ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު މާފުއްޓަށް ވަޑައިގެން ކަރެކްޝަންސްގެ އޮފިސަރުންނާ ސަލާމް ކުރައްވަނީ. --ފޮޓޯ: ހޯމް މިނިސްޓްރީ
22 ޖޫން 2019 - 09:56
މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީންތަކަކާ މެދު ޖަލު އޮފިސަރުން މިދިޔަ ބުރާސްފަތިދުވަހު ހިންގި ލާއިންސާނީ އަނިޔާ ސަރުކާރުން ބަލައިނުގަންނަ ކަމަށާއި އެފަދަ އަމަލުތައް ހުއްޓުވަން ޖަލުގެ އިންތިޒާމްތަކަށް ބަދަލު ގެންނާނެ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހޯމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޖަލުގައި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރުމާއި ގައިދީންނަށް އަނިޔާވުން ސަރުކާރުން ބަލައެއްނުގަންނަ ކަމަށެވެ. އެ ހަމަނުޖެހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އަނިޔާކުރި އޮފިސަރުންނާ މެދު އެ ތަހުގީގު ނިމުމުން ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ވެސް އެ ބަޔާނުގައި ހޯމް މިނިސްޓްރީން ވަނީ ދީފަ އެވެ.
"މިފަދަ އަމަލުތައް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ޖަލުގެ އިންތިޒާމްތަކަށް ގެންނަންވާ ބަދަލުތައް ސަރުކާރުން ގެންނާނެ ކަމުގެ ޔަގީންކަން މި ފުރުސަތުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ،" ބަޔާނުގައިވެ އެވެ.
ކަރެކްޝަންސް އިން ބަލަހައްޓާ މާލޭ ޖަލު: މާފުށީ ޖަލުގައި ގައިދީންތަކަކަށް އަނިޔާކުރި މައްސަލަ ކަރެކްޝަނަލް ސާވިސް އިން އަންނަނީ ތަހުގީގު ކުރަމުން. --ފޮޓޯ/މިހާރު
ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި ދެ ގޮޅިއަކުން ގައިދީން ނެރެ ފުރަގަހަށް ބިޑިއަޅުވައި ބޯ ބާލުވައި އަނިޔާކުރި ކަމަށް ވެ އެވެ. ބައެއް މީހުންގެ އަންނައުނު ވެސް ވީދާލި ކަމަށް ވެ އެވެ. މި ދަރަޖައިގެ ލާއިންސާނީ އަނިޔާ ހިންގި ކަމަށް ކަރެކްޝަނަލް ސާވިސް އިން ދޮގު ކުރެ އެވެ.
އެކަމަކު ހޯމް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ހާލަތާއި ނުބައްދަލުގެ ބާރު ބޭނުންކުރުމުން ގައިދީންނަށް އަނިޔާވި ކަމަށެވެ. އެނގިފައިވާ ގޮތުގައި ޖަލު އޮފިސަރުން ގައިދީން ގައިގައި ތަޅައިގަތީ، އެހެން ގޮޅިއަކުން އެއްޗެއް ގެނެސްދޭން ގައިދީއަކު އެދުމުން ހިނގި ޒުވާބެއްގައި އޮފިސަރަކަށް ހަމަލާދިނުމުންނެވެ.
އޮފިސަރަށް ލިބުނު އަނިޔާއާ ގުޅިގެން މާފުށީ ސިއްހީ މަރުކަޒާއި އައިޖީއެމްއެޗުގައި ވެސް ފަރުވާ ދީފައިވެ އެވެ.
ހޯމް މިނިސްޓްރީން ބުނީ ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރުމުން އަނިޔާވި ގައިދީންނަށް ފަރުވާދޭން މާފުށީ ޖަލުގެ ޑައިރެކްޓާ އޮފް ޕްރިޒަންސް އަށް އިރުޝާދު ދިން ކަމަށެވެ. އެ އެންގުމާ އެއްގޮތަށް ގައިދީންނަށް ގައިދީންނަށް ފަރުވާ ދިން ކަމެއް ބަޔާނުގައި ސާފުކޮށްދީފައެއް ނުވެ އެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕްރިޒަންސް މުނާޒް މިއަދު މާފުށީގައި: މިނިސްޓަރު ވަޑައިގަތީ ޖަލުގައި ހިނގި ހަމަނުޖެހުންތައް ހިނގައިދިޔަ ގޮތް ސާފުކުރައްވަން. --ފޮޓޯ: ހޯމް މިނިސްޓްރީ
ޖަލުގައި ގައިދީންނަށް ލާއިންސާނީ އަނިޔާކުރާ ކަމަށް ޖަލުތަކުގެ ހާލަތު ދެނެގަތުމަށް މި ސަރުކާރުން އެކުލަވާލި ޖަލު އޮޑިޓް ކޮމިޝަންގެ ރިޕޯޓުގައި ވެސް ސާފުކޮށް ބުނެފައިވެ އެވެ. ކޮންމެ ގައިދީއަކަށް ދައުލަތުން މަހަކު 15،000 ހޭދަވާ އިރު، ޖަލަކީ އިންސާނުން ދިރިއުޅެން އެކަށީގެން ނުވާ ތަނެއް ކަމަށާއި ގައިދީންނާ ދޭތެރޭގައި އިންތިހާ އަށް ތަފާތުކުރުން ގެންގުޅޭ ކަމަށް ވެސް އެ ރިޕޯޓުގައި ވެ އެވެ.
ޖަލު އޮޑިޓް ކުރި ކޮމިޝަނުން ލަފާ ދީފައި ވަނީ، ގައިދީންނާ ދޭތެރޭގައި މިހާރު އަމަލުކުރަމުންދާ އުސޫލްތައް ވީހާ ވެސް އަވަހަށް ބަދަލުކޮށް ޖަލުތައް ހިންގުން ހަރުދަނާ ކުރުމަށެވެ. އެ ކަމަށް ކޮމިޓީއެއް ވެސް ހޯމް މިނިސްޓްރީން އެކުލަވާލި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުުމމމމްމްމްމމމް
23 June 2019
ކޮބާތަ އަފިސަރުންގެ ހައްގުތައް، ބަލަންޖެހޭ ދޯ އެބް މިކަމެއް މެދުވެރިވީ ކީއްވެކަމެއް ވެސް. ޒަޙަމްވި އޮފިސަރެއްވެސް އެކަމު ކަންބޮޑުވުން މި ފާޅު ކުރަނީ ގައިދީންނަށް އަނިޔާ ކުރީމައޭ ކިޔާފަ. ބަލަ އެމީހުން ގައިދީންގެ ގޮތުގަ ބަހައްޓާފަވެސް އެ ހުރީ ރަނގަޅު ކަމެއް ކޮށްގެނެއް ނޫން. ގައިދީންގެ ސަލާމަތަށް ބަލާހެން އޮފިސަރުންެ ސަލާމަތާ ރައްކާތެރިކަމަށް ފިޔަވަޅު އަޅަންޖެހޭ!
ބައްޓޭ
23 June 2019
އަހަރުމެންވެސް މިތިބެނީ ޖަލެއްގައި .. ތަފާތަކީ އެމީހުން ކުލި ދައްކަން ނުޖެހޭކަން ..
އިބުރާހީމޫ
23 June 2019
ތިތާ ހިނގާ ކަންތައްތައް ވަގުތުންރެކޯރޑުކުރެވިމޮނިޓަރ ކުރެވޭނެ ކެމެރާގަޑެއްވެސް ނެތީތަ؟ ކުރީއްސުރެ ހުންނަންޖެހޭނެ...24ގަޑިއިރު ހުރިހާކަމެއް ވަގުތުން މޮނިޓަރ ކުރެވެންޖެހޭނެ ދެއްތޯ؟........ވަގުތުން ހާދިސާ ދިގުނުލާގޮތަށް ކޮންޓްރޯލު ކުރެވެންޖެހޭނެ ދެއްތޯ؟......ތީ އެތައްބަޔަކުމަރާ އަނެއްބަޔަކު ވީނުވީތަނެއް ނޭގިފާވާތަނެއް އިނގޭތޯ؟....
ދިވެހިނޫރު
23 June 2019
މީތޯ އޯގާތެރި ސަރުކާރަކީ. ނެކްސްޓް ޖޯކް ޕްލީޒް. މިކަހަލަ އޯގާތެރިކަމެއްކަން އެނގުންނަމަ ވޯޓު ނުވެސްލީމުސް.
ބޮޑުމީހާ
22 June 2019
ބަދަލުގެންނަންވީ ޖަލަށްތަ. މާލޭގެ ކުއްޔަށް އުޅޭ މީހުންވެސް ހަގީގަތުގަ ތިބެނީ ޖަލުގޮޅިޔަށް ވުރެ ކުޑަތަންތަނުގަ. ޖަލުގޮޅިޔަށް ކުލިދޭން ނުޖެހޭ. މި ކޮތަރު ކޮށިތަކަށް -/20000 މަހަކު ކުލި ދޭންޖެހޭ. ބަދަލު ގެންނަންވީ މިތަންތަނަށް. ސަރުކާރުގެ މީހަކު މިތާކުރާ ކޮމެންޓްވެސް ނުކިޔަނީތަ.
އަންތަރީސް
22 June 2019
މޮނިޓަރިންގެ މައްސަލަ ހައްލުކުރަން ޖެހޭ. ގައިދީންނަށް ބޭނުންހާ ގޮތަކަށް އުޅެވިގެން ނުވާނެ. އެކަމާ ގުޅިގެން އަސްލު އަނިޔާކުރަން ޖެހެނީ. އެމީހުން ހިތައްއެރިހާ ގޮތަކަށް ބޭނުންހާއެއްޗެއް ސެކިއުރިޓީންނާއި ދިމާއަށް ގޮވިގެން ނުވާނެ. ޤަވާއިދާއި އުސޫލުތަކުގެ ތެރެއިން އެމީހުންނަށް ލިބިދޭންޖެހޭ ކަންކަން ފޯރުކޮށްދޭން ޖެހޭނެ. މައްސަލައަކީ ކޮބައިތޯ ނުބަލާ ވާހަކަ ދެއްކިޔަސް ކަމަކު ނުދާނެ. ޤައިދީން އުޅެންޖެހޭނީ އެމީހުންގެ ސައިޒުގަ. އޭރުން އަނިޔާ ނުވާނެ
2782
22 June 2019
1828 ކަލޭ ހާދަ ވާނުވާއޭ..ޖަލައްކަލޭލީމައިގޭނެ އެތާފެންވަރު..ތިހެން ފޮނުއެރުވިދާނެ މިތާ މިނިވަން މާހައުލުގަ..އެތަނައްގޮސް ކަލޭ ފަށާނީ ރޯން..
އަންތަރީސް
22 June 2019
ޖަލަކީ އަރާމު ތަނެއް ނޫން ބްރޯ. މަ ރޯން ޖެހޭނެތީ ކުށްކުށަށް އަރި ނުގަނެ އުޅެވޭތޯ މިއުޅެނީ. އެމީހުންގެ ތެރޭގައި ގިނައީ މަސްތުވާތަކެތި ވިއްކާ ބޮއި އުޅޭ މީހުން. ޖަލަކީ އަރާމު ތަނެއް ނަމަ އެތަނަށް ނުގޮސް އެކަކުވެސް ނުހުންނާނެ. ޖަލުގަ އަހަރެއްހާ ދުވަހު އުޅުނީން އެތަނުގެ ވަޒީފާގަ
ސަންފަ
22 June 2019
ައަހަރެންގެ ނަޒަރުގަ 2003 ގަ ބަޑި ޖެހި މީހުން އެކަނި ކުއްވެރިވެ އަދަބު ލިބިގެންނުވާނެ.ބަޑި ޖަހަން ކޮމާންޑް ދިން ވެރިންވެސް ޖެހޭނެ ކުއްވެރިވާން.
ޝެއިޚު
22 June 2019
ވަޒީރުންނަކީ ނުރަނގަޅު ބޮޑުކަމެއް ހިނގުމުގެކުރިން , ރަނގަޅަށް ކަންތަށްކުރެވޭނެ އުސޫލު , ހިންގުމުގައި ގާއިމްކުރާންތިބި ބަޔެއް. އެއްގޮތަކަށްވެސް ވަޒީރުކަމުގެ ލައްޒަތުގައި ނުވަތަ ތިމާޔާއިހުރެ ތިމާގެ މަސްއޫލިއްޔަތުގައި ހިމެނޭކަމެއް ގޯސްކޮށް ހިނގައިދިޔައީމާ , އެހެން ސިޔާސީ ޮާޕާޓީތަކަށް ހަޅޭއްލަވާ ބަވަން ހުންނަމީހެއްނޫން. ތިއޮތީ ވެރިކަން އަދި ވަޒީރުކަން ލިބިފައި. އަދި ވެރިކަން ބަދަލުވާނެ , ވަޒީރުކަންވެސް ގެއްލޭނެ. ވީމާ , ތިމާގެ ކެޕޭސިޓީ ބިލްޑްކޮށް ނަތީޖާ ދައްކާ ގައުމަށް ހެޔޮއެދޭ މަންފާއެއް ދައްކާދީ.
ޖާބިރު
22 June 2019
ކައްކާފަ ކާންދޭން އޮންނާނީ ބަޔަކާ ހަވާލުކޮށްފަ ބޮަލަކަށް މަހަކަށް 15000.އެކަމު ލިބޭނީ ބޮލަކަށް މަހަކަށް 3000 ރުފިޔާ ވަރު.ހެނދުނުގެ ނާސްތާދޭހެން ދުވާލަކަށް ކުއްޖަކަށް 15 ރުފިޔާ(ކިރު ޕެކެޓްނުހިމަނާ) ހަރަދުކުރޭ ސަރުކާރުން...ކުއްޖަކަށް މިލިބެނީ ރޮށި މެދުގަ މަސްހުނިކޮޅެއް ހާކާލާފަ އޮޅާލާފަ އޮންނަ ރޮށްޓެއް
ބޮއިކަޓް ޢަލީ
22 June 2019
ކުއްވެރިންނަށް ތިވަރު ރަގަޅު.. މިއަހަރު ކިތައް މިލިޔަން ފޭރުނީ، ވައްކަން ކިތައް މިލިޔަން.. ރައްޔިތުން ފެލާލަފަ ޖަލައްލީމަ ގޮސް ހޮޓަލް ޖެންގަ ވީޔަ ބާއްވަންވީ