޅުވި އެވެ.
ކޮމަންވެލްތުގެ އެސްޖީއާ ޝާހިދު ބައްދަލުކުރައްވައި ރާއްޖޭގެ ހާލަތު ކިޔައިދެއްވާފައިވާއިރު ކޮމަންވެލްތު ލޯޔާސް އެސޯސިއޭޝަން (ސީއެލްއޭ) އިން ވަނީ ރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަންކަމާ މެދު ކަންބޮޑުވެ ބަޔާނެއް ނެރެފަ އެވެ.
It was a privilege to meet the Commonwealth Secretary-General my dear friend Shirley Ayorkor Botchwey and brief her on the troubling democratic backslide in the Maldives, including the assault on the Judiciary, the hijacking of parliamentary checks and balances, the suppression… pic.twitter.com/wMkyOn6RZp
— Abdulla Shahid (@abdulla_shahid) May 12, 2025
ސީއެލްއޭ އިން ނެރުނު ބަޔާނުގައި ޝަރުއީ ދާއިރާގެ މިނިވަންކަން ނުގެއްލޭނެ ގޮތަށް އަދި އެކަށީގެންވާ ހެކި ނެތް ނުވަތަ ހަމަނުޖެހޭ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މެދު އެއްވެސް ފިޔަވަޅެއް ނާޅަން ރައްޔިތުންގެ މަޖިލީހަށް ގޮވާލާފައިވެ އެވެ. އަދި ހަމަހަމަ އުސޫލުތަކާ ހިލާފަށް ފަނޑިޔާރުންނާ ދެކޮޅަށް އަޅާ ފިޔަވަޅުތަކުން ޝަރުއީ ދާއިރާގެ މިނިވަންކަމަށް އުނިކަމެއް ނާންނާނެކަން ކަށަވަރުކުރުމަށް ގޮވާލާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
"ސީއެލްއޭ އިން ކޮމިޓީއަށާއި ރައްޔިތުންގެ މަޖިލީހަށް ގޮވާލަނީ ފަނޑިޔާރުން ވަކިކުރުމަށް ގާނޫނުއަސާސީއާއި ގާނޫނުގައި ކަނޑައަޅާފައިވާ ޝަރުތުތަކަށް ސަމާލުކަން ދިނުމަށާއި، އަދި އިތުރަށް ޝަރުއީ ދާއިރާގެ މިނިވަންކަން ރައްކާތެރިކުރުމަށް ކަނޑައަޅާފައިވާ ހަރުދަނާ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތައި، އެއަށް ތަބާވުމަށް،" ބަޔާނުގައި ބުންޏެވެ.
ރާއްޖޭގައި ގާނޫނުގެ ވެރިކަން ކުރިއެރުވުމާއި ދިފާއުކުރުމަށްޓަކައި ރާއްޖޭގެ ބާ ކައުންސިލާއި، ބައިނަލްއަގްވާމީ އަދި ސަރަހައްދީ ގާނޫނީ ޖަމްއިއްޔާތަކާއި، ކޮމަންވެލްތު ސެކްރެޓޭރިއެޓާއި އަދި އދ. ގެ ޝަރުއީ ދާއިރާގެ މިނިވަންކަމާބެހޭ ހާއްސަ ރެޕަޓުއާއާ ގުޅިގެން މަސައްކަތްކުރަމުން ގެންދާނެ ކަމަށް ވެސް ސީއެލްއޭ އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޏާއްކޮ
13 May 2025
އިސްތިއުމާރުންގެ ކޮންމެވެސް ބައެއްގެ ގާތަށް ނުދުވެ އެމްޑީޕީ މީހުން ހިތްހަމައެއް ނުޖެހޭނެ. އަހަރުން ހަނދާނެއް ނުނެތޭ އަދިވެސް ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރަން ގޮވި ހަނދާނެއް. ދިވެހިންނަށް ދުވަހަކު ހެވެއް އެދޭނެ ބައެއްތަ؟ އަބަދުވެސް ވެރިކަމާ ހެދި.. ތުރާލެއް ހުވާ. ސަރުކާރު ރަނގަޅުނުވެގެން އުޅޭ އިރު މިބައިގަނޑު ތިބޭނެ އަދި އިތުރަށް ޖެއްސުންކުރަން
ފައިވާން
13 May 2025
ތީ ކީއްކުރާ ބައެއްތަ. ސަރުއީ ދާއިރާއޭ ޖަމުއްޔާއޭ ހައްގޭ ކިއުންނޫންކަމެއްކުރޭތަ. ތިނަދޫއާ ކާޑެއްދޫ ދޭތެރޭ ބުރިޖުއަޅާދޭށޭ ބުނެބަލަ ތިގުރޫޕުކާރީ.
ކައުންސެލަރު...
13 May 2025
އާނ ކަލޭ މިހާރު ތިޔަހުރީ ބޮޑުފިރިހެނަކަށްވެފައި. ކާޕެޓްގެ ވާހަކަ ދައްކާލިނަމަ އެއްބޯހުރި ދެފިރިހެނުންނަށްވީސް
މަމެންރައްޔިތުން
13 May 2025
ރައްޔިތުންގެ ގިނަ ބައެއްގެ ތިކަހަލަ ކަންބޮޑުވުންތަކެއް ނެތް ތިޔަ އެސްޖީއާ ބައްދަލުކުރަން. އަހަރެމެންގެ ކަންތައް އަހަރެމެން ނިންމާނީ. ޝާހިދު ތިއުޅެނީ ވެރިކަން ނުލިބިގެން. ދޭތެރެ ޖައްސަން ނޫޅެ ކާޕެޓު ހިފައިގެން އުޅެބަލަ.
ސުޖާބެ
13 May 2025
ސަރުކާރަށް މި ވަރުވެސް ނުވޭ
ޑރ ވާންޗޯ
13 May 2025
ސާހިދު ކޮމަންވެލްތުގެ އެސްޖީ އާ ތިބައްދަލުކުރެއްވީ 5ޖީ ގެ ހައިސިއްޔަތުންތަ؟. 5ޖީ މާބޮޑަށް ސްލޯވެގެން އެކަންބޮޑުވުންތަކާއެކު ތޯއްޗެ.