މާފުށި ޖަލު. ފައިލް ފޮޓޯ
23 ޖޫން 2019 - 20:16
މާފުށީ ޖަލުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިންގި ހަމަނުޖެހުންތަކަށް ފަހު، ޖަލުގެ ސަލާމަތަށް ނުރައްކާ ވެދާނެ ފަދަ ތަކެތި ގެންގުޅޭ ކަމަށް ބެލެވޭތީ، އެ ތަން ފާސްކުރުމަށް މިއަދު ހިންގި އޮޕަރޭޝަން ކުރިއަށް ދިޔައީ އޮމާންކޮށް ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިރޭ ކުރި ޓުވީޓެއްގައި ބުނީ ޖަލުތެރޭގައި ހުރެގެން ނުވާނެ ސާމާނު މިއަދުގެ އޮޕަރޭޝަނުގައި ހޯދާފައިވާ ކަމަށެވެ.
މާފުށީ ޖަލުޖައި ހިންގި ބަލައި ފާސްކުރުމުގެ އޮޕަރޭޝަން މިއަދަށް ނިންމާލައިފި. އޮޕަރޭޝަން ކުރިއަށްދިޔައީ އަމާންކަމާއެކު. ޖަލުގެ ތެރޭގައި ހުރެގެންނުވާނެ ސާމާނު މި އޮޕަރޭޝަންގައި ހޯދިފައިވޭ. އެތަކެތި މިހާރުވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެދަށަށް ގެންދެވިފަ.
— Home Ministry, MV (@HomeMinistrymv) June 23, 2019
ހޯމް މިނިސްޓްރީގެ ޓުވީޓު
މި ފާސްކުރުންތަކަށް ފަހު، ޕްރިޒްންސް ކޮމިޝަނަރު އަބްދުﷲ މުނާޒް ވިދާޅުވީ، ޖަލުން ފެނުނީ ގޮޅިއަކުން ނައްޓާފައިވާ ތޭރި ދަގަނޑަކާއި އެނބުރި ދަގަނޑެއް ބޭނުންކޮށްގެން ހަދައި އެއްކޮޅު ތޫނު ކޮށްފައިވާ އެއްޗެއް ކަމަށެވެ. އަދި އަށް މޮބައިލް ފޯނު ފެނުނު ކަމަށް އޭނާ ވިދާޅުވި އެވެ.
Miadhu balaa faas kurevunu Maafushi jaluge unit ge golhi thakun fenifa vanee golhin nattaalaafavaa theyri dhaga'ndakaa en'buri dhagandun thayyaaru koh ekkolhu thoonu koffa oiy, hathiyaaregge gothuga beynun kurevidhaane eccheh. Meege ithurun 08 cell phone fenifavey pic.twitter.com/Jlv7YX9njD
— Retd. Flt. A.Munaaz (@a_munaaz) June 23, 2019
ޕްރިޒްންސް ކޮމިޝަނަރުގެ ޓުވީޓު.
ޖަލުގައި ހަމަނުޖެހުން ހިންގީ ޝަރީއަތްތައް ނިމެންދެން މީހުން ބަންދުކޮށްފައި ތިބޭ "ޔޫ ހަތަރެއް" ގަ އެވެ. ޖަލަށް ވެއްދުން މަނާ އެއްޗެއް ގެނެސްދޭން އޮފިސަރަކު ދެކޮޅު ހެދުމުން ދަގަނޑުބުރިއަކުން އޭނާ އަށް ފުރަތަމަ ހަމަލާދިނީ ގައިދީ އެވެ. އޭގެ ބަދަލު ހިފުމެއްގެ ގޮތުން އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ)ގެ އޮފިސަރުން ގޮޅިތަކަށް ވަދެ ގައިދީންގެ ގައިގައި ތަޅައި އަނިޔާކުރީ އެވެ. ހަ ގައިދީއަކަށް އެކިވަރުގެ އަނިޔާވި އެވެ. އެ ހަމަނުޖެހުމުގެ ތެރޭގައި ބައެއް ގައިދީންގެ ބޯ ތުނިކޮށް ކޮށާލި އެވެ.
ހޯމް މިނިސްޓްރީން މިއަދު ހެނދުނު ބުނީ ޖަލުގައި ހިންގި ހަމަނުޖެހުމަށް ފަހު، އެތަނުގެ ކަންކަން ހަމަޔަކަށް ނޭޅޭ ކަމަށެވެ. ޖަލުގެ ކަންކަން އާއްމު ހާލަތުގައި ދެމެހެއްޓުމަށް ގޮންޖެހުންތަކެއް ވެސް ކުރިމަތިވަމުންދާ ކަމަށް ވެސް ބުންޏެވެ.
އެތަނުން ބުނިގޮތުގައި ޖަލުގެ ސަލާމަތަށް ނުރައްކާތެރި ވެދާނެ ފަދަ ތަކެތި ހޯދަން އޮޕަރޭޝަނެއް ކުރިއަށް ގެންދިޔައީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިރުޝާދުގެ ދަށުން، ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒާއި ޑެޕިއުޓީ ކޮމިޝަނަރާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްގެ ހާޒިރުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަދުރު ފަޒޫ
24 June 2019
ހުސްދޮގު ކަލޭމެން ކުރިންވެސް މިހާރުވެސް ތެދުނުބުނޭ
ޥަރައް ސަލާމް
24 June 2019
މިއަދަކީ ޖޫންމަހުގެ 23 ވަނަ ދުވަސް މިއަަދު މުޅި ގައުމުގައި އޮތްހާވެސް ކަމަކީ ޖަލުގައި ހައެއްކަ މީހުން ހަދައިގެން އުޅޭ ހަޅުތާލެއްގެ ކަންތަކާއި، ރަށެއްގައި ތިރީހަކައް ރާރާގުޑި އެރުވުމުގެ މަސައްކަތް މިކަމުގައި ދައުލަތުގެ މަތިން ތިރިއައްދަނީ ހަރަކާތްތެރިވަމުން
ބަބުރަންޖީ ހާޖީ
23 June 2019
އޮޕަރޭޝަންކުރާއިރު ގައިދީންވެސް ތިބޭނީ ވަރަށް ބަސްއަހައިގެން. އެމީހުން ދައްކަންބޭނުންވާ ބޮޑުމަންޒަރަކީ އެމީހުންނަކީ ވަރަށް އިނޮސެންޓް ބައެއްކަން. އެމީހުން މިނިސްޓްރީއަށް އެކަން ވަރަށް ރަނގަޅަށް ދައްކާލައިފި.
އެމްސް
24 June 2019
ފެބްރުއަރީ 7 ގަ ޔުނިފޯރމް އަޅައިގެން އެ އުޅުނީވެސް ގައިދީން ބާ؟
ބައިރޯ
23 June 2019
އުޅުނީ ބައާވަތެއް ކުރަން މިފަހަރު ނުވީތާ
އާންމުން
23 June 2019
ގައިދީން ތިބެންވާނީ އެމީހުންގެ ސައިޒުގަ، މުޖުތަމައުގަ ގެންގުޅުން ރައްކާތެރިނޫނީމަ އިސްލާހުކުރަން އެތާބައިތިއްބަނީ، 15000ރ އަށް ވާވަރަށް މަސައްކަތްވެސް ކުރުވަންޖެހޭނެ
ސަމޭދާން
23 June 2019
15000 ނޫން 30000 ވާވަރަށް ޖެހޭނެ ގާނުވާލަން.
ކާދަރޭ
24 June 2019
ގައިދީންނޭކިޔާފަ ހިތުހުރިގޮތަކައް ށަރިޔަތަކާނުލާ ގިނަމީހުން ބަންދުކޮއްފަވީ ށަރިޔަތެށްނުކޮއް ދެއަހަރެށްވުރެ ގިނަދުވަސްވީމީހުންވެސް ބަންދުގަވޭ ގައިދީންވެސް އެމީހުންނައް ކުރެވުނުކަމެއްކުރާނެ ނުވެސްހުއްޓުވޭނެ ކަންކަން ރަނގަޅުކުރެވޭނީ ސިޔާސީފިކުރު އެއްފަރާތްކޮށްފަ