ކުޅިވަރު / އިންޑިއަން އޯޝަން އައިލެންޑް ގޭމްސް

އައިއޯއައިޖީ ބާއްވަން ކުރާ މަސައްކަތް ވަރުގަދަކުރަނީ

ޔޫތު މިިނިސްޓްރީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން މަހުލޫފް ވާހަކަދައްކަވަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވަން ކުރާ ބިޑް ކާމިޔާބުކުރަން ކުރާ މަސައްކަތް އިތުރަށް ވަރުގަދަކުރަމުން އަންނަ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. ރާއްޖޭގެ އޮލިމްޕިކް ކޮމިޓީން މި އަހަރަށް ފަހު ދެން އޮތް އައިއޯއައިޖީ ރާއްޖޭގައި ބޭއްވުމަށް ސަރުކާރަށް ހިޔާލު ދިނުމުން އެކަން ކުރުމަށް ފެހި ސިގްނަލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދެއްވައިފަ އެވެ.

އިއްޔެ އެފްއޭއެމް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ ކޮމިޓީއެއް އެކުލަވާލައިގެން އައިއޯއައިޖީގެ ބިޑް ކާމިޔާބު ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ބިނާކުރާނީ މުޅި ރާއްޖޭގައި ކަމަށެވެ.

"އެންމެ ބޮޑު އެއް ފޯކަސް އަކަށް މިހަދަނީ މާލޭން ބޭރަށް ކަންކަން ގެންދިއުމަށް. އެއީ ސަރުކާރުގެ ވިސްނުމަކީ ވެސް. މާލޭގައި ހުރިހާ ކަމެއް އޮތުމުގެ ބަދަލުގައި މުޅި ރާއްޖެއަށް ފުޅާކުރުން ބޭނުމަކީ،" މަހުލޫފް ވިދާޅުވި އެވެ.

ސަރުކާރުން އަންނަނީ 2023 ވަނަ އަހަރުގެ އައިއޯއައިޖީގެ ބިޑް ކާމިޔާބު ކުރުމަށް ކުރެވެން ހުރި ހުރިހާ ވަސީލަތެއް ބޭނުންކުރަމުން ކަމަށް މަހުލޫފް ވިދާޅުވި އެވެ.

"ދެން 2023 ވަނަ އަހަރުގެ އައިއޯއައިޖީ އަށް ވަރަށް ބޮޑު އުއްމީދެއް އެބައޮތް. ވަކިން އަޅުގަނޑުމެން ކޮމިޓީއެއް ހަަދައިގެން މަސައްކަތް ފަށައިގެން މިދަނީ ބިޑް ކާމިޔާބު ކުރަން ވެގެން. އޭގެ އިތުރަށް ފޮރިން މިނިސްޓްރީ އާއި ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް ގުޅިގެން ވެސް ސިޔާސީ ގޮތުން ވެސް ގައުމުތަކުގެ އެހީ ހޯދުމުގެ މަސައްކަތްތައް އެބަ ފަށަން. އެ ގައުމުތަކަށް ޒިޔާރަތް ކޮށްގެން ވެސް،" މަހުލޫފް ވިދާޅުވި އެވެ.

މި އަހަރު ރާއްޖޭގައި ބޭއްވޭ ދެ މުބާރާތެއް ވަނީ އަތޮޅު ތެރޭގައި ބާއްވާ ގޮތަށް ތާވަލުކޮށްފަ އެވެ. އެއީ އަންނަ މަހު 20-29 އަށް އައްޑޫ ސިޓީ ހިތަދޫ ޒޯން ސްޓޭޑިއަމްގައި ކުރިއަށްދާ ޔުއެފާގެ އެހީގައި ކުޅޭ 15 އަހަރުން ދަށުގެ ޔޫތު މުބާރާތާއި ސެޕްޓެމްބަރު މަހު އައްޑޫގައި ބާއްވަން ނިންމާފައިވާ 21 އަހަރުން ދަށުގެ ސައުތު އޭޝިއަން ބެޑްމިންޓަން މުބާރާތެވެ.

މަހުލޫފު ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދޭންވީ ޔޫތު މުބާރާތައް ރާއްޖެ އަށް ގެނައުމަށް ކަމަށާއި އެއީ މުސްތަގުބަލަށް ޒުވާން ކުޅުންތެރިންތަކެއް ބިނާކޮށް 2023 ވަނަ އަހަރުގެ އައިއޯއައިޖީ ބޭއްވޭއިރު ރަނގަޅު ޓީމުތަކެއް އެކުލަވާލެވިފައި އޮތުމުގެ ބޭނުމުގައި ކަމަށެވެ.

އޭގެ އިތުރުން އަންނަ އަހަރުގެ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ބޭއްވުމުގެ ބިޑް ރާއްޖޭން ކާމިޔާބު ކޮށްފައިވާއިރު، ސަރުކާރުގެ ވިސްނުން ހުރީ ޖުމްލަ 400 އެތުލީޓުންނާ އެކު މި މުބާރާތް މާލޭން ބޭރުގައި ބޭއްވުމަށެވެ.

"(އައިއޯއައިޖީގެ) ފުރުސަތު ލިބުނީމަ އެންމެ ބޮޑު މަސައްކަތަކަށް މި ވަނީ ހަތަރު ފަސް އަހަރު ތެރޭގައި ނަތީޖާ ނެރެވޭވަރުގެ ޓީމުތައް ހަދަން. އެ އަށް މި ކަހަލަ ކަންކަން (ބޭއްވޭ ޔޫތު މުބާރާތްތައް) ބޮޑު އެހީތެރިކަމަކަށްވާނެ. ކިރިޔާ ވެސް ވާ ކަމަކަށްވާނަމަ މިހެން ހުރި ކުޅިވަރު މުބާރާތްތަކަށް ސަޕޯޓްދޭނަން،" ޔަގީންކަމާ އެކު މިނިސްޓަރު ވިދާޅުވި އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އައިއޯއައިޖީ އަށް ރާއްޖޭން ބިޑްކުރާއިރު ކުޅިވަރުގެ އިންފްރާސްޓްރަކްޗާ އަށް ބޮޑެތި ބަދަލުތައް އަންނާނެ ކަމަށާއި އެއީ ޖުމްލަކޮށް ހުރިހާ ކުޅިވަރެއްގެ އިތުރުން އެފްއޭއެމަށް ވެސް ފަސޭހަތަކެއް ވެގެންދާނެ ކަމެއް ކަމަށެވެ.

މިނިސްޓްރީގެ އިންފްރާސްޓްރަކްޗާ ވިސްނުމަށް ވަރަށް ބޮޑަށް ތާއީދުކުރާ ކަމަށާއި އޭގެ ސަބަބުން މުޅި ރާއްޖެ އަށް ހޯމް އެންޑް އަވޭ އުސޫލުން ފުޓްބޯޅަ ފުޅާކުރަން ކުރާ މަސައްކަތަށް ވަރަށް ބޮޑު ލުއިފަސޭހަތަކެއްވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

އަންނަ މަހު 19-29 އަށް މޮރިޝަސްގައި އޮންނަ މި ފަހަރުގެ އައިއޯއައިޖީ އަށް ރާއްޖޭގެ ޓީމުތަކުން ތައްޔާރުވަމުން އަންނައިރު މިނިސްޓަރު މަހުލޫފް ވަނީ އެ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންނާ ބައްދަލުކޮށްފަ އެވެ. އަދި ބައެއް ތަމްރީނުތަކުގައި ކުޅުންތެރިންނާ އެކު އަމަލީ ގޮތުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

2 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 30%
icon angry icon angry 30%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މާރަނގާ - އައްޑޫ ސިޓީ

22 June 2019

ވަޒީރުންގެތެރެއިން ނަތީޖާނެރެ “ޖަޒީރާ ރާއްޖެ” ވައުދަށާއި ލާމަރުކަޒީބާރުވެރިކަމުގެމިސްރާބަށްދަތުރުކުރުމުގައި ޒުވާންމިނިސްޓަރު އާދަޔާއިހިލާފުކުރިއެރުމެއްހޯދައިފި. * * ލާމަރުކަޒީކުރުމާއި ތަރައްޤީއަށްޓަކައި މިފަދަމުބާރާތްތަކާއިޙަރަކާތްތައް މާލެއިންބޭރަށްގެންދާންޖެހޭ. * * މިނިސްޓަރުގެދައުރުގައި ފުޓުބޯޅަލާމަރުކަޒީކޮށް ރާއްޖެތިންސަރަހައްދަކަށްބަހާލާ ކޮންމެޒޯނަކަށް އެސޯސިއޭޝަނެއްޤާއިމްކޮށް އެސޯސިއޭޝަންތައްބައިވެރިވާ ނެޝަނަލް ފެޑަރޭޝަންއެއް ހައްދަވާ.

The name is already taken The name is available. Register?

އަލީ55

21 June 2019

ޔޫއެސްޑީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454