ކޮމަންވެލްތު: ފަނޑިޔާރުންނާ މެދު ޣައިރު ގާނޫނީ ފިޔަވަޅެއް ނާޅަން ކޮމަންވެލްތު ވަކީލުންގެ ޖަމިއްޔާއިން ވަނީ ގޮވާލާފައި --
11 މެއި 2025 - 12:25
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާ ދެކޮޅަށް އިޖުރާއަތްތައް ފުރިހަމަނުކޮށް ހިންގާ ޣައިރު ގާނޫނީ ތަހުގީގެއްގެ މައްޗަށް ފިޔަވަޅު ނޭޅުމަށް ކޮމަންވެލްތު ލޯޔާސް އެސޯސިއޭޝަން (ސީއެލްއޭ) އިން ގޮވާލައިފި އެވެ.
ސީއެލްއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ޖުޑީޝަލް ސާވިސް ކޮމިޝަން އަދި ރައްޔިތުންގެ މަޖިލީހަށް ގޮވާލަނީ ޝަރުއީ ދާއިރާގެ މިނިވަންކަން ނުގެއްލޭނެ ގޮތަށް އަދި އެކަށީގެންވާ ހެކި ނެތް ނުވަތަ ހަމަނުޖެހޭ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ފަނޑިޔާރުންނާ މެދު އެއްވެސް ފިޔަވަޅެއް ނާޅަން ކަމަށެވެ. އަދި ހަމަހަމަ އުސޫލުތަކާ ހިލާފަށް ފަނޑިޔާރުންނާ ދެކޮޅަށް އަޅާ ފިޔަވަޅުތަކުން ޝަރުއީ ދާއިރާގެ މިނިވަންކަމަށް އުނިކަމެއް ނާންނާނެކަން ކަށަވަރުކުރުމަށް ގޮވާލާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
"ސީއެލްއޭ އިން ކޮމިޓީއަށާއި ރައްޔިތުންގެ މަޖިލީހަށް ގޮވާލަނީ ފަނޑިޔާރުން ވަކިކުރުމަށް ގާނޫނުއަސާސީއާއި ގާނޫނުގައި ކަނޑައަޅާފައިވާ ޝަރުތުތަކަށް ސަމާލުކަން ދިނުމަށާއި، އަދި އިތުރަށް ޝަރުއީ ދާއިރާގެ މިނިވަންކަން ރައްކާތެރިކުރުމަށް ކަނޑައަޅާފައިވާ ހަރުދަނާ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތައި، އެއަށް ތަބާވުމަށް،" ބަޔާނުގައި ބުންޏެވެ.
މީގެ އިތުރުން ސީއެލްއޭ އިން ބުނީ ފަނޑިޔާރުން ވަކިކުރުމަށް ނިންމައި ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހުށަހެޅުމާ މެދު ވަރަށް ފުންކޮށް ދިރާސާކުރުމަށާއި، އެ ހުށަހެޅުމުގައި މައުޟޫއީ، އިޖުރާއީ އަދުލުވެރިކަން އަދި ހެއްކާބެހޭ ޝަރުތުތައް ފުރިހަމަނުވާ ނަމަ އެ ހުށަހެޅުން ބާތިލުކުރުމަށް ގޮވާލާ ކަމަށެވެ.
ސީއެލްއޭ އިން ބުނީ އެކަމުގައި މަޖިލީހުން އަމަލުކުރާ ގޮތް ގާތުން ބަލަމުންދާނެ ކަމަށެވެ.
އަދި ރާއްޖޭގައި ގާނޫނުގެ ވެރިކަން ކުރިއެރުވުމާއި ދިފާއުކުރުމަށްޓަކައި ރާއްޖޭގެ ބާ ކައުންސިލާއި، ބައިނަލްއަގްވާމީ އަދި ސަރަހައްދީ ގާނޫނީ ޖަމްއިއްޔާތަކާއި، ކޮމަންވެލްތު ސެކްރެޓޭރިއެޓާއި އަދި އދ. ގެ ޝަރުއީ ދާއިރާގެ މިނިވަންކަމާބެހޭ ހާއްސަ ރެޕޯޓަރާ ގުޅިގެން މަސައްކަތްކުރަމުން ގެންދާނެ ކަމަށް ވެސް ސީއެލްއޭ އިން ބުންޏެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާގެ މައްޗަށް ސުލޫކީ މައްސަލައެެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުވައިފަ އެވެ. އެއީ، އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ގާޒީންނަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ އެވެ.
ސުލޫކީ މައްސަލަ ބަލާފައިވަނީ އުސޫލުތަކާ ހިލާފަށް ކަމަށް ވިދާޅުވެ، އެކަމާ ގުޅޭ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތެއް ދެއްވުމަށް ދެ ފަނޑިޔާރުން ވެސް ވަނީ އެދިވަޑައިގެންފި އެވެ. އަދި ކަންބޮޑުވުންތައް ހިއްސާކުރަން ބާ ކައުންސިލުން ވެސް ވަނީ ކޮމިޓީ އަށް ހާޒިރުވުމުގެ ފުރުސަތަކަށް އެދިފަ އެވެ.
ނަމަވެސް، އިއްޔެ ބޭއްވި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ފާސްކޮށްފައިވަނީ ފަނޑިޔާރު އަޒްމިރަލްދާ ކޮމިޓީއަށް ހާޒިރުނުކުރުމަށެވެ. ކޮމިޓީގައި ތިއްބެވި ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ދެކެވަޑައިގަންނަވާ ގޮތުގައި ޖޭއެސްސީން ނިންމާފައިވާ ނިންމުމުގެ މައުޟޫއާ މެދު ގޮތެއް ނިންމުމުގެ ބާރެއް އެ ކޮމިޓީއަށް ނެތްއިރު، އަދި އިޖުރާއީ މައްސަލައެއް ވެސް ފާހަގަ ނުކުރެވޭ ކަމަށެވެ. ޖޭއެސްސީގެ ތަހުގީގު ކޮމިޓީން އަމަލުކޮށްފައިވާ ގޮތް ވަރަށް ތަފްސީލްކޮށް އެ ކޮމިޓީން ހާމަކޮށްފައިވާ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.
އަދި މީގެކުރިން ވެސް ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަތަކުގައި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އަމަލުކޮށްފައިވަނީ ކޮމިޓީން މައްސަލަ ދިރާސާކުރުމަށް ފަހު، ގޮތެއް ކަނޑައަޅަން ތަޅުމަށް ފޮނުވުން ކަމަށާއި މިފަހަރު ވެސް އެގޮތަށް އަމަލު ކުރުމުގައި ގޯހެއް ނެތް ކަމަށް އެ މެންބަރުން ވިދާޅުވި އެވެ.
ނަމަވެސް، އެމްޑީޕީއަށް ނިސްބަތްވާ ދެ މެންބަރުން ވިދާޅުވީ އިޖުރާއީ ގިނަ މައްސަލަތަކެއް ހުރި ކަމަށް ފަނޑިޔާރުން ވިދާޅުވަމުން ގެންދަވާތީ، އެ ބޭފުޅުން ހާޒިރުކޮށް ކަންބޮޑުވުންތައް އަޑުއެހުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އެ ބޭފުޅުން ހާޒިރުކޮށް ފުރުސަތު ދިނުމަށް ފަހު ވެސް ކޮމިޓީއަށް ބޭނުންވާ ނިންމުމެއް ނިންމިދާނެ ކަން އެ މެންބަރުން ފާހަގަކުރެއްވި އެވެ.
ޖޭއެސްސީގެ ރިޕޯޓުގައި ކޮމިޓީން ކަނޑައަޅާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒުއާ ބައިވެރިވެވަޑައިގެން އަަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީ އަށް ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށެވެ. އެހެންވެ، އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ނިންމައި، ފަނޑިޔާރު އަޒްމިރަލްދާ އަދި މަހާޒު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން މައްސަލަ ބެލި ކޮމިޓީން ނިންމި އެވެ.
ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެކަމަށް އެދި ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މަޖިލިހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. މީގެ ކުރިން ވެސް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މިގޮތަށް މަޖިލީހުން ވަކިކޮށްފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
11 May 2025
ރިޔާސީ ކެމްޕޭނުގައި "ޖޫޑިޝަރީ މިނިވަން ކުރާނެކަމަށް" ވިދާޅުވެ އަދި ހުވާކުރުމުގެ ރަސްމީއްޔާތާއި، ޖަލްސާތަކުގައި "ކޯޓްތަކަށް އަތްބޭނުން ހުއްޓުނީކަމަށް" އަޑުއުލާފައި ރައީސް ގެ އަމަލުން ފެނިގެންދިޔައީ ތަފާތުމަންޒަރެއް. މިވާހަކަދައްކަވަމުން މަޖިލިސް މެންބަރުން ޕާޓީ ބަދަލުކުރާމައްސަލަ ހުއްޓުވަން "އެންޓި ޑިފެކްޝަން ނުވަތަ ފުލޯ ކްރޮސްކުރުން ހުއްޓުވުމަށް" ރައީސްގެ ޕާޓީ PNC ގެ ފަރާތުން ބިލެއްހުށަހަޅާ ޕާޓީގެ ސުޕަރމެޖޯރިޓީ އޮތް މަޖިލީހުން ބިލް ފާސްކުރި.
އޮނަރަބްލް އަފީފު ދީދީ
11 May 2025
މިހިސާބަށް މިކަން ދިއުމުން ވީނުވީއެއް ނޭގި ދެން ފެނިގެން ދިޔައީ މިހާލަތުގައި ސުޕްރިމްކޯޓް ވަނިކޮށް "ކުއްލި ގޮތަކަށް" ސުޕްރިމްކޯޓްގެ ފަނޑިޔާރު މުއުތަސިމް އަދުނާނުނު "ޝަރަފުވެރި ކަމާއި އެކު ރިޓަޔަރ ކުރައްވަނީ ކަމަށް ބުނެ" އެކަން އިޢުލާން ކުރެއްވި ތަން. އުއްތަމަ ފަނޑިޔާރު ރިޓަޔަރ ކުރައްވާފައި ދައުލަތުގެ އިދާރީ ކަންކަން ބަލަހައްޓާން ރައްޔިތުން އިންތިޙާބު ކޮށްފައި ހުންނަ ޙާދިމް މީހާ "ރައީސަށް ސިޓީ ފޮނުވި ކަމަށްވެސް" އަޑު އިވޭ. ކުޅިބަލަން ތިބެމާ.
ގައްޒާ
11 May 2025
މަ ބުނީ އިބިލީސްވެސް ރަނގަޅު ވާހަކަޔެއް ދެއްކިޔޭ
އޮނަރަލްބަލް ބޮޑުމުދިންބެ ބަކުރުބެ
11 May 2025
އދ ވިޓޯ އަކީ އެންމެ ގައުމަކަށް ކުރެވޭ ކަމެއް ވީމައި މިގައުމުގައި ހުރި މީހާ އިޒުރޭލު ކަންކުރާ ގޮތަށް ނަމުނާއަކަށް ބަލައިގެން އަދުލު އިންސާފުގެ ކަރުގައި މިވަނީ ހިފާފައެވެ . ފަނޑިޔާރުގެ އަށް އަތްނުބާނާނެ ކަމަށް ބުނެ ހަތަރެސްފައި ބާނާފައެވެ . ރައްޔިތުން ކުރިމަތީ ފަލީހަތްވެ މުޅި ދުނިޔެއަށް ސަރުކާރު ވަނީ ބޭޒާރުވެ ގައިރު ގާނޫނީ ސަރުކާރެއްގެ ގޮތުގައި ބަލއިގެންފައެވެ .
ކޮންބަޔެއް
11 May 2025
ކޮމަންވެލްތުން ތިމައިތިރި ނުވެގެން އުޅޭ އިސްރާއީލް މައިތިރި ކުރުވާފަ އަހަރެމެނަށް ނަސޭހަތްދީ.
ބޭދީ ބިދޭސިން.
11 May 2025
އިޒުރޭލުން އެމީހުންގެ ރައްޔިތުންގެ މައްޗަށް އަނިޔާވެރި ނުވޭ. އަދި އިޒުރޭލު ސުޕްރިމްކޯޓް ގެ ބާރު ކަޑުވާ ނުލާ.
ކޮން ވެލްތްއެކޭ
11 May 2025
ތީ ކީއްކުރަ ބައިގަނޑެއް. ތީ އެއްވެސް ބަޔެއްނޫން. އިޒުރޭލު ހަދާނެއެއްޗެއް ހަދާއިރު ކަމެއް ނުވާބަޔަކު ތމާމެން ވަރުގެ ބަޔަކު ނެތްކަން ދައްކަން ކޮންކަމެއް.
ނަނާ241
11 May 2025
ތި ޖަމިއްޔާތަކާއި އެއްޗިއްސަށް ފަލަސްތީނަށް ހަދަމުންދާގޮތް ނުފެންނަނީ ލޮލަށް ކިހިނެއްވެފައި ހުރިީމާތޯ ؟
ބީތަ
12 May 2025
ނާނާ ހުވަފެންދުށީމޭ... ކަމާގުޅުންހުރިވާހަކަ ދައްކަބަލަ!
ހޮޅި
11 May 2025
މިހާރު ހުންނާމި ރާކަނި މަސް ކެވިފައި ދެން އަންނަ އެތިފަހަރު މާވަރުގަދަވާނެ ޑިޖިޓަލް 2.0 ގެ މަލަމަތި ފެންނަށް ފަށައިފި މަރްޙަބާ ހިތްވަރުގަދަ ފަނޑިޔާރުއްނަށް.
އޮަޓޯ
11 May 2025
އުސޫލުންތޯ ޣައްޒާގައި ނަސްލެއް އެ ނައްތާލަނީ؟ ކޮބައިތޯ ތިޔަ ބައިގަނޑު؟ ކޮބައިތޯ ބައިނަލްއަޤްވާމީ އިންސާފުގެ ކޯޓުން ކުރި ކަމަކީ؟
މުރާސިލް
11 May 2025
ކަލޭމެން ކަލޭމެންގެ ކަންތަކާއި އުޅޭށެވެ. އަހަރެެމެންގެ ކަންކަން ހަމަޖައްސާނީ އަހަރެމެންނެވެ؟ ކަލޭމެން ބޭނުންނުވާ ބަޔަކު ވެރިކަމުގައި ތިބޭ އިރަކަށް، ފަނޑިޔާރުންނޭ، ފާފަޅޯލޭ، ހުތް ލުނބޮޔޭ ކިޔާނެ ކަމެއް ނެތެވެ. ކެނެރީގޭ މުޙައްމަދު ނަޝީދުގެ ވެރިކަމުގައި މިޤައުމުގެ ކުރިމިނަލްކޯޓުގެ ފަނޑިޔާރު ހައްޔަރުކޮށް ނިޒާމުން ގެއްލުވާލައިގެން އުޅުނުއިރު، ތިޔަ ޖަމުއިއްޔާ ކޮބައި ހެއްޔެވެ؟ ތި ކަހަލަ ކޮށި އަމުރު ނުކޮށް މަޑުމަޑުން ތިމާމެންނާއިގެން އުޅެވޭތޯ ބަލާށެވެ.
އަފްރާސިޔާބު
11 May 2025
މީގެ ކުރިންވެސް ތިގޮތަށް ކަލޭމެން ކަލޭމެންގެ ކަންތަކާއުޅޭށޭ ބުނިބައިގަނޑެއްވެސް ވެރިކަން ކޮށްފައިވޭ. ކަލޭމެން ކަލޭމެންގެ ކަންތަކާއުޅޭނަމަ ސަލާންޖަހަން ނާށިގަނޑު ހިފައިގެން ގައުމުތަކަށް އާދޭސްކުރަމުން ނުދުވާނީ.