ކޮލަމްބިއާ ކޮޅަށް ގޯލު ޖެހުމަށް ފަހު މެސީ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
23 ޖޫން 2019 - 11:19
ރިއޯ ޑި ޖަނޭރޯ، ބްރެޒިލް (ޖޫން 23) - ކޮޕަ އެމެރިކާގެ ކުއާޓާ ފައިނަލުން ޖާގައެއް ބޭނުން ނަމަ މޮޅުވުން މަޖުބޫރު މެޗަކަށް، އޭޝިއާގެ ޗެމްޕިއަން ގަތަރާ ދެކޮޅަށް މިރޭ އާޖެންޓީނާ ނުކުންނައިރު އިތުބާރު އެބަ އޮތް ކަމަށް އެ ޓީމުގެ ތަރި ލިއޮނަލް މެސީ ބުނެފި އެވެ.
ކުޅުނު ފުރަތަމަ މެޗުން ކޮލަމްބިއާ އަތުން 2-0 އިން ބަލިވި އާޖެންޓީނާ ވަނީ ދެ ވަނަ މެޗުން ޕެރަގުއޭއާ 1-1 އިން އެއްވަރުވެފަ އެވެ. ލިއޮނަލް ސްކަލޯނީގެ ކޯޗުކަމުގައި ކުޅޭ އާޖެންޓީނާ ދެ ވަނަ މެޗުން ބަލިވެ މުބާރާތުން ކެޓުމުގެ ބިރުހީވެފައިވަނިކޮށް ޓީމު ސަލާމަތްވީ މެސީ ކާމިޔާބުކުރި ޕެނަލްޓީންނެވެ.
ކުއާޓާ ފައިނަލުގެ ޖާގައެއް އާޖެންޓީނާ އަށް ލިބެން އޮތީ މިރޭ ގަތަރުގެ މައްޗަށް ކުރިހޯދައިގެންނެވެ. މި ގްރޫޕުން ކުއާޓާގެ ޖާގަ ޔަގީންކޮށްފައިވާ ކޮލަމްބިއާ މިރޭ ޕެރަގުއޭ އަތުން މޮޅުވެ، ގަތަރުގެ މައްޗަށް އާޖެންޓީނާ އިން ކުރިހޯދައިފި ނަމަ އެ ޓީމަށް ގްރޫޕްގެ ދެ ވަނައިގެ ގޮތުގައި ކުއާޓާގެ ފުރުސަތު ލިބޭނެ އެވެ. އެހެން ނޫނީ މިރޭގެ މެޗުން މޮޅުވެގެން އާޖެންޓީނާ އަށް ދެން ކުއާޓާގެ ފުރުސަތު ލިބޭނީ ގްރޫޕްތަކުގެ ތިން ވަނަ ހޯދާ ޓީމުތަކުގެ ރޭންކިންގައި ކުރި ލިބިގެންނެވެ. ތިން ގްރޫޕުގެ ތިން ވަނައިގެ ތެރެއިން ދެ ޓީމެއް ކުއާޓާ އަށް ދާނެ އެވެ.
"އަހަރެމެންގެ ކޮންފިޑެންސް ރަނގަޅުކުރަން ބޭނުން ނަމަ ވިސްނަން ޖެހޭނީ ޕޮޒިޓިވްކޮށް. އަހަރެމެން ރަނގަޅުކުރަން ޖެހޭ. ވަރަށް ފުރިހަމަ އަށް ތައްޔާރުވެގެން މި މެޗަށް ނުކުންނަން ޖެހޭނީ. ތިން ޓީމަށް މި ގްރޫޕުން ދެ ވަނަ ބުރަށް ދެވެން އޮތްއިރު އަހަރެމެންނަށް އެކަން ނުކުރެވިއްޖެ ނަމަ އެއީ ލިބޭނެ ލަދުވެތިކަމެއް،" މާދަމާ 32 ވަނަ އުފަން ދުވަސް ފާހަގަކުރާ މެސީ ބުންޏެވެ.
ކޮޕަ އެމެރިކާގެ ތަށި 1993 ވަނަ އަހަރު ކާމިޔާބުކުރި ފަހުން އާޖެންޓީނާ އަށް ބޮޑު މުބާރާތެއް ހޯދިފައެއް ނުވެ އެވެ. އެކަމުގެ ހުރިހާ ޕްރެޝަރެއް އޮތީ އެ ޓީމުގައި ހުރި ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ މެސީ އަށެވެ. އާޖެންޓީނާއާ އެކު ތިން ފައިނަލުން ބަލިވެފައިވާ މެސީ މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމުން ބްރޭކެއް ނެގި އެވެ. އޭނާ އަލުން ޓީމާ ގުޅުނީ މި ފަހަރުގެ މުބާރާތް ގާވެފައިވަނިކޮށެވެ.
ރިޕޯޓްތައް ބުނާގޮތުން އަންނަ އަހަރު ކޮލަމްބިއާ އާއި އާޖެންޓީނާގައި ބާއްވާ ކޮޕަ އެމެރިކާ އަކީ މެސީ ގައުމީ ޓީމަށް ކުޅެދޭނެ ފަހު މުބާރާތަށް ވުމުގެ ފުރުސަތު ބޮޑެވެ.
ދައުވަތުދީގެން ކުޅޭ ދެ ޓީމުގެ ތެރެއިން އެއް ޖާގަ އަށް މި މުބާރާތުގައި ކުޅޭ ގަތަރާއި އާޖެންޓީނާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:00 ގަ އެވެ. ހަމަަ އެ ގަޑީގައި މި ގްރޫޕްގެ އަނެއް މެޗުގައި ކޮލަމްބިއާ ބައްދަލުކުރާނީ ޕެރަގުއޭއާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްގެ މަންމަ
24 June 2019
މެސީ މޮޅުވުމުގެ ޗާންސް ވަރަށް ކުޑަ
ރަދީފް
23 June 2019
ރަދީފްގެ ނަމުގަ ކޮމެންޓްކުރި ފަރާތްތަކާއި ކޯޓް ރޫމުން ބައްދަލުކުރާނަން.ވ.ވެދުން
މީނަ
24 June 2019
ލޮލް. ކޮން ކޯޓު ރޫމެއްތަ؟ ވިއްސާރަ ކޯޓުހުރި ރޫމަކުންތަ؟
ރަދީފްް
23 June 2019
ސާބަހޭ މެސީ. ތިއިތުބާރު ދަނޑުމަތިންވެސް ދައްކާނަމަ މޮޅުވާނެ
އައްމި
23 June 2019
މަވެސް މީ މުސްލިމަކު މަނޭދޭ ގަތަރު މޮޅުވާކަށް، މަބޭނުމީ ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ކުޅުންތެރިޔާ ޓީމުގެ ތަރި ލިއޮނަލް މެސީ މިރޭ މޮޅުވާން
ރަދީފުގެމުންނަ
23 June 2019
މެސީ މޮޅުވައްޗޭ ޕްލީޒް !
ރަދީފް ބަފާ
23 June 2019
މަގޭ ދަރި ބުނީ މިރޭ މެެސީ ބަލިވާނެޔޯ!
ހޯހޫހޯހޫ
24 June 2019
ދަރިއަށް ވަރަށް ސަލާމް..އަދިވެސް ކުޑަކުދިންގެ ބަހަށް ހެއްލިގެން ތަނެއް އޮތިއްޔާ ބޯކޯސްޕާތި.. ދަރި ހިތަށް އަރާނެ މަށަށްވުރެއް ބަފާ މާކުޑައޭ ސިކުނޑި ޅައޭ.. މަބޭނުންގޮތަކަށް ހައްދާލެވެއޭ!!
ރަދީފް ބަފާ
23 June 2019
އާޖެންޓީނާގެ ކޯޗުގެ ނަންވެސް ފެށެނީ ލައިނަލް ކިޔާފަ!
ލައިލާ
23 June 2019
ގަތަރު މޮޅުވުމަކީ ދުނިޔޭގެ ގިނަ މުސްލިމުން އެދޭ ގޮތް
އަންނިބެ
23 June 2019
ޔޫ ކޮމެންޓު ކުރީތަ.
ޢިބޫ
23 June 2019
އަހަންނަކީ މުސްލިމެެއް.. އެދެނީ އާޖެންޓިނާ މޮޅުވުން.. ތީ ކޮންމެހެން މުސްލިމްވެގެންނެއް ނޫން ގަތަރު މޮޅުވާން ތިއެދެނީ.. ތީ ރޮނާލްޑޯގެ ފޭނުންގެ ވައްތަރު.
ލެއްގި ކޮމިޝަނަރ
23 June 2019
މިދިޔަ އަހަރު ވޯލްޑްކަޕްގަ ޕޯޗްގަލްއިން އިރާނާ މޮރޮކޯއާ ދެކޮޅަށް ކުޅުނުއިރު ކަމަނާ ތިހެން ނުބުނީކީވެ. ކުޑަމިނުން އެ ދެޓީމަށް ހިއްވަރުދީފަ ކޮމެންޓްގަޑެއްވެސް ކޮށްލަން ނުކުރުނީމަ ބުނެވޭނީ ތީހަމަ ޕޯޗްގަލްގެ ރޮނާލްޑޯގެ ސަޕޯޓަރެކޭ. މިރޭގެ މެޗުގައިވެސް ދުނިޔޭގެ ގިނަ މުސްލިމުން ސަޕޯޓްކުރާނީ ހަމަ އާޖެންޓީނާއަށް. ކަމަނާއަށްވެސް އިގެންވާނެ ކުޅިވަރަށް ސަޕޯޓްކުރުމަކީ ވަކިދީނަކަށް ވާތީ ކުރާކަމެއްނޫންކަން. ކަމަނާގެ ކޮށި ވިސްނުމަށް ވަރަށް ސަލާމް
އަންނިި ލައިލާ
23 June 2019
ލައިލާ ސަޕޯޓްކުރީ އިޖިޕްޓަށާ، އީރާނަށް. ވާނުވާ ނޭނގި ކޮމެންޓްނުކުރޭ.