13 ޖޫން 2019 - 09:08
މެޑްރިޑް (ޖޫން 13) - ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ކުރިއަށް އޮތް ސީޒަނުގައި ކުޅޭނީ ބާސެލޯނާ އަށް ކަމަށް އެތުލެޓިކޯ މެޑްރިޑްގެ ސީއީއޯ މިގޭލް އެންހެލް ގިލް މަރިން ވިދާޅުވެއްޖެ އެވެ.
އަންނަ ސީޒަނުގައި އެތުލެޓިކޯގައި މަޑުނުކުރާނެ ކަމަށް ގްރީޒްމަން ބުނެފައިވާއިރު، އޭނާ ހޯދަން ބާސެލޯނާ އިން އެކަށީގެންވާ ވަރަށް މަސައްކަތްނުކުރާތީ ގްރީޒްމަން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. މިދިޔަ އަހަރު ވެސް ބާސެލޯނާ އަށް ބަދަލުވާން ހުރިހާ ކަމެއް ނިންމުމަށް ފަހު ގްރީޒްމަން ވަނީ އެންމެ ފަހު ވަގުތު އެތުލެޓިކޯގައި މަޑުކުރަން ނިންމައިފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން މިދިޔަ އަހަރު ގްރީޒްމަން އެ ގޮތަށް ކަންތައް ކުރުމުން ބާސެލޯނާ ކުޅުންތެރިން މިހާރު އޭނާ އެ ޓީމަށް ގެންނަން ބޭނުމެއްނުވެ އެވެ. އެކަމަކު އެތުލެޓިކޯގެ ސީއީއޯ މަރިން ވިދާޅުވީ މިދިޔަ މާޗް މަހުން ފެށިގެން ގްރީޒްމަން ބާސެލޯނާ އަށް ބަދަލުވާން ހުރިހާ ކަމެއް ނިމިފައިވާ ކަމަށެވެ.
"އަހަންނަށް ވަރަށް ސާފު އަންނަ ސީޒަނުގައި ގްރީޒްމަން ފެންނާނީ ބާސެލޯނާ އިން. މިދިޔަ މާޗް މަހު އަހަންނަށް އެކަން އެނގިއްޖެ،" ސްޕެއިނުގެ ރޭޑިއޯ އަކަށް ދިން އިންޓަވިއުއެއްގައި މަރިން ވިދާޅުވި އެވެ.
އެތުލެޓިކޯއާ އެކު ގްރީޒްމަން ހަދާފައި އޮތް އެއްބަސްވުން އުވާލުމަށް ބާސެލޯނާ އިން 135 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ އެވެ. މަރިން ވިދާޅުވީ އެކަމާ ބެހޭ މަޝްވަރާތަކެއް މީގެ ކުރިން ގޮސްފައިވާ ކަމަށާއި ގްރީޒްމަންގެ ރުހުން އޮތީ ބާސެލޯނާ އަށް ބަދަލުވުމަށް ކަމަށް ވުމުން އިތުރު ޓީމަކާ މި ވަގުތު މަޝްވަރާނުކުރާ ކަމަށެވެ.
"ގްރީޒްމަން އެދެނީ ބާސެލޯނާ އަށް ދާން. އަހަރެމެން މަސައްކަތްކުރަނީ އޭނަ ބޭނުންވާ ގޮތަށް،" މަރިން ވިދާޅުވި އެވެ.
އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން މެންޗެސްޓާ ޔުނައިޓެޑުން އަންނަނީ ގްރީޒްމަން ހޯދަން އެ ކްލަބްގެ ރެކޯޑް އަގެއް ހުށަހަޅަން ތައްޔާރުވަމުންނެވެ. އިންޑިޕެންޑެންޓުން ރިޕޯޓްކުރާގޮތުގައި ޔުނައިޓެޑުން ގްރީޒްމަން އަށް 120 މިލިއަން ޑޮލަރު ހުށަހަޅާނެ އެވެ.
ރެއާލް ސޮސިއެޑާޑުން 2014 ވަަނަ އަހަރު އެތުލެޓިކޯ އަށް ބަދަލުވި ގްރީޒްމަން ވަނީ އެ ޓީމަށް ކުޅެދިން 256 މެޗުން 133 ގޯލު ކާމިޔާބުކޮށްފަ އެވެ. އަދި އެ ޓީމާ އެކު ޔޫރޮޕާ ލީގު، ސްޕެނިޝް ސުޕަ ކަޕް އަދި ޔުއެފާ ސުޕަ ކަޕް ކާމިޔާުބުކުރި އެވެ. އަދި އޭނާ އަކީ މިދިޔަ ފަސް ސީޒަނުގައި ވެސް އެތުލެޓިކޯ އަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ.
އުމުރުން 28 އަހަރުގެ ގްރީޒްމަން އަކީ މިދިޔަ އަހަރު ފްރާންސާ އެކު ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގެ މުހިއްމު ކުޅުންތެރިޔެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯއެހަލާކު
13 June 2019
ކަލޭކީއްވެ ތަ ނުބުނީ މީގެ 1ރގަރުނުކުރިންފުއްޕާހަމުގަކުޅުނުދުވަސްރު ބާސާ 13-0 އިން ބަލިވިވާހަކަ. ލޯން ސްޓާރ
ގްރިޒްމަން
13 June 2019
މަ ނޫޅެން މޮޔަވެގެން ކައްޕަޅި ލީގުގަ ކޫޅޭ ކާމިޔާބެއް ނުލިބޭ ޓީމަކަށް ދާކަށް. މެން ސިޓީނަމަ ދާންމިހުރީ ތައްޔާރަށް. އެކަމަކު ތިލީގުގަ ކުޅެގެން މަގޭ ކުޅުމުގެ ފެންވަރު ދަށްވާނެކަމަށް ފެންނާތީ މަކުޅޭނީ ދުނުޔޭގެ އެންމެމޮޅު ލީގުގެ އެންމެމޮޅޔ ކުލަބް ބާސެލޯނާއަށް.
ލކއވ
13 June 2019
ގްރިޒްމަން ތިހެންނުބުނޭ. އިއްޔެމެންދުރު ފުޓްބޯޅަ ބަލަންފެށި ރާއްޖޭގެ ކުދިން ހީކުރަނީ އިނގިރޭސި ލީގަގީ ދުނިޔޭގެ ނެތްވަރުގެ މޮޅު ލީގެއްކަމަށް. އެކުދިން ހީކުރަނީ ޔަހޫދީން މީޑިއާ އަރަބިން ފައިސާ ބޭނުންކޮށްގެން ލީގު މަސްހޫރުކުރީމަ އެޔޭ އެއްމެމޮޅު ލީގަކީ. އެކަަމަކު މިފަހަރު ހުރިހާ ޑޮމެސްޓިކް ތަށިތަވެސް ނެގީ އެލީގުގަކުޅޭ ދުބާއީގެ ކޮންމެވެސް ސިޓީއެކޭ ކިޔާކުލަބެކޭ. އެހެންބުނީމަ މިކުދިން ހާދަ ރުޅިއެކޭ އައްނަނީ. ރުޅިއަޔަސް މީހަގީގަތް ކަން ގަރިޒްމަން ދަނޭދޯ
ލޯންްސްޓަރ
13 June 2019
އެހެންވެގެންދޯ އެލީގުގެ ދެވަނަ ޓީމާ ޖެހިފަ އެންމެ މޮޅު ލީގުގެ އެންމެ މޮޅު ޓީމު ޗޮކުން ދިޔައީ؟ ތިޔަ ބުނާ ޓީމަކަށް އިޓަލީގެ އެވަރެޖް ޓީމަކާ ޖެހުނީމަ 3-0. ބަޔާން އާ ޖެހުނީމަ އެގެރިގޭޓުން 7-0. ޕީއެސްޖީއާ ޖެހުނީމަ 4-0. ޔުވެންޓަސް އާ ޖެހުނީމަ 3-0. ލިވަރޕޫލާ ޖެހުނީމަ 4-0. ޔޫރަޕުގައި ފައިނަލެއް ނުކުޅެވޭތާ 4 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ. ދެން ކިހިނެއް ދުނިޔޭގެ އެއްވަނަ ލިބެނީ؟ -ލިވަރޕޫލް ފޭން-
ހަގީގަތް
13 June 2019
ބޭކާރު ސައިނިންގްއެއްމީ. ބާސާޔަކީ ދުނިޔޭގެ އެންމެ ވަރުގަދަ ކްލަބެއްނޫން. އެންމެ ވަރުގަދަޔީ ސިޓީ. ގްރީޒްމަން ކުޅޭ ޕޮސިޝަން މިވަގުތު ބާސާގައެއްނެތް. އަދި މީނަޔާ މެސީޔާ އެއްކޮށް ކުޅެން އުނދަގޫވާނެ. މީނަގެ ބަދަލުގައި ޓްރޫ ނަމްބާރ ނައިންއެއް ގެންނަނަމަ މާ ރަނގަޅުވާނެ. ހޯލާ، ގެބްރިއަލް ޖީސަސް، ޓިމޯ ވާރނާފަދަ ކުޅުންތެރިޔެއް ރަނގަޅުވާނެ. އަދި ރަނގަޅު ލެފްޓް ވިންގެއްވެސް މިރުފިޔާއިން ގެނެވޭނެ. ބާސާގެ އަނދިރި ދުވަސްތައް މިހާރު ކުރިޔަށްދަނީ.